މީހަކު ވޭޕް ކުރަނީ.--
01 ސެޕްޓެމްބަރ 2025 - 17:28
ވޭޕާ ގުޅުން ހުރި ތަފާތު މައްސަލަތަކާ ގުޅިގެން މިދިޔަ އޮގަސްޓް މަހު 30 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށާއި ހަމައެކަނި އެ ޖޫރިމަނާތަކުގެ އަދަދު 150،000ރ. އަށް އަރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން ރާއްޖެ އަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އެހެންވެ އޭގެ ފަހުން ފުލުހުން އަންނަނީ ވޭޕް ގެންގުޅުމާއި ބޭނުން ކުރާ މީހުން ޖޫރިމަނާ ކުރަމުންނެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ވޭޕާ ގުޅުން ހުރި 11 މައްސަލައެއް މިދިޔަ މަހު ބަލާފައިވެ އެވެ. އޭގެ ތެރޭގައި ވޭޕް ގެންގުޅުނު ހަތަރު މައްސަލައަކާއި ވޭޕް ބޭނުންކުރުމުގެ ހަތަރު މައްސަލައެއް ހިމެނެ އެވެ.
ޖޫރިމަނާ ކުރި 30 މީހުންގެ ތެރޭގައި ހިމެނެނީ ވޭޕް ބޭނުންކުރި 14 މީހުންނާއި ވޭޕް ގެންގުޅުނު 16 މީހުންނެވެ. ވޭޕް ބޭނުންކުރި މީހުން ޖުމުލަ 85,000ރ. އިން ޖޫރިމަނާ ކޮށްފައިވާއިރު، ވޭޕް ގެންގުޅުނު މީހުން 65,000ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ވޭޕް ގެންގުޅެ ބޭނުންކުރުމާއި ވޭޕްގެ ގާނޫނާ ހިލާފުވިއަސް ވޭޕް އަތުލުމުގެ ބާރެއް ކުރިން ފުލުހުންނަށް ނޯވެ އެވެ. ނަމަވެސް ހެލްތު މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު އާއްމުކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާއްމު ގަވައިދުން ވަނީ ވޭޕްގެ އާލަތްތައް އަތުލުމުގެ ބާރު ފުލުހުންނަށް ދީފަ އެވެ.
ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ ނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.
ގާނޫނުގައިވާ ގޮތުން ވޭޕްކޮށްފި ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ހިލޭ ވޭޕެއް ދީފި ނަމަ 10،000ރ. އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އުމުރުން 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ އަދަބަކީ 50،000ރ. އިން ޖޫރިމަނާ ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުކުޅޭ
02 September 2025
އެއްކުއްޖަކުވެސް ހާސްނުވާތި ރިޔާސީ އިންތިޚާބު ކެމްޕައިންތެރޭ މިސަރުކާރުން ތިހުރިހާ އެއްޗެއް މާފުކޮށްދިނުން ގާތީ...
ކިމް
01 September 2025
އޭގެން ބައިރުފިޔާވެސް ލިބިއްޖެބާ
ސޮބީހާ
01 September 2025
ތީނަމެއްގަ ކުރާޖޫރިމަނާއެއް ނުދެއްކިޔަސް ވަރިހަމަ، ޖޫރިމަނާ ނުދައްކާ މީހުނަށް އާސަންދަ ކަރަންޓާ ފެނާ ކާޑުގެ ބާވަތްތަކުން ސަބްސިޓީ ކަނޑާލަން ގާނޫނުހަދާފަ އެ އަށް އަމަލްކުރަން ފަށާބަލަ، ފުރިހަމަ ދައުލަތަކަށްވާނީ ކުށަައް އަދަބު ދެވިގެން
1828
01 September 2025
ވޭޕް މަނާ. ސިނގެރޭޓް ހުއްދަ. ވަޓްއިސްދިސް؟