ރިސޯޓުގައި މަރުވެފައި އޮއްވާ ފެނުނު އަދީލް.-- ފޮޓޯ: ފޭސްބުކް
05 ސެޕްޓެމްބަރ 2025 - 17:08
ރިސޯޓެއްގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ އޮޓޮޕްސީ ހެދުމަށް ފަހު، ހަށިގަނޑު ރާއްޖެ ގެނެސް ރޭ ފަތިހު ވަޅުލައިފި އެވެ.
ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި މަރުވެފައި އޮއްވާ ފެނުނީ ކ. ގުރައިދޫ، ތަނޑިރަތްމާގެ، އަދީލް އަހުމަދު، 21، އެވެ.
އޭނާގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ މަހުގެ 23ގަ އެވެ. އެއާއެކު، އެ މަރު ތަހުގީގުކުރުމަށް ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާއަށް ހަށިގަނޑު ފޮނުވާލި އެވެ.
ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، އެ ޒުވާނާގެ އޮޓޮޕްސީ ހެދުމަށްފަހު އިއްޔެ އާއިލާއާ ހަށިގަނޑު ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު، އާއިލާގެ ނުރުހުމުގައި އޮޓޮޕްސީ ހަދަން ނިންމި ސަބަބެއް ނުބުނެ އެވެ.
އެހެންވެ، އެ ހާދިސާގައި ފުލުހުން ޝައްކުކުރާ ކަންތައްތަކެއް ހިމެނޭ ކަމެއް ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކޮއި
06 September 2025
ޢާއިލާއެއްގެ މުޅި ދުނިޔެ. މައެއްގެ ދެލޮލުގެ ނޫރު. ނިމިގެން އެދިޔައީ. ވީގޮތެއްވެސް ނޭނގުނު. އެޓޮޕްސީހަދައިގެން ވީ އެއްވެސްކަމެއް ނެތް. މިކަހަލަ ކިތަންމެ މަރެއް މާޒީވެ ގޮސްފި. އެއްވެސްކަމެއް ޙައްލެއްނުކުރެވުނު. އެއްވެސް އިންސާފެއްނުލިބުނު. މާޔޫސްކަމާއި މޮޅިވެރިކަމުން ޤައުމު މިދަނީ އިނދަޖެހެމުން
ފާތީން
06 September 2025
ކޮން ރިޒޯޓެއް؟
ފަޅުމަސް
06 September 2025
ކުދިންނޭ، އޮޓޮޕްސީއަކީ ވަގުތުން ނަތީޖާ ލިބޭ ކަމެއް ނޫން.. އާއްމު ގޮތެއްގައި ދޮޅުމަހާއި 4 މަހާ ދެމެދުގެ މުއްދަތެއް އެކަމަށް ހިނގާނެ.. މައްޔިތާ ވަޅުލާއިރު ނަތީޖާ ނުލިބިގެން ބައެއް ދިވެހިން މިއޮށް އުޅެނީ..
ފުކެއް ބޮޑުވަރު
06 September 2025
ތިޔަބުނާ ދޮޅު މަހާ 4 މަހާ ހަމަވެގެން ނަތީޖާ ލިބުނުކަމެއް އެނގޭކަށްނެތް، މިހާތަނައް އެތައްބަޔަކު ނިޔާވެގެން ތިޔަ އެއްޗެއް ހަދައިފި. ލިބުނު ނަތީޖާއެއް ހަރާން. ތިޔަ ދޮޅުމަހާއި 4 މަހަކީ ނިޔާވި މީހާގެ ދުނިޔޭގެ ހަޔާތް ހުއްޓުނީމަ ހުއްޓިފަ އޮންނަ މުއްދަތަކީ ތޯއްޗެއް ތި ކުރިއައްނުކަނޑަނީ.
ާވާނުވާ އޮޓޮޕްސީ
05 September 2025
މި ޚަބަރުގެ ބޭނުމެއްނެތް. އޮޓޮޕްސީ ހެދުމުން ފެނުނު ނަތީޖާގެ އެއްވެސް ވާހަކައެއް ނުހިމެނޭގޮތަށް މި ޚަބަރު ގެނައުން ބޭކާރު. މިއަދުވެސް ގޮނޑުދޮށަށް ރާޅަކަށްފަހު ރާޅެއް ބީއްސަމުންދާ ކަމަށްވެސް ޚަބަރެއްގެގޮތުގައި ގެންނަންވީނުން.
ހޮޅިބެ
05 September 2025
ތީގެން އެއްވެސް އޮޓޮޕްސީ އެއްގެ ރިޒަލްޓް ދުވަހަކު ނުބުނޭ