ރާއްޖޭގެ ކުޅުންތެރިން ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
26 މާޗް 2017 - 11:16
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ދެ މެޗުން ބަލިވެފައިވާ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ސެމީ ފައިނަލުގެ އުއްމީދު އާކުރުމަށް މަރުގެ މެޗަކަށް މިއަދު ހަވީރު ތުރުކުމެނިސްތާނާ ދެކޮޅަށް ނުކުންނާނެ އެވެ.
މިއަދުގެ މެޗާ ކުރިމަތިލާއިރު ލީގު ބުރުގެ އެެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ސީދާ ދެވޭނެ ގޮތެެއް ރާއްޖެ އަށް ނެތެވެ. އޮތް ފުރުސަތަކީ ލީގު ބުރުގެ ތިން ވަނަ ހޯދައި، ދެ ވަނަ ޓީމާ އެކު ސެމީ ފައިނަލް ކުޅުމެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ ސެމީން މޮޅުވާ ޓީމަކަށެވެ.
ލީގު ބުރުގެ ތިން ވަނަ ހޯދުމުގެ ވެސް އަމިއްލަ ބާރެއް ރާއްޖެ އަށް ނެތެވެ. ރާއްޖެ އަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ މިއަދު ތުރުކުމެނިސްތާން އަތުން ފަސް ސެޓަށް ނުގޮސް (ސީދާ ތިން ސެޓުން ނުވަތަ 3-1 ސެޓުން) މޮޅުވެގެންނެވެ. ފަސް ސެޓަށް ގޮސްގެން 3-2 ސެޓުން މޮޅުވިޔަސް ނުވަތަ އެއްވެސް ނަތީޖާއަކުން ރާއްޖެ ބަލިވެއްޖެ ނަމަ ސެމީން ފުރުސަތު ނުލިބި ކަޓާނެ އެވެ.
ފަސް ސެޓަށް ނުގޮސް (ސީދާ ތިން ސެޓުން ނުވަތަ 3-1 ސެޓުން) މޮޅުވިޔަސް ފުރުސަތު ލިބޭނީ މާދަމާ ހަވީރު ކިރްގިސްތާން އަތުން ފަސް ސެޓަށް ނުގޮސް (ސީދާ ތިން ސެޓުން ނުވަތަ 3-1 ސެޓުން) ނޭޕާލް ބަލިވެއްޖެ ނަމަ އެވެ. ނޭޕާލް އެއްވެސް ނަތީޖާއަކުން މާދަމާ މޮޅުވިޔަސް ނުވަތަ ފަސް ސެޓަށް ގޮސްގެން (3-2 ސެޓުން) ބަލިވިޔަސް ރާއްޖެ ކަޓާނެ އެވެ.
އެހެންވެ އަމިއްލަ ގައުމުގައި ބައިނަލްއަގްވާމީ މުބާރާތެއް ކުޅެން ފިރިހެން ޓީމަށް ލިބުނު ފުރުސަތުގައި ދަަށްވެގެން ސެމީ ފައިނަލާ ހަމަޔަށް ދިއުމަށް މިއަދު ފަސް ސެޓަށް ނުގޮސް ތުރުކުމެނިސްތާން ބަލިކޮށް އަދި މާދަމާ ކިރްގިސްތާން އަތުން ފަސް ސެޓަށް ނުގޮސް ނޭޕާލް ބަލިވާން ޖެހެ އެވެ. ވޮލީބޯޅައިގައި މޮޅުވާ ޓީމަކަށް ތިން ޕޮއިންޓް ލިބޭއިރު ފަސް ސެޓަށް ގޮސްގެން މޮޅުވެއްޖެ ނަމަ ލިބޭނީ 2 ޕޮއިންޓެވެ. ފަސް ސެޓަށް ގޮސް ބަލިވެއްޖެ ނަމަ އެއް ޕޮއިންޓް ލިބޭނެ އެވެ. އެހެންވެ މާދަމާ ނޭޕާލް ފަސް ސެޓުން ބަލިވިޔަސް އެ ޓީމަށް އެއް ޕޮއިންޓް ލިބި ޖުމްލަ ހަތަރު ޕޮއިންޓް ހަމަވާނެ އެވެ. ރާއްޖެ އަށް ގިނަ ވެގެން ހަމަކުރެވޭނީ މިއަދު ފަސް ސެޓަށް ނުގޮސް މޮޅުވެގެން ލިބެން އޮންނާނެ ތިން ޕޮއިންޓެވެ.
ގައުމީ ކޯޗު މުހައްމަދު ޝަރަފް ބުނީ މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއް ވަރަށް ހަމަހަމަ ކަމަށާއި އެކަމަކު ޓެކްނިކަލީ ބަލާއިރު ތުރުކުމެނިސްތާނަކީ އެންމެ މޮޅު ޓީމު ކަމަށެވެ.
"އެހެންވެ ހާލަތު އޮތްގޮތުން އެންމެ މޮޅު ޓީމު ބަލިކޮށްގެން ނޫނީ ނެތް މިވަގުތު ކުރިއަށް ދެވޭކަށް. މޮޅުވިޔަސް މެތެމެޓިކަލީ ކެޓުމުގެ ފުރުސަތު ވެސް އެބައޮތް،" ޝަރަފް ބުންޏެވެ.
ތުރުކުމެނިސްތާން ވަނީ ފުރަތަމަ މެޗުން ނޭޕާލް އަތުން ސީދާ ތިން ސެޓުން މޮޅުވެ އިއްޔެ ހަވީރު ކިރްގިސްތާން އަތުން ފަހަތުން އަރައި 3-2 ސެޓުން މޮޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނބ
26 March 2017
ވެރިމީހަބުނި ހުރިހާކަމެއްގެސިފާޔަކީ ޕިންކްކުލަކަމައް މިފަހަރަނުވި ގައުމީވޮލީޓީމް ޖާޒީގަ ޕިންކްކުލައިގެރޮނގުދަމާފަހުރީ އޮޅުވާލާން
ޒާދީ
26 March 2017
ޝާރަފު އިސްތިއުފާ ދޭ ކަށް ނުވޭބާ؟
އެބްޒާޑް
26 March 2017
ފޮނިކަޑައިގެން ތަށިލިބެންޏާ ވޯލްޑު ކަޕް ހުރިހާ ފައިނަލެއްގައި ބައްދަލް ކުރާނީ ދިވެހިރާއްޖެއާ އިގިރޭސިވިލާތް. އެލެވެލްގަ އަހަރުމެން މިތިބީ.
ސްމިތް
26 March 2017
މިއަދު ކުޅޭ މެޗައް ކޯޗު އަރުވައިގެން ކުޅެންފެނޭ
ޕެނިކު ފަރީދާ
26 March 2017
ރާއްޖެއަށް ކެރަމް އިން ބްރޯންޒް ލިބުނީ މުބާރާތުގައި ތިންޓީމް ބައިވެރިވެގެން. އެހެންވީމާ ދެން ރާއްޖޭގަ ބާއްވާ ވޮލީމުބާރާތެއްގައި ތިންޓީމު ބައިވެރިކުރޭ އެހެންނޫނީ ފޮނިކެޑުން މަދުކުރޭ.
ރަދީފް
26 March 2017
މެތެމެޓިކަލީ އިމްޕޮސިބަލް. ރާއްޖޭގެ ކުޅުންތެރިން އަދި ރަސްމިއްޔާތެއް ބާއްވާފަ ފިންކް ޕާޓީއަށް ސޮއެކޮއްލާ. ދިވެހިބަސްނޫން އެހެންބަހަކުން އިންޓަރެކްޓް ކުރަންނޭނގޭ މީހުން މެނޭޖަރުންގެ ގޮތުގަ ތިބީމަ ދެންނިކުންނާނީ މިނަތީޖާކަންއިނގޭ. މިއަދުވެސް ބޮޑުތަފާތަކުން ދިވެހި ޓީމް ބަލިވާނެ.ނަމަވެސް ރަދީފް އެދެނީ ރާއްޖެ މޮޅުވުން. ވަގުތު ހޯދައިގެން ތިޔަމެޗް ބަލާނަން. ވ.ވެދުން
ބާބާ
26 March 2017
އަހަރުމެން ދިވެހިންނަކީ ވަރަށް އަވަހަށް ހިތްވަރު އެލޭބައެއް، %100 ނެތް އެއްވެސް ކަމަކަށް ކަށިން ހިތަވަރު ނެރެގެން %200 ކަމެއް ކުރާނެ ބައެއްނުން. އަމުދުން މެތަމެޓިކަލް ޗާންސަކަށް.
މުޙައްމަދު
26 March 2017
މިދިޔަ ދެ މެޗް ބަލަން ދިޔަ މީހެއްގެ ހައިސިއްޔަތުން ބުނެލާނީ ރާއްޖެ ޓީމުގެ ކޯޗު އަކީ ޕްރެޝަރ ވަގުތު ޑެސިޝަން އެއް ނަގަން ނުކެރޭ މީހެކޭ. ހުނަވެރި ކުޅުންތެރިން ތިބޭ އިރު ރަނގަޅު ކޯޗުން މުހިންމު. ޝަރަފް އިސްތިޢުފާ..
ކައުންސެލަރު
26 March 2017
ކޯޗަށް ވަރަށް ސަލާން! މަބުނާނެވާހަކައެއްނެތް ކޮންމެސް ލޯންގޭ ނާރުވާތި އަރުވައިފިއްޔާ މެޗުން މޮޅުވެދާނެ. ކޮންމެސް ނާރުވާތިކުޅެން. އެރުވިޔަސް އަރުވާނީ އިދިކޮޅުޓީމު ސެޓް ނިންމަން އެންމެޕޮއިންޓަކަށް ވީމަ.. މަށަކަށް ހިޔެއްނުވޭ ރާއްޖެ މޮޅުވާކަށް ކޯޗްބޭނުންވާހެނެއް. އާނ އެހެންވެތާ މިމުބާރާތުގައި (އަދި ހޯމްގައި) މިއަށްވުރެ ދަށްނަތީޖާ ނެރުނު ފަހަރެއްނުދޭ! ވަރަށް ސަލާމާއެކު މިބުނަނީ މިހިނދުން މިހިނދަށް ކޯޗް ތިގޮނޑި ދޫކޮށްފައި ދަހަރޭ..
ޢަލީ
26 March 2017
ރާއްޖެއަށް ފައިނަލަށް ދެވޭނި އެހެން ޓީމްތައް ޑިސްކޮލިފައިކޮއްފަ. އޯކޭތަ އެގޮތް