06 ސެޕްޓެމްބަރ 2025 - 20:47
ސްރީ ލަންކާއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު މިއަދު ކުޅުނު މެޗުގައި ޒުވާން މުހައްމަދު އިލާން އިމްރާން ކުޅެން ނުކުމެ ރާއްޖޭގެ ފުޓްބޯޅައިގައި ތާރީހީ ދެ ރެކޯޑެއް ހަދައި ދީފި އެވެ.
ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ގައުމީ ކޯޗުގެ މަގާމާ ހަވާލުވެ، ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ލަންކާއާ ދެކޮޅަށް މިއަދު އޭނާ ފުރުސަތު ދިން އެންމެ ހާއްސަ ކުޅުންތެރިޔަކީ އިލާން އެވެ.
މެޗުގެ 89 ވަނަ މިނެޓްގައި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ގެ ބަދަލުގައި އިލާން ކުޅެން ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ސީނިއާ ގައުމީ ޓީމުގެ 21 ނަންބަރު ޖާޒީގައި އިލާން ކުޅެން ނުކުތް އިރު އުމުރަކީ 16 އަހަރާއި ހަތް މަހާއި 20 ދުވަހެވެ.
އެ އުމުރަށް ބަލާއިރު އެއީ މިހާތަނަށް ރާއްޖޭގެ ސީނިއާ ފުޓްބޯޅަ ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ އެވެ. އެހެންވެ، އިލާންގެ ނަން ވަނީ މިއަދުން ފެށިގެން ރާއްޖޭގެ ފުޓުބޯޅައިގެ ތާރީހުގައި މިހާރު ރަން އަކުރުން ލިޔެފަ އެވެ.
ކުރިން މި ރެކޯޑް އޮންނަނީ މާޗު 2018 ގައި ސިންގަޕޫރުގައި އެ ގައުމާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގައި ކުޅެން ނުކުތް އަބްދުﷲ ޔާމީން (ޔާން) ގެ އެވެ. ބުރު ސްޕޯޓްސްގެ މިހާރުގެ ފޯވާޑް، ޔާން ސިންގަޕޫރާ ދެކޮޅަށް ކުޅެން ނުކުތް އިރު އޭނާގެ އުމުރަކީ 17 އަހަރާއި 85 ދުވަހެވެ.
ޔާން އަށް ވުރެ ކުރިން އެ ރެކޯޑް އޮންނަ ކަމަށް ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުން ފާހަގަކުރާ ނަމަކީ ކުރީގެ ލެޖެންޑް މުހައްމަދު ހަލީމް ނުވަތަ މަޝްހޫރު ނަމުން ނަމަ ބޮޑު ޖަޑާ އެވެ. ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި 1984 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ބޮޑު ޖަޑާ، ގައުމީ ޓީމަށް ކުޅެން ފެށިއިރު އޭނާގެ އުމުރަކީ 17 އަހަރާއި 145 ދުވަހެވެ.
އިލާން މިއަދު ކުޅެން ނުކުތުމާ އެކު، މެޗުގެ ކޮމެންޓްރީ ބޮކްސްގައި ތިބި ލަންކާގެ ކޮމެންޓޭޓަރު ބުނީ ދަނޑު މަތީގައި ވެސް ހުރި އެންމެ ހަގު ކުޅުންތެރިޔަކީ އިލާން ކަމަށެވެ. އޭނާ މިއަދު މުގުރާލީ އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް އެކަންޏެއް ނޫނެވެ. މިއަދުގެ މެޗުގައި އޭނާ ވަނީ ރާއްޖޭގެ ތިންވަނަ ލަނޑު ޖަހަން، އަލީ ފާސިރު (ސެންޓޭ) އަށް އެހީތެރިވެ، ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އެ ތާރީހީ ޕާހާ އެކު މާޒިޔާގެ ފޯވާޑް އިލާން ވަނީ ސީނިއާ ގައުމީ ޓީމުގައި ގޯލް ޖަހަން އެހީތެރިވެ ދިން އުމުރުން އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ވެސް ހަދައިފަ އެވެ.
ރާއްޖޭގެ ޓީމުގެ މެދުތެރެއިން އިލާން އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަނުމުން، އޭނާގެ އަތުން ބޯޅަ ހޯދަން ލަންކާގެ ޑިފެންޑަރު ވެސް ކުރިމަތިލި އެވެ. ނަމަވެސް އެ ޕްރެޝަރުގައި ނުޖެހި ބޯޅަ ސެންޓޭ އަށް ބޯޅަ ނަގައި ދިނީ ހިތްގައިމުކޮށެވެ.
ސެންޓޭގެ އެ ލަނޑާ އެކު ރާއްޖޭން މެޗު ކާމިޔާބު ކުރީ 3-0 ންނެވެ. ދިވެހި ޓީމުގެ އަނެއް ދެ ލަނޑު ޖެހީ ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަޅޭ
07 September 2025
ސެންޓޭ ތިޔަގޯލް ނުޖަހާ އިލާންއައް ޕާސްކޮށް އޭނަ ލައްވާ ތިޔަ ގޯލް ޖެހުވިނަމަ ވަރައް ރީތި ނަމޫނާ އަކަށްވިސް. މެސީ ބާސާއައް ފުރަތަމަ ގޯލްޖެހީ ރޮނާލްޑީނިއޯ ދިން ޕާހަކުން. ފުރަތަމަ އޮފްސައިޑްވީ ދެވަނަ ފަހަރައްވެސް ޑީނިއޯ ހަމައެގޮތައް ޕާސްދީ މެސީ ލައްވާ ގޯލްޖެހުވި
ހަސަންޓެ
07 September 2025
މޯހަން އަކި ވަރަށް ޒުވާން ކުޅުން ތެރިންނަށް ފުރުސަތު ނުދޭ ކޯޗެއް. ރައްރަށުން ފުޓުބޯޅަކުޅެން މާލެ އަަައި އެތަށް ހުނަރުވެރި ކުދިންނެއް މޯހަންއާހެދި ފުޓުބޯޅަކުޅުން ހުއްޓާލި. ފުރުސަތު ނުދޭތީވެ.
ޑަންޑަހިލު
07 September 2025
ކޯޗް މޯހަން އަށް ފުރިހަމަ ބާރާއި އިޚްތިޔާރު ދީފިނަމަ ގައުމީޓީމް ކުރިއަށް އޮތް ތާގައި ތަފާތު ދައްކާނެ. ކޯޗް މޯހަންއަކީ މީހެއްގެ ނަމަކަށް ކަނދުރާއަކަށް ބެލުމެއްނެތި ވިސްނުންތެރިކަމާއިއެކު ކޯޗުކަން ކޮށްދޭ ކުޅަދާނަ ޖެހިލުންކުޑަ ކޯޗެއް. ވޭތުވެދިޔަ ތާގައި ކޯޗުން ހެދި ގޯހަކީ ރިސްކުނަގަން ފަސްޖެހި ނަން މަޝްހޫރު ކުޅުންތެރިންނަށް ފުރުސަތު ދިނުން. ކޯޗް މޯހަން މިވަނީ ތާރީހުގައިވެސް ޓީމަށް ނުކުޅޭހާ ހަގު ކުޅުންތެރިންގެ ބޭނުންކޮށްފަ. ސާބަސް ދިވެހި ޓީމް
ޟުހައްމަދު
07 September 2025
މި ކަހަލަ ކަންކަމަށް ކޮމެންޓް ކުރާ މީހުންގެ ބަހުރުވައިން ދިވެހިންގެ ޣާފިލްކަން ފެނޭ އަމިއްލަ ގައުމުގެ އެއްވެސް ކަމަކަށް ފަޚުރުވެރިވެ އުފާވާންވެސް ނޭގޭ
ދިވެހިސަޕޯޓަރެއް
07 September 2025
އިލާން އަށް އަމިއްލައަށް ލަނޑުޖަހާނެ ރަނުގެ ފުރުސަތެއް ލިބިފަ އޮށްވަވެސް ޓީމުގެ ކައްޕިއަށް އެބޯޅަ ޕާސްކޮށް އެދިން އެސިސްޓަކީ ވަރަށް ނަމޫނާ މިސާލެއް އެކަމަކު ފާހަގަކޮށްލެވުނީ ސަެންޓޭ އެބޯޅަ ބޯޅަ ގޯލަށްވައްދާލުމަށްފަހު އިލާންއަށް އެއްވެސް ސަމާލުކަމެއް ނުދިންތަން. މީވަރަށް ދެރަކަމެއް
އަސަތަފގަ
07 September 2025
ވަރަށް އުފާވެރި. އެކަމު ކީއްކުރާނީ. މިއަދު ތިކަހަލަ މޮޅު ކުޅުންތެރިން އުފެދުނަސް ކުޅެން ދާން އޮތް ގަލޮޅު ދަނޑު އޮތީ ވީރާނާވެފަ. ފެސިލިޓީތަށް ދަބަރު ޖަހާފަ. އޯކޭތާ، ސުޖާ ހެޕީ 42 މިލިއަން ހެޕީ.
ސްޓޭޑިއަމް ބައްސާމް ޕާރކިންގް ޒޯން
07 September 2025
އޭރު ބޭނުން ގަޑިއަކު ގޮސް ކުޅެލަން އޮތްތަން ހަފާ ދިރުވައިގެން ހުރިމީހަކަށްވެސް ސަރުއީގޮތުން ކުރެވޭނެ ކަމެއް ނެތް.
ކަޅޭޭ
07 September 2025
ކީއްވެހޭ މިމެޗް ލައިވް ނުކުރީ.
މހއމ
07 September 2025
ފުޓުބޯޅަ ކުރިއަރުވަން ޤައުމީ ޓީމާއި އެފް.އޭ.އެމްގެ އިތުރުން އެހެން ވަރަށް ގިނަ ބައެއް އެބަ ޖެހޭ ބައިވެރިވާން. އެގޮތުން ޓީ.ވީ ބްރޯޑްކާސްޓިންގ އެބަޖެހޭ ކޮންމެސް ބައެއް ކޮށްދޭން. ކޮންމެ ވީކް އެއްގެ އެންމެ ހިޓުވާނެ މެޗް ލައިވް ކުރުމާ، ގައުމީ ޓީމްގެ މެޗްތައް ލައިވް ކުރެވެން އެބަ ޖެހޭ. ޕަބްލިކް ބްރޯޑްކާސްޓަރ ވިޔަސް، ނޫނީ ޕްރައިވޭޓް ބްރޯޑްކާސްޓަރެއް ވިޔަސް މިކަން އެބަ ޖެހޭ ކޮށްލާދޭން. އަދި އެފް.އޭ.އެމް އިން ވެސް އެބަ ޖެހޭ މިކަމަށް މަސައްކަތް ކުރަން.
ކުރިކެޓް
07 September 2025
ދިވެހި ކުޅުންތެރިން ކޮންމެ ގޯލަކަށް ފަހު ހީވަނީ ވޯލްޑްކަޕް ލިބިގެން އުޅޭހެން.
ހުސެންބެ
07 September 2025
ރައިޔަތުންގެ ބައިތުލް މާލުން ހަރަދުކުރާ ޕީއެސްއެމް އިން މި މެޗް ލައިވްނުކުރި ސަބަބަބުވެސް ބަލަންޖެހޭ. މި އަށްވުރެ ވަސީލައްތއް މަދު ޒަމާނުގައިވެސް ސަމަރުބުލޫ އިބްރާހިމް މަނިކު ޓީވީއެމް އެންޓަނާ ކޮޅަށް އަރާ ބޯތަށި އަނބުރައިގެންވެސް ރައިޔަތުންނަށް ގައުޓީމު ކުޅޭމެޗްތައް ބަލެމުގެ ފުރުސަތު ހޯދައިދޭ.
ގެޓް ދަ ޑްރިފްޓް?
07 September 2025
ދަނޑުމަތީގައި ހުރި އެންމެ ހަގު ފޮޑިޖެހި ކުޅުންތެރިޔާ, އެންމެ ހަގު ރަތް ޖާޒީގައި ހުރި ކުޅުންތެރިޔާ, ލަންކާއާ ދެކޮޅަށް މިހާތަނަށް ކުޅުނު އެންމެ ހަގުކުޅުންތެރިޔާ މިހެންކިޔައިގެން ރިކޯރޑްތައް އިތުރުކުރަންވީނު. ދިވެހި އެންމެ ހަގުކުޅުންތެރިޔާއޭ ބުނީމަ އެނިމުނީ. ދެން އިތުރު ހާސަރުތަކެއް ދަމާނެކަމެއް ނެތް. ލަނޑުޖެހިނަމަ އެކަން އޯކޭ
ކޯޗް.
07 September 2025
ޓީމުގެ ކޮންމެ މިހަކީ ލަޑުޖަހަން ހުންނަ މީހެއްނޫން. އެއްބަޔަކު ޑިފެންސަށް އަނެއްބަޔަކު ޕްލޭމޭކްކޮއް ލަޑުުޖަހަން ފުރުސަތު ހޯދަަނީ. ޅައުމުރުގަ ޓީމަށް އެެރުަމަކީވެސް ފަހުރެއް. ކޮންގްރެޗުލޭސަން އީލާން ، ޓީމް އެންޑް މެނޭޖްމެންޓް.
ތެފައާސާ.
07 September 2025
ބްރޯ ޗިލް. ގޯލް ސްކޯރ ކުރުމާ ގޯލް އެސިސްޓް ކުރުމަކީ ހުރިހާ ތަނެއްގައިވެސް ވަކި ސްޓެޓިސްޓިކްސްގެ ގޮތުގައި ބަލަހައްޓާ ކަންކަން. ކުޑަކޮށް ވާނުވާ ބަލާލާފައި ހަމަ ޖެހިލާ