އއ. އުކުޅަހު ހެލްތް ސެންޓަރު--
01 ސެޕްޓެމްބަރ 2025 - 00:07
ނުކުޅެދުންތެރިކަން ހުންނަ މީހަކު އޭނާގެ ބައްޕަ އަށް ރޭ ވަޅިން ހަމަލާ ދީފި އެވެ.
ފުލުހުން ބުނީ، ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ އުމުރުން 26 އަހަރުގެ ފިރިހެނަކު، އުމުރުން 60 އަހަރުން މައްޗަށް ގޮސްފައިވާ ބައްޕަ އަށް ތޫނު އެއްޗަކުން ހަމަލަ ދިން މައްސަލައެއް ރޭގެ 10:30 ހާއިރު އއ. އުކުޅަހުން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަނިޔާވި މީހާ އަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނިގޮތުގައި އެ މީހާގެ ހާލު ސީރިއަސްއެއް ނޫނެވެ. އޭނާގެ ބަނޑާއި އަތް ޒަހަމް ވެފައިވާ ކަމަށް ވެސް ހާދިސާގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
ފުލުހުން ބުނީ، ބައްޕަ އަށް ހަމަލާދިން ދަރިފުޅު މިހާރު ވީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަމްދާ
01 September 2025
އައްޑޫގައި މިކަހަލަ ކަންކަން ނުހިނގާނެ
މަބުނީ
01 September 2025
މަބުނީ މީ ދޯ މިކީ ކުށްމަދު މިރަށު މީހަކު ކުށެއްނުކުރާނޭ ކީ ރަށް
މިނިސްޓަރޯނީ
01 September 2025
މިކަހަލަ ދައުލަތުގެ އެހީ ބޭނުންވާ މީހުންނަށް އެހީވުމުގެ ބަދަލުގައި ސަރުކާރުން ބަލަނީ ޕާޓީ ކުދިންނަށް ވަޒީފާދީ، އަދި އެހެނިހެން ގޮތްގޮތުންވެެސް ލާރި ބަހާލެވޭތޯ، އަނެއްކާ ދުވަސް ކޮޅަކުން މި މީހާ ހަމަ އެއްކަލަ މުސްކުޅި ބަފައާ ހަވާލު ކޮށްލާނެ، ދައުލަތުން ނެތް މިފަދަ މީހުން ބެލެހެއްޓޭކަށް، ނަމަވެސް ބޭނުންނެތް އެތައް ވަޒީފާއެއް އެމްބަސީތަކުގައި ހަދައިގެން ޕާޓީކުދިންނަށް ވަޒީފާދެވޭތޯ ބަލަނީ
ާލަނީނާ
01 September 2025
ގައުމެއް ނެތް! ވެރިންގެ ހާލު ހަމަ އެހާ! ފުލުހުންގެ ހާލު އެހާ! ގާޒީންގެ ހާލުވެސް!