ފްލެޓު ލިބުނު މީހަކާ އެކު އެފްޑީސީން އެއްބަސްވުމުގައި ސޮއިކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
27 އޯގަސްޓް 2025 - 11:33
ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.
އެފްޑީސީން ބުނީ ގެދޮރުވެރިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ފެށިތާ އެއް މަސްދުވަހުގެ ތެރޭގައި 2،000 އަށް ވުރެ ގިނަ މީހުންނާ އެކު އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. އަދި ބާކީ ތިބި މީހުންގެ ތެރެއިން މިހާތަނަށް 1،530 މީހުންގެ އެއްބަސްވުމުގައި ސޮއިކުރަން ތާވަލް ކޮށްފައިވާ ކަމަށް ބުންޏެވެ.
އެ ކޯޕަރޭޝަނުން ބުނީ އަމާޒަކީ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމައި، އެ ތަންތަން ހަވާލުކުރަން ފެށުން ކަމަށެވެ.
ގެދޮރުވެރިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން އެ ކޯޕަރޭޝަނުން ފެށީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން އެފްޑީސީން ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީން މައުލޫމާތު ސާފުކުރުމަށް ފަހު ފޮނުވާ ލިސްޓަކަށް ބަލައިގެންނެވެ. އެ މިނިސްޓްރީން ފްލެޓް ލިބޭ މީހުންގެ ލިސްޓު އެފްޑީސީ އަށް ފޮނުވަނީ ވެރިފައި ކުރެވޭ ތަރުތީބުން، އެކި މީހުންގެ ނަންތައް ވަކިވަކިންނެވެ. ނަމަވެސް، ވެރިފައި ކުރަނީ ފްލެޓް ލިސްޓު އެކުލަވާލާފައި ތަރުތީބަކުން ނޫނެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓުގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. އެވެ.
އެ ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި، އެއްބަސްވުމުގައި ސޮއިކުރުމަށް ޕޯޓަލް އަށް އަޕްލޯޑްކުރަން އަންގާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ މައްސަލަ ވަރަށް ބޮޑެވެ. އެއީ ވެސް ސޮއިކުރަން ތާވަލްކުރަން ލަސްވާ ސަބަބެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމާ އެކު، ފެނާއި ކަރަންޓާއި ގޭހާއި ކޭބަލް ކަހަލަ އަސާސީ ހުރިހާ ހިދުމަތަކަށް ވެސް އެފްޑީސީން ރަޖިސްޓްރީކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
27 August 2025
ކުރިން ސޮއިކޮށްފަ އެގްރިމެންޓެއް އޮއްވާ އަނެއްކާ އަނެއް އެގްރިމެންޓްގަ ސޮއި ކުރާނީ ކިހިނެއް! އަނެއްކާ އިތުރު ފްލެޓެއް ލިބެނީބާ!؟
ހުސައިން އަބުދުއްރަހުމާން
27 August 2025
75 ޕޮއިންޓް ލިބުނުމީހުންގެ މެދުގައި ގުރުނަގައިގެން ފުލެޓް ލިބުނުމީހުނަށް ހަދަނީ ކިހިނެއް؟ އެމީހުނާއި އެކު އެގުރީމަންޓްކުރުންވަނީ މަޑުޖައްސާފަ. ބަހަނާއަކަށް ބުނަނީ 76 މަތި ލިބުނުމީހުނަށް ގުރުނުލަޔޯ ހުރީ.
އޮނަރަބްލް އަފީފު ދީދީ
27 August 2025
ދައުލަތްދަރަނިކޮށް އެތައް ބިލިޔަން ޑޮލަރުގެ ލޯނުނަގައިގެން ކ.ހުޅުމާލޭގައި ހަދާފައިވާ ފުލެޓްތައް ދޫކޮށްފައިވާ ކ.މާލޭ މީހުންގެތެރެއިން %68 މީހުން އެއްބަސްވުމާއި އެއްގޮތަށް ތަނުގެ އަގުއަދާކުރަން މަހުންމަހަށް ދައްކާންޖެހޭ އިންސްޓޯލްމަންޓް ފައިސާ އެޗްޑީސީއަށް ނުދައްކާ އެތަންތަން އެހެން ފަރާތްތަކަށް ބޮޑުއަގުގައި ކުއްޔަށްދީގެން އެމީހުން އެފައިސާ ކަމުންގެންދާކަން އިގޭއިރުވެސް އެޗްޑީސީގެވެރިން އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާހޯދަން މަސައްކަތް ނުކުރޭ.
މާލެ ސާހިބުން
27 August 2025
ދެން ކޮބަ މައްސަލަޔަކީ
ޢަރުތަ
27 August 2025
އެޗްޑީސީގެވެރިން އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާހޯދަން މަސައްކަތް ނުކުރިއަސް، އެ ވެރިން ހޯދަން ޖެހޭ ފައިސާ އެއްވެސް މަޑުޖެހުމެއް ނެތި ދަނީ ހޯދަމުން، މީވަރަށް ވާހަކަ.
އޮނަރަބްލް އަފީފު ދީދީ
27 August 2025
ދައުލަތުން ހިންގާ މިފަދަ ކަންކަމަކީ އެވަގުތަކު ވެރިކަމުގައި ހުންނަމީހާ އާއި އޭނާގެ ވަޒީރުން ހިތުހުރި ގޮތަކަށް ކުރުމަށް ދޫކޮށްލާފައިވާ ކަންކަމަކަށް ހަދައިފި ނަމަ މިފަދަ ކަންކަމުގެ ތެރޭގައި ހުންނަ ވައްކަމާއި ޙިނާނާތް ނައްތާ ނުލެވޭނެ. އަދި މާލީ ފައިދާ ލިބޭފަދަ ކަންކަން އަދުލުވެރިކަމާއި އިންސާފުން ނުކޮށްފާނެތީ ދުނިޔޭގައި މިފަދަ ސޯޝަލް ހައުސިންގ ސްކީމް ތަކަށް ޙާއްސަ ޤާނޫނުހަދާ އެ ޤާނޫނާއި އެއްގޮތަށް ހާމަކަން ބޮޑުކޮށް މިކަހަލަ ކަންކަން ކުރަމުން ދަނީ.
އޮނަރަބްލް އަފީފު ދީދީ
27 August 2025
އެއްބަސްވުމާއި އެއްގޮތަށް ފުލެޓަށް އިންސްޓޯލްމަންޓް ފައިސާނުދެއްކުމާއި، މަކަރާއިހީލަތުން ފުލެޓް ހޯދުންފަދަ ތިރަށުމީހުންގެ ކަށީގައިހިފާފައިވާ ނުބައިއާދަތައް ނައްތާލެވޭނީ ފުރަތަމަ ބިމާއި ފުލެޓް ޓެކްސް ފްރީކޮށް އޭނާހޯދާ ދެވަނަ ބިމާއި ފުލެޓުން %50 އަދި އިތުރަށް މިލްކް ކުރާ ކޮންމެފުލެޓަކާއި ބިމުން %100 ޓެކްސްނަގަން ކަޑައަޅާ ސޯޝަލް ހައުސިންގ ސްކީމަށް ދޮގު މައުލޫމާތުދިނުމާއި އެފަދަކަމަކަށް އެހީތެރިވުމަކީ ޖިނާޢީ ކުށެއް ކަމަށް ޤާނޫނުގައި ކަޑައަޅައިގެން.
އޮނަރަބްލް އަފީފު ދީދީ
27 August 2025
ކ.މާލޭމީހުނަށް ދޫކޮށްފައިވާ ސޯޝަލް ހައުސިންގ ފުލެޓްތަކަށް މަހުންމަހަށް އެޗްޑީސީ އަށް ދައްކާންޖެހޭ ފައިސާ ނުދެއްކިކަމަށްވިޔަސް އެތަންތަން ލިބުނު މާލޭގެ ގިނަމީހުން ވަނީ އެމީހުނަށްދިން ފުލެޓް 15 ވަރަކަށް ހާސް ރުފިޔާއަށް އެހެންފަރާތަކަށް ކުއްޔަށްދީފައި. މާލޭސަރުކާރަށާއި އެޗްޑީސީ އަށް ވެސް މިކަން ވަރަށް ރަނގަޅަށް އިގޭ. މާލޭ މީހުންގެ ނުބައި ކަމުން މިތަންތަނަށް އިންސްޓޯލްމަންޓް ފައިސާ ނުދައްކާތީ މިހާތު ޗައިނާ ފަދަ ތަންތަނުން ލޯނު ލިބޭނެ ގޮތެއްވެސް ނެތް.
މާލެ ސާހިބުން
27 August 2025
އަފީފު ދީދީ އިތުރުފުޅު ހައްދަވަނީ ތޯ؟
ޒައިނަބު
27 August 2025
ކޮބާ ގުރުއަތުނަގާ މީހުން. ޢަދިވެސް ވާނުވާގަ ތިބީ