އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖިތު ސިންގް ލަންޑަނުގައި ޕާފޯމްކުރަނީ.
08 ސެޕްޓެމްބަރ 2025 - 12:53
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖިތު ސިންގް ލަންޑަނުގައި ޝޯއެއް ދެމުންދަނިކޮށް ސްޓޭޖުން ކަރަންޓު ކަނޑާލައިފި އެވެ.
ލަންޑަނުގައި ތިބި އޭނާގެ ފޭނުންނަށް ހާއްސަކޮށްގެން ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައި އަރްޖިތު ޝޯއެއް ބޭއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭގަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އަރްޖިތު ޝޯ ދީ ނުނިމި އުޅެނިކޮށް އެ ސްޓޭޑިއަމުން ވަނީ ކަރަންޓު ކަނޑާލައިފަ އެވެ. ގާތްގަނޑަކަށް 40،000 މީހުން ބަލަން ވަތް އެ ޝޯގެ ސްޓޭޖުން ކަރަންޓު ކަނޑަލީ އޭނާ ލަވަކިޔަމުން ދަނިކޮށެވެ.
ކަރަންޓު ކަނޑާލީ އެ ޝޯ ބާއްވަން ދިން ވަގުތު ހަމަވުމަށް ފަހު ވެސް އޭނާ ލަވަކިޔަމުން ދިއުމުން ކަމަށާއި ޝޯ ކުރިއަށް ގެންދަން އިތުރު 20 މިނެޓު ދޭން އޭނާ އާދޭސްކުރި ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުންޏެވެ.
London stadium allegedly cut power at Arijit Singh's show without letting him say goodbye or finishing the song due to curfew time of 10:30 pm.
— keshav ram tripathi (@keshavramtripa2) September 7, 2025
Meanwhile, the video of him singing 'Saiyaara' at the concert is #trendingvideo . pic.twitter.com/kYayipLCMw
ސްޓޭޖުން ކަރަންޓު ކަނޑާލައި ސްޓޭޑިއަމްގެ ހުރިހާ ލައިޓެއް ނިއްވާލީ ލަންޑަނުގެ ގަޑިން އެ ރޭ 10:30 ގަ އެވެ. އޭރު އޭނާ ހުއްޓާނުލާ ލަވަކިޔަމުން ދިޔަތާ ހަތަރު ގަޑިއިރު ހުރީ ވެފަ އެވެ.
މިއީ އިންޑިއާގެ ލަވަކިޔުންތެރިޔަކު ޔޫކޭގެ ސްޓޭޑިއަމްއެއްގައި ޝޯއެއް ދިން ވެސް ފުރަތަމަ ފަހަރެވެ.
އަރްޖިތަކީ މިހާރު އިންޑިއާގެ އެންމެ އަގުބޮޑު އަދި އެންމެ ކާމިޔާބު ލަވަކިޔުންތެރިޔާ ވެސް މެ އެވެ. އަދި އޭނާއަކީ 156 މިލިއަން ފޮލޯވާސްއާ އެކު ސްޕޮޓިފައިގައި އެންމެ ގިނަ ފޮލޯވާސް ތިބި ލަވަކިޔުންތެރިޔާ އެވެ. އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ޓޭލާ ސްވިފްޓާއި އެރިއާނާ ގްރާންޑޭ ވެސް އުޅެނީ އޭނާއަށް ވުރެ ފަހަތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހަންމާ.
13 September 2025
"މިއީ އިންޑިއާގެ ލަވަކިޔުންތެރިޔަކު ޔޫކޭގެ ސްޓޭޑިއަމްއެއްގައި ޝޯއެއް ދިން ވެސް ފުރަތަމަ ފަހަރެވެ." މިޔަކީ މުޅިޔަކުން ތެދު ވާހަކައެއް ނޫން، 1990 ގެ ކުރީ ކޮޅު އަމީތާބު އިސްކޮށް ހުރެ ލަންޑަން ވެމްބޮލީ ސްޓޭޑިޔަމްގައި، " ޖުމާ ޖުމާ ލޯގޭ" ގެ ނަމުގައި ވަރަށް ބޮޑު ޝޯއެއް ބޭއްވި، އެޝޯގަ ޕާރފޯރމް ކުރި ލަވަ ކިޔުން ތެރިންގެ ތެރޭގަ، ސާދުނާ ސަރުޣަމް، ސުދޭޝް ބޯސްލޭ، މަންހަރު އުދާސް ފަދަ ލަވަ ކިޔާފައިވެއެވެ. މި ޝޯ މިހާރުވެސް ޔޫޓިއުބްގަ އެބައިން....
2025
09 September 2025
ކަލޯ ތި އަންބާކިޔަންވެސް ވަގުތުދީފިދޯ..... ބޮއިހަލަކި
ބައި
08 September 2025
އިންޑިޔާ މީހެއްގެ ފޭންބޭސް ބޮޑުވުމަކީ އަޖައިބެއްނޫން.. އެއީ 1 ބިލިޔަންގެ އާބާދީއެއް އޮންނަ ގައުމެއް
ސަނަމް
08 September 2025
އެއްވަނަ ދުނިޔޭގެ ގައުމުތަކުގައި ގަވާއިދަކީ ގަވާއިދު ބޯލަބަންޖެހޭނެ އަހަރުމެންގެ ގައުމުގައި ގަވާއިދަކީ ހިލާފުވާން އޮންނައެއްޗެއް. ގިނަބޭފުޅުންގެ އީގޯ ހާޓްވޭ ގަވާއިދުތަކެއް ހެދިފައި ހުންނާނީ. ސައިކަލް ދުއްވަމުން ސިގިރެޓްނުބޮވޭތީ އެއްޗެހި ކިޔާމީހުންވެސް މަދެއްނުން
ދޮންކޮންކޮ
08 September 2025
މީރާއްޖޭގައި ހިގިކަމެއްނަމަ ދިވެހިންނަށް އިންޑިއާއިން ވިސާ ލިބުން ވަގުތުން ބަންދުވާނެ.
އަޅި އަލީ
08 September 2025
ކަރަންޓް ބިލް ނުދައްކަންޏާ ކަރަންޓް ކަނޑާލާނެ!