އައްޑޫގައި އަންހެނުންތަކެއްގެ މެދުގައި ހިންގި މާރާމާރީ ވީޑިއޯގެ ސްކްރީންޝޮޓެއް.
07 ސެޕްޓެމްބަރ 2025 - 10:12
އައްޑޫ ހިތަދޫގައި ފިލްމެއް ބަލަން ދިޔަ ބަޔަކު ސިނަަމާ އިން ނުކުމެ ރޭ ހިންގި މާރާމާރީއެއްގައި، މީހަކަށް އަނިޔާވެއްޖެ އެވެ.
ހިތަދޫ ވިލާ ކޮލެޖުގައި އެޅުވި ދިވެހި ފިލްމު "ކަނބުލޮ" ބަލާފައި ނުކުމެ މަގުމަތީގައި މާރާމާރީ ހިންގީ، އަންހެނުންތަކެކެވެ. މި މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.
އެކަމަކު މާރާމާރީ ހިންގި ސަބަބެއް އެނގޭ ގޮތެއް ނުވި އެވެ.
ތިން މީހެއްގެ މެދުގައި ހިންގި މާރާމާރީ ހުއްޓުވަން ގިނަ ބަޔަކު ޖަމާވެ، އުޅޭ މަންޒަރު ވީޑިއޯގައި ފެނެ އެވެ. ބޮލުގެ އިސްތަށިގަނޑުގައި ހިފައި ދަމާ މަންޒަރާއި ގައިގައި ތަޅާ ތަން ވެސް ވީޑިއޯއިން ފެނެ އެވެ. ތަޅާފޮޅަމުން ގޮސް އަނިޔާވެގެން އެކަކު ވެއްޓިފައި އޮންނަ ތަން ވެސް ފެނެ އެވެ.
އާންމުވެފައިވާ ވީޑިއޯގައި އަންހެނަކު އެމްބިއުލާންސަށް އަރުވައިގެން ގެންދާ މަންޒަރު ފެނެ އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވި ގޮތުގައި ރޭގެ ވަގުތެއްގައި މާރާމާރީގައި އަނިޔާވި އަންހެނަކު އެ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެކަމަކު މާބޮޑެތި އަނިޔާތަކެއް އޭނާއަށް ލިބިފައިނުވާ ކަމަށާއި ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފިސާރި ކަނބުލޮއިން
08 September 2025
މުޅި ޤައުމުގެ ޙާލަކީ ތީ. ދުރޫސުލް އަޚްލާޤު ކިޔަވަދޭން އަލުން ފަށަން ވެއްޖެ
ލައިޓް
07 September 2025
ޢަންހެނުން، އަންހެނުންނާ ތަޅާތީ ދެރަވޭ!
ރާވެރިބެ
07 September 2025
އެކުދިން އެނިންމާލީ ފިލްމުގެ ފަހު ތަޅާލުންގަޑު. މި ހުންނަނީ ބޮޑެތި ކަންކަމެއް ނޫން. އަންހެން ކުދިންވެސް ހުރިހާ ކަމެއްގަ އުޅޭނެ. މާލޭގަ ބްލެކްމެއިލް ކުރަންށާ ވައްކަން ކުރަން އަންހެން ކުދިން އުޅޭ. ވަކި އަންހެން ކުދިންވީމަ މާ ހައިރާން ނުވޭ.
ސެންޓޭ89
07 September 2025
ތަނެއް ނޫން ގަޅިވަނީކީ...ތިކަހަލަ ބޯ ބުރާންތިން ގަޅިވަނީ...މާލޭގަ ނޫނީ ރާއްޖޭން ބޭރުގަ ނުހިގާ ކަމެއްތަ? އާބާދީ ބޮޑުވާ ވަރަކަށް ގަޅިންވެސް ގިނަވާނެ...ކުށްވެސް ގިނަވާނެ...200 މީހުން އުޅޭ ރަށަކާ އެއްގޮތެއް ނުވާނެ ބުރޯ..ތި ގަޅި ބޮލުން ވިސްނަނީ ކޯޗެއް?
ބޮޑު ބީތާ
07 September 2025
މާލޭގެ ޚަބަރު އެކަނިތަ ލިޔަންވީ... އައްޑުގަ ވީކަމެއްގެ ވާހަކަ ލިޔާނީ އައްޑުގަ ވިއޭ ކިޔާފަ ދޯ ... މާބޮޑަށް ވިސަނިގެން ނޫޅޭބަލަ ގަޅި އިރު. ޚަބަރޫ ލިޔާއިރު ފަސް ކާފު ހަމަކުރަން ޖެހޭނެ އޭގެތެރެއިން އެއް ކާފަކީ "ކޮންތާކު" އެވަރުން ގަޅިމީހާ އެގޭނެ.
ޕިސް
08 September 2025
ހަރޓް މަޗް؟؟
ލުބްލާ2025
07 September 2025
ތީ މައްސަލައެއްނޫން. އަންހެނުންނަށް ވެސް މާރާމާރީ ހިންގެންވާނެ.
އއއއއއއ
07 September 2025
ވަރަށް ގަޅި ބައެއް އުޅޭ ތަނެއްތީ!
ހަސަދަބެ
07 September 2025
ޙިތުގައިއޮތް ހަސަދަވެރިކަމެއްގެ ބޮޑުކަމާއެވެ. އެބުނާތަނަކީ މިރާއްޖޭގެ ތަރައްގީ ފެށުނުތަން. ގެދޮރުރާނައި ހިޔާކޮށް ފާހާނާތަކާއި މަގުތައް ހަދައި އިންޖީނުލީ އެއްޗެހި ފުރަތަމަ ބޭނުންކުރީ އެތަނުގައި. ފެނާއި ކަރަންޓާއި ނަރުދަމާއާއި ކަނޑުބޯޓާއި މަތިންދާ ބޯޓުތައް ބޭނުންކުރި. ޢެންމެ ގިނަ ތައުލީމީ، ދީނީ، ޝަރުއީ، އިގްތިސާދީ މީހުންތިބީ އެތަނުގައި. ތިއަރައިގަނެވުނީ ބައިލައްކަ މީހުންގެ އަބުރަށް
ފފފފފފފފފފފފފފ
07 September 2025
ކަލޭ ޖޭ ވަނީތަ!
ފފފފފފފކކކކކޔޔޔޔޔ
07 September 2025
ގަޅިވިޔަސް އެމީހުނާއި ނުލާ ކަލެއަކަށްވެސް ނޫޅެވޭނެ.
ވަﷲ އަޢްލަމ
07 September 2025
އަބަދު ހަސަދައޭ ޖޭވަނީއޭ ކިޔައިގެން އެންމެ ގިނައިން އެބަސް ބޭނުން ކުރާނީ ހަމަ ހިތުގައި ހަސަދަ އޮންނަ މީހުން.
އަންހެނުން ކުރިއަރުވާ ކޮމިޓީ
07 September 2025
ވަރަށް އުފާވެއްޖެ އަޅުގަނޑުމެން ގެ މަސައްކަތް ކާމިޔާބުވާ މަންޒަރު ފެންނާތީ. މިންތީގެ ހަމަހަމަ ކަން އިތުރަށް ފުރިހަމަ ކުރަންޖެހޭ. އެހެންނޫނަސް ޝޭޚުން ވެސް ވިދާލުވާގޮތަށް ކަބަލުން ނަކީ ފައިފުއްސެއް ނޫނެވެ. ކޮމެންޓް ކުރާ ބޭބެ މެންވެސް ފައިޓަރ އެކުދީންނަށް ފުރައްސާރައަކަށް ނުވާގޮތަށް ހިތްވަރު ދިނުމަކީ މިކޮމިޓީގެ ވަރަށް ބޮޑު އެދުމެކެވެ.
ކައުން ސިލު
07 September 2025
**ނޯޓީސް** ދިވެހި ފިލްމު ބެލުމަށްފަހު މާރާމާރީ އަންހެނުންގެ ތެރޭގައި ގިނަވެފައިވާތީ ވަގުތީ ގޮތުން ދިވެހި ފިލްމު ދެއްކުން މި ތާގައި މަޑު ޖައްސާލާފީމެވެ!
ބުރާރު
07 September 2025
އައްޑޫގައި ކޭބަލެއް ބުރިކޮށްލަން އުޅުނު މައްސަލައާއި، އަންހެންވެރިން ތަޅައިގަތް މައްސަލައިގައި ލޮބުވެތި އިއްޒަތްތެރި އޮނަރަބްލް ދީދީގެ ޚިޔާލެއް ބޭނުންވޭ. އެ މަނިކުފާނުގެ ބުއްދިވެރި ތޫނުފިލި ވިސްނުންފުޅާއި، ތަޖުރިބާގެ އަލީގައި ހާމަކުރައްވާ ރައުޔު ބަލާލަން ރައްޔިތުން މިތިބީ ކެތްމަދުވެފައި.
ޢެޑްމުންޑޯ
07 September 2025
ތިފިލްމު އަދި ނުދެކެން ، އަހާލަ ހިތްވަނީ އަންހެނުންތައް ތަޅާފޮޅާ މަންޒަރެއް ފިލްމުގައި ހިމެނޭހޭ ، މިހެން އަހާލީ އެއްބަޔަކު ފިލްމު ބަލާފައި ރޮއިރޮއި ލޮލަށްބޭސްކުރަންޖެހުނޭ ކިޔާތީ ، އަނެއްބަޔަކު ތިޔަ ފިލްމު ބަލާފައި ތަޅާގަތީ