ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަހްލޫފް. އޭނާއަށް ނުހައްގުން އަދަބު ނުދީ، ވަގުތުން މިނިވަން ކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައި. - ފޮޓޯ: މިހާރު
26 މާޗް 2017 - 11:58
މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް ނުހައްގުން ދެމުން އަންނަ އަދަބާއި އަނިޔާތައް ހުއްޓާލައި، އޭނާ މިނިވަންކުރަން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މަހްލޫފް ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރެއްވީ އޭނާއަށް ލިބިވަޑައިގަންނަވަން ޖެހޭ އެތައް ހައްގުތަކެއް ނުދީ ހިފަހައްޓާފައިވާތީ ކަމަށެވެ.
އެކަމަކު މަހްލޫފް ޖަލުގައި ކުރައްވަމުން ގެންދިޔަ ހަޅުތާލު މިހާރު ހުއްޓާލައްވާފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެ އެވެ.
މަހްލޫފަށް ނުހައްގުން އަދަބު ދެނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ވާހަކަ ދައްކަވައި ފާޑުވިދާޅުވަމުން ގެންދެވުމުގެ ސަބަބުން ކަމަށް އެމްޑީޕީން ބުންޏެވެ.
"އިންސާފުން އެއްކިބާވެފައިވާ ޝަރީއަތަކުން މަހްލޫފް ޖަލަށްލުމަށް ފަހު އޭނާ އާއި މެދުގައި ނާއިންސާފުގެ މައްޗަށް ނާއިންސާފުވަމުންދާ ކަން ކަންބޮޑުވުމާއިއެކު ފާހަގަކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީގެ ބަޔާނުގައި ވަނީ މަހްލޫފްގެ މައްޗަށް އިއްވި ދެ ހުކުމުގެ ތެރެއިން އެއް ހުކުމް ތަންފީޒުކޮށް ނިމުނުއިރު ވެސް، ހައި ކޯޓަށް އޭނާ ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލައެއް ބަލާފައިނުވާ ކަން ފާހަގަކޮށްފަ އެވެ. އަދި އެ ހުކުމް ތަންފީޒުކޮށް ނިމުނަސް، ޕޭރޯލްގެ މައްސަލަ ބަލައި ޕޭރޯލްގެ ހައްގު ދީފައިނުވާތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މީގެ އިތުރުން މަހްލޫފް ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅޭ ގޮތާއި، ވަކީލުންނާ ބައްދަލުކުރުމުގެ ހައްގު ނުދީ އެތައް މަހެއް ވެފައިވާ ކަމަށާއި ޖަލުގެ ކެއުން ހުންނަ ގޮތުން އޭނާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.
ވެރިކަންކުރާ ޕީޕީއެމްގައި ހުންނަވައި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅު މުޒާހަރާތަކުގައި އުޅުއްވަނިކޮށް ފުލުހުންނަށް ހުރަސްއެޅި ކަމުގެ ދެ މައްސަލައެއްގައި މަހްލޫފަށް ކުރި އެއް ހުކުމުގެ މުއްދަތު މިދިޔަ ޖެނުއަރީ 17 ގައި ވަނީ ހަމަވެފަ އެވެ. އަނެއް ހުކުމުގެ މުއްދަތު ޖޫން މަހުގެ ކުރީކޮޅު ހަމަވާނެ އެވެ.
މަހްލޫފް ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރެއްވި ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތައް ކަރެކްޝަނުން ވަނީ ދޮގުކޮށްފަ އެވެ. އެތަނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެހެން ގައިދީންނެކޭ އެއްގޮތަށް މަހްލޫފަށް ލިބެން ޖެހޭ ހުރިހާ ހައްގުތަކެއް ވެސް ދެ އެވެ.
މާފުށީ ޖަލުގައި ހުންނެވި މަހްލޫފަށް މިއަދު ވަނީ 37 އަހަރު ފުރިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިލޭއަލި
26 March 2017
އަނިޔާ ނިމެންދެން އެއްޗެއް ނުކާތި! އެމީހުން ވަރަށް ދެރަވާނެ. އެކަމަކު ބުނަން. އަމިއްލަ އަތުން އަމިއްލަ ހަށިގަނޑަށް އަނިޔާ ވެރިވުމަކީ ޙަރާމްކަމެއް.
ކެޔޮޅު
26 March 2017
މަހުލޫފު ބަޑުހައިކަމުގެ ހަޅުތާލު ކުރި އިރު މެންދުރާ ހަވީރުގެ ކޮއްތު ނެގިކަމަށް ކަރެކްސަނުން ބުނޭ
ހޯބޯ
26 March 2017
މީނަ ހަޅޭއްލަވަމުން ދުވިއިރު ހިތަކަށް ނޭރިދޯ ފަހުން ބަނޑުހައިވެދާނެކަމަކަށް
ޯއިންސައިޑަރ
26 March 2017
ހެޕީ ބާރތްޑޭ ބްރޯ. އައި މިސް ޔޫ އަ ލޮޓް. މާދަމާ މި ރުޅިވެސް ވޯޓުން ދައްކާނަން
ދޭނެ
26 March 2017
ކާކުބާ އަޑު އަހާނީ
ރަދީފް
26 March 2017
މަހޭ އުޅެގޮތުން މަހޭނެތިދާނެއެވެ.
ނޭންގޭ މަގޭ
26 March 2017
މަގޭ ޖަލުގައި އެއްދުވަސް ހޭދަކޮއްލަބަލަ. ހައްޤު ލިބޭތޯ. ބޯ ދަށަށް ލާނެ ބާލީހެއް. ކަރުހިއްކުން ފިލާވަރަށް ބޯފެން, ގަޑިއައް ކާންޖެހޭ ބޭހެއް...މީގެން އެއްޗެއް ނުލިބުމަކީ ޙައްގު ނުލިބުން.
ބަލްކު އެންޑް ބަލަކް
26 March 2017
މަހުލޫފުވެސް ބަނޑުހައިވީމާ ކާނެއެވެ.
ޟުހާޓޯ
26 March 2017
މިހާރުވެސް ޖަލުމީހުންގެ ހައްގުތައް މަގިނަ. އަޢްމުކޮށް މިއުޅޭ ދިވެހިންނަށްވުރެ ހައްގުތައްވެސް އިތުރު އެމީހުންނަށް. އެހެންވީ ކޮން ޝަކުވާއެއްތިކުރަނީ. ކުދިންނޭ މީ މައުމޫނު ޒަމާނެއްނޫން.
ކަނައްކަފޫޅު
26 March 2017
މަޚްލޫފު ވެސް ފުރަތަމަ ހައްޔަރު ކުރީ ކަލޯމެން ނެވެ.ގައިމު މަޚްލޫފުވެސް ކުރިން ބުނަނީ ހުކުމަކާ ނުލައި އެއްމެ ގިނަ ފަހަރު ހައްޔަރު ކުރީ އޭނާ ކަމަށެވެ. އެހެން ބުނީ ކެނެރީގޭ ނަޝީދު އަށް ނިސްބަތް ކޮށެވެ.