އެފްޑީސީން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ފްލެޓުތަކުގެ އެގްރިމެންޓުގައި މީހަކު ސޮއިކުރަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
07 ސެޕްޓެމްބަރ 2025 - 16:26
ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓު ހަވާލުކުރަން ފެށުމަށް، ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ހުޅުވާލައިފި އެވެ.
ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ބައެއް މީހުންނަށް އެފްޑީސީން މިއަދު ވަނީ ޑިޕޮސިޓް ދައްކަން ހުޅުވާލާފައިވާ ކަން މެސެޖަކުން އަންގައިފަ އެވެ. އެ މެސެޖުގައި ބުނީ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޔުނިޓް ހަވާލުކުރުމުގެ ކުރިން ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް އެފްޑީސީގެ ޕޯޓަލުން މިހާރު ދެއްކޭނެ ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރަމުން އަންނަނީ، ފްލެޓްތައް ނިމިފައިވާ ތަރުތީބުންނެވެ. އެފްޑީސީގެ އެންމެ ފަހުގެ ހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް ގާތްގަަނޑަކަށް 3،000 މީހުންނާ އެކު ވަނީ ސޮއިކޮށް ނިމިފަ އެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ގެންދާ މަޝްރޫއުގައި ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައިވަނީ 15،000ރ. އެވެ.
ތިން ކޮޓަރީގެ ތަންތަން ދޫކުރަން ނިންމާފައިވަނީ 9،500ރ. އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓްތައް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާނުކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން މިދިޔަ އެޕްރީލް މަހު ވަނީ އާންމު ކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ލިސްޓު އޮއްވައި ދެވަނަ ލިސްޓަކަށް ނުދެވޭނެ ކަމަށް ބުނެ ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން މި ސަރުކާރުން ނިންމީ ނޮވެމްބަރު 2023 ގެ ލިސްޓަށް ފްލެޓް ދިނުމަށެވެ.
ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމާ އެކު، ފެނާއި ކަރަންޓާއި ގޭހާއި ކޭބަލް ކަހަލަ އަސާސީ ހުރިހާ ހިދުމަތަކަށް ވެސް އެފްޑީސީން ރަޖިސްޓްރީކޮށްދެ އެވެ.
ހައުސިން މިނިސްޓްރީން ބުނެފައި ވަނީ މި މަހުގެ ނިޔަލަށް ފްލެޓްތަކުގައި ދިރިއުޅެން ފެށޭވަރުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިމިސްޓަރ ޓިނޭ
08 September 2025
އޭއް އޯތް ،، ލިސްޓް ކޮބާހޭ؟؟؟؟؟؟
ާއުނިމާ
07 September 2025
މީގަ ހައިރާން ވާނެޖެހޭ ތަންކޮޅަކީ އެއްބަޔަކަށް ލިބޭފުލެޓު އެނގި، ސޮއިކުރުވާ މިހާރު ޑިޕޮސިޓް ދައްކަން ހުޅުވާލިއިރު ފުލެޓް ލިބޭނެކަމަށް ލިސްޓްގަ ތިބި އެތައްބަޔަކަށް އަދި ގުރުއަތު ނުނަގާކަން! ގުރުއަތަކީ ބައިބަޔަށް ބަހާލައިގެން ނެގޭ އެއްޗެއްތޯ؟ މިކަމުގައި އަދިވެސް ދެފުއްފެންނަގޮތް ނެތް، ވަރަށް ބުއްދިހަމަނުޖެހޭ ގޮތައް މިފުލެޓް ސަޮއިކުރުންތައްވެސް މިގެންދަނީ ! ފުރަތަމަތަ ލިސްޓް ކަނޑައަޅާފަ އެންމެންގެ މެދުގައި ނަގާއެއްޗެއްނޫނތޯ ގުރުއަތަކީ؟ ވަރަށް ގޯސް!
މަލަކް
07 September 2025
ތާކުން ތާކު ނުޖެހޭ ގޮތަށް ނެރެފަ އޮތް ލިސްޓެއް. ކުރީ ސަރުކާރުގެ ލިސްޓު ގޯހޭ އެތައް ބަޔަކު ގޮވަ ގޮވަ އޮއްވަ އަނެއްކާ މި މީހުން ފާޱެއްގެ ލިސްޓެއް ނެރެ ހަމަ ހައްގު ނޫން މީހުންނަށްދީ އެ ނިންމާލީ. ދަެން އާދޭ އަހަރެމެން ކައިރިއަށް ވޯޓު ހޯދަން.
އަމީދު
07 September 2025
ޑެޕޮސިޓް ދައްކަން ހުޅުވާލާއިރު ކޮބާތޯ ޕޮއިންޓް ހަމައަށްލިބި ފްލެޓް އެލޮކޭޓް ނުކުރާމީހުންގެ ހައްގު.
ޢަތުލާނެ
07 September 2025
ޢދި ނޭގެ. އެގްރީމަންޓް އެގްރީމަންޓް އަކަށްވަނީ ސަފްހާގެ އަދަދުން. ތިއަދި ބާތިލް ވެސް ވެދާނެ. ދެމުންދެމުން ގޮސް ހުސްވީމާ އަތުލާނެ. 15 އަހަރު ކައުންޓްކުޜާ ގޮތެއް ހުދު ތިކަމުގެ އުޅޭ ބޮޑުންނަކަށް ނޭގެ. ނުފޫޒްގަދަ ފަރާތަކުން ގުޅީމަ 15 އަހަރުވެފަ އޮންނާނީ.ފްލެޓް މައްޗަށް ފްލެޓް ވެސް ލިބޭނެ. ބޯހިޔާވަހިކަމުގެ މަގްސަދަށް އެއްވެސް ބެލުމެއް ނެތް. ޢުސޫލުގަ އޮތް ފިއްޔެއްގަ ހިފައިގެން ދަމަނީ. 75 ގެ އެގްޜިމަންޓް ބާތިލް. ޢެހެން އެއްބަސްވުން ބަރާބަރު.ވ. މަޖާ ދެން
ފަޔާޒުގހގ
07 September 2025
ތީމާލޭ 15 އަހަރު ނޫޅުނަސް ދޭ ފުލެޓެއް ރަށު ހުއްޓަސް ލިބޭ ޕޮައިން މަދުން ލިބިފަހުއްޓަސް ދޭނއބަޔަކަށް ދީނިންމާފި ހައްގުވެރިޔާށް ފުލެޓް ނުލިބުނު ދޮގު ހަދައިގެން ފުލެޓް ހޯދައިފަ ކައްވަޅައް ގޮސް ތިބޭނެ ވ ހެވިފަ
ދޮންބެެ
07 September 2025
ހުޅުމާލޭގެ ފޭސް 2 ގެ %65 އަދި ފޭސް 1 ގެ 60% ގޯތި، ފްލެޓް، ރޯހައުސް އަކީ ނުހައްޤުން ދޮގު މަޢުލޫމާތު އަދި ބާރާއި ނުފޫޒުން ހޯދާފައި ހުރި ތަންތަން.
ޙިކްމާ
07 September 2025
މާލޭގައި ދިރި ނޫޅޭ މީހުންނަށް ވެސް ފުލެޓް ހަވާލު ކޮށްފި.
ޖުމްނާ.
07 September 2025
ލަންޑަނުގައި ދިރިއުލޭ އިޤިރޭސި ރަށްވެހިކަން ނަގައިގެން ތިބި މާލޭގެ ގޯތި 12 ބުރިއަށް ނަގާފައިވާ ކިތައް މީހުނަށް ފުލެޓް ދީފައި އެހެރީ؟ އަދި ކޮބާ މިއިން ކޮންމެ މީހެއްގެ ދަރިއަކަށް ވެސް 18 މިލިޔަން ރުފިޔާގެ ބިމެއްވެސް ވަނީ ދީފައި. ކީއްވެ އެވާހަކަ ނުދައްކަނީ ؟
ާއުނިމާ
07 September 2025
މާލޭ މީހުން މައްސަލއެއްނަތް ދޯ، ބޭރުއުޅުނަސް، ފުލެޓް ލިބެންޖެހޭ އަދި ފުެލެޓު ލިބުމަށްފަހު ކުއްޔަށްދީފަ ބޭރަށް ގޮސް އުޅުނަސް، !
ކަޅޭ
07 September 2025
ތިޔަ ނުކިޔާނެ ސޯޝަލް ހައުސިންއަކައް
ާއުނިމާ
07 September 2025
މީ ސޯސަލް ހައުސިންނެއް ނޫން ! މިވެސް ދެން ފުެލެޓުތަކެއް ،ސަރުކާރުން ރައްޔިތުން ދެނީ ކުއަޔަށް 25 އަހަރުގެ މުއްދަތަކައް