އިންޖީނު ހަދައިގެން ފަޅުން ނުކުންނަނިކޮށް ހދ. ކުޅުދުއްފުށީ ފަރަށް އެރި، ހއ. ކެލާ ޑީއެމްއެލް އެކްސްޕްރެސް ފުން ކުރުމަށް ފަހު އެމްޕީއެލް ބަނދަރަށް ގެންދަނީ-- ފޮޓޯ: ފޭސްބުކް/ހަމީ ހަމިއްޓޭ
01 ސެޕްޓެމްބަރ 2025 - 11:44
ހދ. ކުޅުދުއްފުށީ ފަރަށް އިއްޔެ ހަވީރު އެރި ހއ. ކެލާ ބޯޓު މިއަދު ފުން ކޮށްފި އެވެ.
މުދާ އުފުލާ، ޑީއެމްއެލް އެކްސްޕްރެސް 5، ފަރަށް އެރީ ކުޅުދުއްފުށިން އިންޖީނު ހެދުމަށް ފަހު ކެލައަށްދާން އެ ރަށު ފަޅުން ނުކުންނަން އުޅެނިކޮށް އިންޖީނު ހުއްޓިގެންނެވެ.
ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭގެފާނު ބަނދަރާ ދިމާލުން ހުޅަނގު ފަރާތަށް އެރި ބޯޓު މިއަދު ހެނދުނު ފުން ކޮށްފައިވާކަން ކުޅުދުއްފުށީ ކައުންސިލުން ވަނީ ޔަގީން ކޮށްދީފަ އެވެ. އެ ބޯޓު އޮތީ އެ ރަށުގެ އެމްޕީއެލް ބަނދަރަށް ގެންގޮސްފަ އެވެ.
އެ ބޯޓުގެ އެއް ހިއްސާދާރު އަދި ކެލާ ކައުންސިލް ކުރީގެ ރައީސް އާދަމް ގުފްރާން "މިހާރު" އަށް ރޭ ވިދާޅުވީ ބޯޓުގައި އެއްވެސް މުދަލެއް ނުހުންނާނެ ކަމަށެވެ.
އެ ބޯޓު ފަރަށް އެރިއިރު އޭގައި ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ހަ މީހުން ތިބި ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަނަނަ
02 September 2025
ކޮބާ ފަރަށް ލިބުނު ގެއްލުމުގެ ބަދަލު؟
ދޮން ހަސަނު
01 September 2025
އަދި ކިރިޔާ މި އިޤުނީ މީ ޤުފުރާންގެ ބޯޓެއްކަން. ޤުފުރާންމެން ދެމި ގަނެއްޖެދޯ އެއް ދައުރު ރައީސްކަން ކޮށްލާފަ.
ކިހާދޫޝާފީ
01 September 2025
ރައްޔިތުން ހޮވަންވީ ރައީސް އެކަނި. އެހެން ހުރިހާ ހޮވާ މަޤާމުތައް އުވާލަންވީ!
ކކދޖ
01 September 2025
ޚަބަރާ ތި ކޮމެންޓާ އެއްވެސް ގުޅުމެއް އެބަހުރިތަ؟