އެޗްއާރުސީއެމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ ބޭފުޅަކު އައްޔަންކުރައްވައި ލިޔުން ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
08 ސެޕްޓެމްބަރ 2025 - 12:37
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
އިންސާނީ ހައްގުތައް ހޯދައިދިނުމުގެ ޒިންމާ މަތިކޮށްފައިވާ އެ ކޮމިޝަނުގެ މެމްބަރު ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މ. ޕޮޕީ، މުހައްމަދު ޝަފީގު މަމްދޫހާއި ސ. ހުޅުދޫ، ސީބްރީޒް އަހުމަދު މަގްސޫމް އަށެވެ.
ރައީސް އޮފީހުގައި ބޭއްވި އެ ރަސްމިއްޔާތުގައި އެ ދެ ބޭފުޅުން އައްޔަންކުރެއްވުމުގެ ކުރިން މެމްބަރުކަމުގެ ހުވާލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އެވެ.
އެޗްއާރުސީއެމަށް އައްޔަންކުރި ޝަފީގަކީ ކުރިން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމު ފުރުއްވި ބޭފުޅެކެވެ.
އެޗްއާރުސީއެމްގެ ދެ މަގާމެއް ހުސްވާތީ ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސް މުއިއްޒު ފޮނުއްވީ ޝަފީގާއި މުހައްމަދު ފާރިސް ތޯހާގެ ނަމެވެ.
އެކަމަކު މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން އިންޓަވިއުކުރުމަށް ފަހު ފާރިސްގެ ނަން ފާސް ނުކުރީ އޭނާއާ ގުޅޭ ގޮތުން އޮތް ތުހުމަތަކާ އެކު އެވެ. މަގްސޫމް އެޗްއާރުސީއެމަށް އައްޔަންކުރަން ފާސްކުރީ އޭގެ ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މެއްކު
08 September 2025
ހުވާކުރިކަން ޔަގީން ކުރާތި،،