ޓޫރިޒަމް އިންސައިޓް ޑޭޓާ ޕްލެޓްފޯމް ތައާރަފުކުރުމުގެ އެއްބަސްވުމުގައި ބީއެމްއެލް އާއި ވިޒިޓް މޯލްޑިވްސް އަދި މާސްޓަކާޑުގެ އިސްވެރިން މިއަދު ސޮއިކުރައްވަނީ.
10 އޯގަސްޓް 2025 - 19:50
ރާއްޖޭ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މަސައްކަތްކުރާ ކުންފުނި "ވިޒިޓް މޯލްޑިވްސް" އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މާސްޓާކާޑާ ގުޅިގެން ޓޫރިޒަމް އިންސައިޓް ޑޭޓާ ޕްލެޓްފޯމެއް މިއަދު ތައާރަފުކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ، އެއީ އެންމެ މި ޒަމާނުގެ "ޓޫރިޒަމް އިންސައިޓް ޑޭޓާ ޕްލެޓްފޯމް" އެއް ކަމަށެވެ.
ބީއެމްއެލް އިން ބުނިގޮތުގައި، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ މީހުންނާއި ޓޫރިސްޓުން ހަރަދުކުރުމުގެ އާދަތަކާއި އިސްކަންދޭ ކަންތައްތަކާ ގުޅޭ މައުލޫމާތު ޑޭޓާގެ އަލީގައި އެ ޕްލެޓްފޯމުން ލިބިދޭނެ އެވެ.
ޓޫރިޒަމް އިންސައިޓް ޑޭޓާ ޕްލެޓްފޯމް ތައާރަފުކުރުމުގެ އެއްބަސްވުމުގައި ބީއެމްއެލް އާއި ވިޒިޓް މޯލްޑިވްސް އަދި މާސްޓަކާޑުގެ އިސްވެރިން މިއަދު ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.
"މި ޑޭޓާ ބޭނުންކޮށްގެން، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ކުރިއެރުމުގެ ފުރުސަތުތައް ހޯދުމަށާއި ދަތުރުގެ ކޮންމެ މަރުހަލާއެއްގައި ވެސް ފަތުރުވެރިން ކުރާ ތަޖުރިބާ އިތުރަށް ރަނގަޅު ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދައި އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރަނގަޅު ނިންމުންތައް ނިންމުމުގެ ފުރުސަތު ލިބޭނެ އެވެ،" ބީއެމްއެލް އިން ނެރުނު ބަޔާނުގައި ވެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުނި އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް މިދިޔަ ޖުލައި 13 ވަނަ ދުވަހުން ފެށިގެން ބަދަލުކޮށްފަ އެވެ. ވިދިވިދިގެން ހަތަރު އަހަރު ގެއްލުމުގައި ހިންގުމަށް ފަހު، ވިޒިޓް މޯލްޑިވްސް ކުންފުނި ނުވަތަ ކުރީގެ ނަމުން ނަމަ އެމްއެމްޕީއާރުސީ އަށް މިދިޔަ އަހަރު 27 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިދާއެއް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
11 August 2025
"ވިދިވިދިގެން ހަތަރު އަހަރު ގެއްލުމުގައި ހިންގުމަށް ފަހު، ވިޒިޓް މޯލްޑިވްސް ކުންފުނި ނުވަތަ ކުރީގެ ނަމުން ނަމަ އެމްއެމްޕީއާރުސީ އަށް މިދިޔަ އަހަރު 27 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިދާއެއް ލިބުނެވެ." މަށަށް ހަމަ ޔަގީނުން ބުނަން ކެރޭނެ 4 އަހަރު ގެއްލުމުގަ ހިންގި ތަނެއް 5 ވަނަ އަހަރު 27 މިލިއަނުން ފައިދާ ނުނެރެވޭނެ ކަން. މިއީ ކޮންމެސް އަރަތެއް ނޫނީ ހިސާބު ފޮތުން ޖެހި މަޅިއެއް.
ކޮވިޑު
11 August 2025
އެއީ ކޮވިޑާއި ގުޅިގެން ލިބުނު ގެއްލުމެއް. އެހެން ނުބުނަނީ ކުރީސަރުކާރު ކިޔަންވެގެން.
ޖަމަލުފޮޑި
11 August 2025
ޓޫރިޒަމް ދާއިރާގަ މަސައްކަތްކުރާ މުއައްޒަފުންނަށް އަތްފޯރާ އަގެއްގަ ގޯތިގެދޮރު ހެދޭނެ އިންޓަރެސްޓް ކުަޑަ ލޯނުގަޑެއްދިއްކޮއްލަން މިސަރުކާރަށްވެސް ބީއެމްއެލްއަށވެސް ނުކެރުނު. ވޯޓްހޯދަންވީމަ މެދުއުޑުގަ ރިސޯޓްމުއައްޒަފުން ބާތިއްބާނީފޯ؟؟
ނަމާސް
10 August 2025
ޕްލެޓްފޯމް ތައާރަފް ކުރީތޯ ނުވަތަ ކުރަން ނިންމީތޯ ފަހުމެއްނުވި. ތައާރަފް ކުރިނަމަ އެގޭ ކިޔުންތެެރިޔަކު އެ ލިންކް އަންގާލަދިނުން އެދެން
މަތީންް
10 August 2025
ޓުއަރިޒަމް ދާއިރާއަށް އިނގްގިލާބު ގެނެސްދެއްވި ރައީސް އަކީ ޑރ.މުހައްމަދު މުއިއްޒު
ބލވރކނ
11 August 2025
ބ އެއްނު. ކާއްޓެއް 50 ރުފިޔާ. ސިޔާސީ މަގާމް ހަލާލުކުރަން މީހުން ރުޅިއަރުވަން މިތާ ކޮމެންޓް ކުރާނެ ކަމެއްނެތް
އަހުމަދޭ
11 August 2025
މި ރާއްޖޭގައި 1970 ގެ އަހަރުތަކުގައި ޓޫރިޒަމް ފެށުނު ފަހުން އަދި މިހާތަނަށް އެއްވެސް "އިންގިލާބެއް" ނާދޭ. އެއްވެސް ރައީސަކު ކަންކަން ކޮށްނުދެއެކޭ ނޫން! އެކަމަކު ސިނާއަތް ކުރިއަރުވާ މެކުހަށް ޖަހާލާވަރުގެ އިންގިލާބެއް ގެނެވުނު މީހަކު ނެތް.
ދުށީން
11 August 2025
އެއީ ކޮން އިންގިލާބެއްބާ. ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ 20% ބޭންކަށް މާރުކުރަން ގަވާއިދު ހެދުންތޯ، މިނޫނީ މި ދާއިރާޢަށް މި ދައުރުގައި އައި އިންގިލާބެއް ނުފެނޭ،
ޝަމްސުއްދީނު
10 August 2025
ހަގީގީ މާނާގައި ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބު ކުރާނީ އެއްބުރުން