ދަ އިވެންޓްސް ކަލެންޑާގެ ނަމުގައި ވީއެމްސީން ވަނީ ހާއްސަ ޕްލެޓްފޯމެއް ތައާރަފުކޮށްފައި. --ފޮޓޯ: ވީއެމްސީ
07 ސެޕްޓެމްބަރ 2025 - 18:48
ރާއްޖޭގައި ކުރިއަށް ގެންދާ ހުރިހާ އިވެންޓްތަކެއް އެއް ތަނަކުން ފެންނަ ގޮތަށް 'ދަ އިވެންޓްސް ކަލަންޑާ'ގެ ނަމުގައި މުޅިން އާ ޕްލެޓްފޯމެއް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން ތައާރަފްކޮށްފި އެވެ.
ވީއެމްސީން ބުނީ ރާއްޖޭގައި ކުރިއަށް ގެންދާ އެކިއެކި ފެސްޓިވަލްތަކާއި ކުޅިވަރުގެ އެކި ހަރަކާތްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި މައުރަޒުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ މައި ހަބެއްގެ ގޮތުގައި އެ ޕްލެޓްފޯމް ބޭނުންކުރާނެ ކަމަށެވެ.
އެ ކަލަންޑަރުގެ ސަބަބުން ރާއްޖޭގައި ބާއްވާ އެކި އިވެންޓުތައް ދުރާލާ ޕްރޮމޯޓްކޮށް، އެކަމުގެ މައުލޫމާތުތައް ރާއްޖެ އާއި ދުނިޔޭގެ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ފޯރުކޮށް ދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ރާއްޖޭގެ ހާއްސަ ސިފަތަކާއި ޓޫރިސްޓުން ގަޔާވާނެ ފަދަ ފަރުމާތަކާއެކު އެ ކަލަންޑަރުގައި ވީއެމްސީ އާއި ރިސޯޓުތަކާއި ރަށްރަށުން ކޮންމެ އަހަރަކު ރާވާފައިވާ ހަރަކާތްތައް ހިމަނާފައިވާ ކަމަށް ވެސް ވީއެމްސީން ބުންޏެވެ.
ރާއްޖޭގައި ބާއްވާ އެކިއެކި ސަގާފީ ހަރަކާތްތަކާއި ކުޅިވަރު މުބާރާތްތަކާއި ވެލްނަސް ރިޓްރީޓްތަކާއި އަދި ކެއްކުމާއި ކާބޯތަކެތީގެ ފެސްޓިވަލްތައް ފަދަ މައުލޫމާތު އެ ކަލަންޑަރުގައި ހިމެނެ އެވެ. އަދި އެފަދަ ހަރަކާތްތައް އިންތިޒާމުކޮށް ހިންގާ ފަރާތްތަކުން، އެކަމުގެ މައުލޫމާތު ހިއްސާކުރުމަށް ވީއެމްސީން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝުކުރު
08 September 2025
އޭ! މީ ވަރަށް ސަޅިކަމެއް. ޝުކުރިއްޔާ!