އާރްޓީއެލް ފެރީއެއް: ޒޯން ހަތަރެއްގައި ހިމެނޭ އިތުރު ފަސް އަތޮޅަކަށް އާރްޓީއެލް ފުޅާކުރަނީ -- ފޮޓޯ: އެމްޓީސީސީ
03 ސެޕްޓެމްބަރ 2025 - 15:29
އިތުރު ފަސް އަތޮޅެއްގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ފެށުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
އާރްޓީއެލް ހިދުމަތް އަލަށް ފަށަން ނިންމާފައި ވަނީ މ. ފ. ދ. ތ. ގެ އިތުރުން ލ. އަތޮޅުގަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ފެރީގެ ހިދުމަތް ފެށުމާ ގުޅޭ ގޮތުން ހަދަންޖެހޭ ސާވޭ މި މަހު ފެށުމަށް ނިންމާފައިވާ ކަމަށާއި ބޭސްލައިން ސާވޭ މި މަހާއި އަންނަ މަހު ކުރިއަށް ގެންދާނެ ކަމަށެވެ.
ސާވޭ ފެށުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) އާ ވެސް މަޝްވަރާކޮށްފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ޖައިކާގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޭސްލައި ސާވޭއާ ބެހޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އާރު.ޓީ.އެލް ޕްރޮޖެކްޓްގެ ދަށުން ޒޯން 4 (މ،ފ،ދ،ތ އަދި ލ އަތޮޅު) ގައި ދަތުރުފަތުރުގެ ނިޒާމު ގާއިމު ކުރުމަށް އެހީތެރިކަން ދިނުމުގެ ގޮތުން ކުރަން ހަމަޖެހިފައިވާ ދިރާސާތައް ކުރުމަށްޓަކައި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) ގެ ކޮންސަލްޓަންޓުންނާއި މިނިސްޓްރީ އޮފް… pic.twitter.com/s36uxPhkE3
— Ministry of Transport and Civil Aviation (@MoTCAmv) September 2, 2025
މިހާރު ރާއްޖޭގެ 10 އަތޮޅުގައި އާރްޓީއެލް ހިދުމަތްދެ އެވެ.
އާރްޓީއެލްގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއު ގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ހަ ޒޯނެއް ކަނޑައަޅައިގެންނެވެ. އެ ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އަތޮޅުތެރޭގެ ދަތުރުފަތުރަށް ބޮޑު އިންގިލާބެއް ގެނައި ފެރީގެ މި ހިދުމަތް ފެށީ 2022 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކާކުބުނީ
04 September 2025
އަނެއްދިވެހިރާއްޖެ އަދި ދިވެހީންގެރާއްޖޭގައިވެސް އަރިއަތޮޅު ނުހިމެނެނީބާ. ނުނީ ފައިސާގެބާރުގަދައީބާ. އަރިއަތޮޅަށް އަދިވެސް އެމްޓީސީސީގެ ބަރަވެލިސްޕީޑް ހަނދުފެރީ. އަރިއަތޮޅަށް މިހާބޮޑަށް ސަރުކާރުތަކުން އިހުމާލުވާ ސަބަބެއް ބަލަންއެބަޖެހޭ. ވަރަށް ވާހަކަ
ޢަނެއް ދިވެހި އަތޮޅު (އދ)
04 September 2025
ކޮންއިރަކުން އދ އަތޮޅު. ހުރިހާ ކަމެއްވެސް އެންމެ ފަހުން އދ އަތޮޅަށް.
އައިޝާފުޅު
04 September 2025
އިތުރު އަތޮޅު ތަކުގައި ފެށީމައި ކިހާވަރަކުން ދާނެބާ!
ކާފު1
03 September 2025
ކޮން އިރަކުން ކ. އަށް އަންނަނީ.
އާރު ޓީ
03 September 2025
ޝުކުރިއްޔާ އިބޫ