އއ. މަތިވެރީގައި ރައީސް ވާހަކަ ދައްކަވަނީ: އާންމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލްކުރަން ވަނީ ނިންމާފައި.
08 ސެޕްޓެމްބަރ 2025 - 19:50
މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް އާއްމު ރޭޓުން ބިލްކުރާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މީގެކުރިން މަގުބައްތި އާއި ޕާކުތައް އަދި އާންމު މައިދާންތަކުގައި ކަރަންޓަށް ބިލްކުރަމުން އައީ ގަވަމެންޓު ރޭޓުގަ އެވެ. އެ ރޭޓުތައް ފެށެނީ 100 ޔުނިޓަށް 4.50ރ. އިންނެވެ. ޔުނިޓް ބޮޑުވާ ވަރަކަށް ރުފިޔާގެ އަދަދު އިތުރުވެ އެވެ. މި ރޭޓުގައި 600 ޔުނިޓަށް 7.50ރ. ނަގަ އެވެ.
ޑޮމެސްޓިކް ރޭޓުތައް ފެށެނީ 100 ޔުނިޓަށް 1.25ރ. އިންނެވެ. މި ރޭޓުން 600 ޔުނިޓަށް ބޮޑުވެގެން އަރަނީ 3.83ރ. އެވެ.
ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، ޖެނުއަރީ 1، 2026 އިން ފެށިގެން، ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގެ މަގުތަކާއި އާއްމު ތަންތަން ދިއްލަން ކައުންސިލްތަކަށް ފެނަކަ އާއި ސްޓެލްކޯއިން ބިލް ކުރާނީ ޑޮމެސްޓިކް ރޭޓުން ކަމަށެވެ.
ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްޤީ ކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، ޖެނުއަރީ 1، 2026 އިން ފެށިގެން،ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގައި މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ކައުންސިލް ތަކަށް ފެނަކަ/ސްޓެލްކޯ އިން ބިލް ކުރާނީ ޑޮމެސްޓިކް ރޭޓުން. ނަތީޖާއެއްގެ ގޮތުން…
— Dr Mohamed Muizzu (@MMuizzu) September 8, 2025
ނަތީޖާއެއްގެ ގޮތުން މުނިސިޕަލް އެހެން ހިދުމަތްތަކަށް ހަރަދު ކުރަން ލިބޭ އަދަދު ބޮޑުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޮތަށް ރައީސް ހަމަޖައްސަވާފައިވާއިރު، އެމަނިކުފާނު ވަނީ މިސްކިތްތަކުގެ ކަރަންޓް ބިލް ވެސް ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ގޮތަށް މިދިޔަ އަހަރު ހަމަޖައްސަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަރގް
09 September 2025
ރާއްޖޭގެ ހުރިހާރަށެއްގައި ސަރުކާރު ވަޒީފާތައް އެއްމުސާރަތަކެއް އެކަމު ޑޮމެސްޓިކް ކަރަންޓުބިލާ ފެންބިލް އަގު ވަރަށް ބޮޑު، ދެހިތުމަތުގެ ކޮލިޓީއެހާދަށް، މިއީކޮން އުސޫލެއްތޯ އަދިވެސް ސަރުކާރުން މައުމޫންް ދައުރުގެ ތަފާތުކުރުން މިގެންގުޅެނީ އަޅުގަޑުމެންނަކީ ކުޅަދުމަދު ބައެއްވީމާތޯ
އެދުރުބެ
09 September 2025
ހޮސްޕިޓަލް ތަކުގެ ކެންޓީންތަކުން ރައްޔިތު މީހާގެ އަތް ފޯރާ ވަރު އަގެއްގަ ކާތަކެތި ލިބޭނެ ގޮތެއް ހަމަޖައްސަވައިދެއްވުމަކީ ކޮންމެހެން ކުރައްވަން ޖެހޭ ކަމެއް އެކަން ވާނީ ކޮން އިރަކުންތޯ؟
ސަރީފުއަލީ
09 September 2025
ރައީސަށް ކެރޭނެތަ ދުރު އަތޮޅުތަކު ޓޫރިޒަމް ރަގަޅު ކުރަން މޯލްޑިވިއަންގެ ޓިކެޓް ފްލެޓް ރޭޓަކަށް ހަދަން! މިހާރު ބޭރުމީހުން ޓިކެޓް ގަންނަން ޖެހެނީ 300 ގުނަ ބޮޑު އަގުގަ! އެހެންވެ ދުރު އަތޮޅު ތަކަށް ގެސް ޓުން ގެންދަން ހުރަހަކަށްވޭ!
މިސްކަންސަރު
09 September 2025
މަނިކުފާނު އަސާސީ ޚިދުމަތްދޭ ކުންފުނިތަކަށް ދޫކޮށްފައިވާ ބިންތަކަށް ކުލި ނުނެގޭނެގޮތަށް ނިންމެވި ފަދައިން، އާއްމު ތަންތަން ދިއްލުމަށް ޚަރަދު ކުރަންޖެހޭނީ ފެނަކައިން ނުވަތަ ސްޓެލްކޯއިން ކަމަށް ނިންމަންވީނޫންތޯ، މީގެ ކުރިންވެސް ކައުންސިލުތަކުން ތަކެތި ދީގެން މަގުމަތި ދިއްލުމާއި އެ ބައްތިތައް މަރާމާތުކުރުން ޔުޓީލިޓީސް ކުންފުނިތަކުން ކުރި، މިހާރު ކީއްވެތޯ ނުކުރެވެންވީ،
ވިލްދާން މުހައްމަދު
09 September 2025
މީ ރައްޔިތުންގެ ރައީސްކަން ސާބިތުކޮށް ދެއްވަނީ އަމަލާއި ބަހުން. ސަރުކާރު ތަކަށް ކުރަން ނުކެރުނު މިކަހަލަ އެތައް ކަމެއް ރައީސްގެ އަމިއްލަ ފުޅަށް ނިންމެވުމަކީ އެ މަނިކުފާނުގެ އޯގާ ތެރި ކަމާއި ރައްޔިތުންގެ ދެކެވާ ލޯބި ހާމަ ކޮށްދޭ ކަމެއް. ރައްޔިތުން ހަދާފަ ހުންނަ ހަރު ތަކުންނާއި މައިޒާން ތަކުން 7.50ރ ޔުނިޓަކަށް ނަގަމުން އައި އައުން ނިމުނީ.. ދެން ޔުނިޓަކަށް ނަގާނީ 1.25ރ. ޝުކުރިއްޔާ ރައީސް މީ ކައުންސިލްތަކަށް ލިބުނު ވަރަށް ބޮޑު ލުޔެއް.
ޒިމްނާ ކަރީމް
09 September 2025
ތަރައްގީ ވަނީކީ ހަމައެކަނި ބޮޑެތި އިމާރާތްތަކާއި ބުރިޖުތަކެއް އަޅައިގެންނެއް ނޫން. ތަރައްގީ މި ފެށެނީ އިންސާނުންގެ ވިސްނުމާ ހިސާބުން. މާލެއާ ރަށްފުށުގަ އޮންނަ ތަފާތުކުރުންތަކަށް ނިމުމެއް ގެނެސް މި ގޮތަށް ހަމަހަމަކުރުމަކީ އިންސީ ވިސްނުމުން ބަލާއިރު ވަރަށް ބޮޑު ތަރައްގީއެއް.
އެއްގަމަސް ކަނޑަކަސް
09 September 2025
ތި ގޮތަށް ރައްޔިތުންދެކެވާ ލޯބިން އާންމު ދިރިއުޅުމުގަ ބޭނުންކުރަން މިގެންނަ ވެހިކަލްތަކުން މިނަގާ 200% ގެ ޑިޔުޓީވެސް ކަނޑާލަ ދެއްވަންވީނުންތޯ، ވިޔަފާރިކުރާނަމަ އޭގެން ނަގާ ފީއެއް ސަރުކާރުން ނަގާގޮތަށް.
ކައުންސިލަރު
09 September 2025
ޅ.ހިންނަވަރުގައި ރެއާއި ދުވާލު (24 ގަޑިއިރު) ބައެއް މަގުބައްތިތައް ދިއްލާފަ ހުރޭ ނުދިއްލޭ މަގުތަކަށް އެއްވެސް ހައްލެއް ނުހޯދާދޭ، މިދިޔަ ރޯދަމަހުން ފެށިގެން ނުދިއްލޭ މަގު މަގު އެބަހުރި ހިންނަވަރު ބޮޑުމަގު ދެބަރަިއަށް އޮންނަނީ ދިއްލާފަ ކުރީގެ ލައިޓް ތަކާއި މިހާރުގެ ލައިޓްތައް ކައުންސިލަކަށް ނުފެނޭ ނުދިއްލޭ ތަންތަނެއް
ފިރާޝް ޖައުފަރު
09 September 2025
ރައްޔިތުންގެ ހިދުމަތުގައި ވަރުބަލިކަމެއް ނެތި އުޅޭ ރައީސް އެކޭ ކިޔަނީ ކަމެއް ވެގެން މިވަރުގެ ރައީސްއެއް އަދި ފެނިފައެއްނުވޭ. މިއީ މީގެ ކުރިން އެއްވެސް ވެރިއަކައް ނުފެނިދިޔަ ކަންކަން ނަމަވެސް ރައީސް މުއިއްޒު އައް މިކަހަލަ ދަތިތައްދަނީ ފެންނަމުން އަދި ހައްލުހޯދައި ރައްޔިތުންނައް މުޅިންވެސް ފަސޭހަކޮއްދެމުން ޝުކުރިއްޔާ ރައީސް.
ސަލާހުއްދީން އައްޔޫބީ
09 September 2025
ރައީސް ޑރ.މުއިއްޒުގެ މޮޅު އިންސާފުވެރި ނިންމުމެއް! ކައުންސިލްތަކުން އާންމު ރޭޓުން ފައިސާ ދައްކާކަން ކަށަވަރުކުރުމަކީ މުޅި ގައުމުގައި ޒިންމާދާރުކަމާއި، ހާމަކަން ބޮޑުކަމާއި، ހަމަހަމަ ގޮތެއްގައި އަމަލުކުރުން ކުރިއެރުވުމެވެ. މިކަމުގެ ސަބަބުން ކައުންސިލްތަކުން ވަސީލަތްތައް ބުއްދިވެރިކަމާއެކު ބެލެހެއްޓުމަށް ހިތްވަރު ލިބިގެންދާއިރު، އަދިވެސް އަޅުގަނޑުމެންގެ މަގުތަކާއި އާންމު ތަންތަން އަލިކޮށް ރައްކާތެރިކޮށް ބެހެއްޓޭނެ.
މަ ބުނީ
09 September 2025
ސްޓެލްކޯ ނުވަތަ އެމްޑީގެ ބޭނުމެއްނެތެންނުންތޯ ! ކަރަންޓު ވާހަކަވެސް މިޖެހެނީ ރައީސްވިދާޅުވާން ؟؟؟؟؟.