ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިންގް: ސިވިލް ސާވިސް މުވައްޒަފުންގެ ހިދުމަތުގެ މުއްދަތު ގުނާގޮތަށް ގެނައި ބަދަލު ވަނީ ބާތިލްކޮށްފައި --- ފޮޓޯ/މިހާރު
07 ސެޕްޓެމްބަރ 2025 - 16:06
ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާގެ މުއްދަތު ގުނުމުގައި ދައުލަތުގެ އެހެން އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކުގައި ހިދުމަތްކުރި މުއްދަތު ހިމަނަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ނިންމި ނިންމުން ބާތިލްކޮށް، އެކަމާ ބެހޭގޮތުން އިތުރަށް މަޝްވަރާކުރަން ނިންމައިފި އެވެ.
ސީއެސްސީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާގައި، ވަޒީފާއިން މުސްކުޅި ކުރާއިރު، ހިދުމަތުގެ މުއްދަތު ގުނުމުގައި ސަރުކާރުގައި ހިދުމަތްކޮށްފައިވާ މުއްދަތުގެ ތެރެއިން ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކާއި ސިވިލް ސާވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން އިދާރާތަކުގައި ހިދުމަތްކޮށްފައިވާ މުއްދަތު ހިމަނަން ވެސް ނިންމި އެވެ.
ސީއެސްސީން މިއަދު އެ ސާކިއުލާ ބާތިލްކޮށް، ނެރުނު އިއުލާނުގައިވަނީ އެ ސާކިއުލާ ބާތިލްކުރީ ކަމާގުޅޭ ރަސްމީ އިދާރާތަކާ އިތުރަށް މަޝްވަރާ ކުރުމަށް ކަމަށެވެ.
ސީއެސްސީގެ ނިންމުން ބާތިލް ކުރިއިރު، އެ ކޮމިޝަނުން މިދިޔަ ހަފުތާގައިވަނީ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ދައުލަތުގެ ކުންފުނިތަކާއި އެހެން އިދާރާތަކުގައި މަސައްކަތްކުރި މުވައްޒަފުން އެކަމުގެ ލިޔުންތައް އެ ކޮމިޝަނާ ހިއްސާކުރަން ވެސް އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޣަނީ12
09 September 2025
ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުގައި މަސައްކަތް ކޮށްފައިވާނަމަ، އެ ހިދުމަތް ގުނަން ވާނެ. އާހިރުގައި ހިދުމަތްކޮށްދީފައި އެވަނީ ސަރުކާރަށާއި ގައުމަށް.
ތާފަނާ ފެން
08 September 2025
ހަމަ އެހެން ތިބެފަ އެތިބަ ނިންމާލަނީ ދައުލަތުގެ ހަޒާނާއިން ބައި އަޅާލާނެ އައު ގޮތްގޮތް އުމުރު ދުވަހަށް. ފިނޭންސް މިނިސްޓަރަށް ބުނެވެންޖެހޭނެ ތިޔައީ އުސޫލުން ބޭރުން ކުރާކަމެކޭ ނުކުރެވޭނޭ. އިނގިރޭސި މިސާލު ބަހެއް. ތަވާޔަށް ފެނު ކައްކަން ލާފަ އޮތް ދިރޭ ބޮއް، ހޫނަށް ކެތްކުރަމުން ކެތްކުރަމުންގޮސް ރޯފިލާވަރަށް ތަވާ ހޫނުވާފަހުން ދެން ސަލާމަތްވާން ބަލާއިރު އޮންނާނީ ފުންމައި ނުގަނެވޭވަރަށް ހާލަތު ގޯސްވެފައި. އެ ބޮކަށް ނުވަމާ
ކުރިންބުނިއެތިކެންސަލް
08 September 2025
މައްސަލައަކީ ކިޔަވާފަ ތިއްބަސް ކަމުގެ ތަޖުރިބާއާ ކަންހިގާނުހިގާ ގޮތް ވިސްނައިނުގަނެވޭ މީހުން ކަންނިންމާ ގޮޑިތަކުގަ ތިބުމޭ އަޅުގަޑު ދަންނަވާނީ. އިރުއިރުކޮޅުން "ކުރިންބުނިއެތިކެންސަލް" މީދެން ކިހާ ދެރަވަރު ކަމެއް!
މިރާއްޖެ
08 September 2025
ދަޢުލަތަށް ކުރާ ޚިދުމަތަކީ އެކައްޗެއް ކޮންމެ އިދާރާއެއްގަ ހުރެގެން ކުރިޔަސް.. މިރާއްޖޭގަ އޮންނާނި އިދިކޮޅަށް ހުރިހާކަމެއްވެސް..
ތިނެސްކަން
08 September 2025
އާނ. ޑަބަލް ޕެންޝަން ކަނޑައިލާށޭ. ކިހާ ބޮޑުވެއްޖެ ކަމެއްތަ ދޯ ވަކި ބަޔަކަށް ބައި އަޅާތީ. މިހާރު މުސާރަވެސް ކުޑަޔެއް ނުވާނޭތާ އެބުނާ އެއްހަމަޔަކާއެކު
އުދުހޭ
07 September 2025
މަތިން އޯޑަރެއް އައީބާ؟
އުނބައްޖަޖާ
07 September 2025
އަޅޭ ލަދު ހަޔާތުގެ ކުޑަވެސް އެތިކޮޅެއް ހޭކިލާފަވެސް ހަމަނެތީތޯ ؟
ބޭކަލަކަށްގޮތެއް
07 September 2025
ކުރިން އުޅުނު ތަނަކުން ވަކިވެފަ އޮތީ ވަޒީފާގަ އުޅުނު މުއްދަތަށް ނިސްބަތްކޮށް ލިބޭ އިނާޔަތެއް ލިބިގެންކަމަށްވަންޏާ، ސިވިލްސާވިސްގެ ވަޒީފާއެއްގަ އުޅެފަ ދެންވަކިވާއިރު ޚިދުމަތްކުރި މުއްދަތު ގުނުމުގަ ކުރިން އުޅުނު ތަނެއްގަ އުޅުނު މުއްދަތު ހިމެނުމަކީ ދެކޮޅުޖެހޭ އުސޫލެކޭ ނުބުނެވޭނެ. ދެރަކަމަކީ މިކަހަލަ ކަންތަކުގަ ގޮތްނިންމާފަ ހުރީ މީހާއަށް ބަލައިގެންކަމަށްވާތީ.
ސުވާލު މާކު
07 September 2025
ކޮބާ ހޭ ސިވިލް ސަރވިސްގެ މުސާރަ ބޮޑުކުރުން.؟. 500 މިލިއަން ރުފިޔާ ޕޭ ހާމާނައިޒްކުރަން ބަޖެޓުކޮށްފަ އެކަން އޮތީ ކިހާ ހިސާބެއްގަތަ؟ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ދެން 100 ރުފިޔާ ބޮޑުކޮށްލާ މުސާރަައަށް. ޢޭރުން އެއޮތީ ހާމަނައިޒްވެފަ
ބޭރުންދާއޮޑި
07 September 2025
ކަމަކީ ޕެންޝަނާ ބެހޭ ކަމެއް. ތިކަން ބަލަންޖެހޭނީ ޕެންޝަން އޮފީހުން. ސިވިލް ސަރވިސްއަކާ ބެހޭ ކަމެއް ނޫން.
މފއއ
07 September 2025
މިހާރު އޮންނާނީ އެގޮތަށް ހަމަޖައްސާދޭން ބޭނުންވި މީހާއަށް ހަމަޖައްސާ ދީފައި.