މަޖިލީހުގެ ޖަލްސާއެއްގައި ފަލާހު ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް
13 ސެޕްޓެމްބަރ 2025 - 12:48
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ކޮމިޝަންގެ ބިލުގައި، އާއްމުންގެ ސޯޝަލް މީޑިއާ އެކައުންޓުތައް ބަންދުވާ ގޮތެއް ނެތް ކަމަށް، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު، އަބްދުލް ހަންނާނު ހުށަހަޅުއްވާފައިވާ އެ ބިލު ފާސްވިއަސް، ފޭސްބުކާއި ޓިކްޓޮކް އަދި ޓްވިޓާ އެކައުންޓުތައް ބަންދުވާ ގޮތަކަށް ނެތް ކަމަށެވެ.
އެހެންވެ، "ގަދައަށް ސޯޝަލް މީޑީއާ ބޭނުންކުރަންވީ" ކަމަށް ފަލާހު ވިދާޅުވި އެވެ.
ލޮބުވެތި ޒުވާނުން އަދި ރައްޔިތުން
— Ibrahim Falah (@IbrahimFalahR) September 13, 2025
މިހާރު ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެމްބަރ ޢަބްދުލް ހަންނާން.
ހުށައަޅާފައިވާ މީޑިއާ ބިލުގައި. ސޯޝަލް މީޑިއާތައް ރެގިއުލޭޓްކޮށް. ފޭސްބްކާއި ޓިކްޓޮކް އަދި ޓްވިޓަރ އެކައުންޓްތައް. މިބިލް ރައްޔިތުންގެ މަޖިލީހުން
މިސާލަކަށް ފާސްވިއަސް…
އެހެން ވިދާޅުވިއަސް، އެ ބިލުގައި މީޑިއާ ކަމަށް ބަލާފައިވަނީ ޓީވީ، ރޭޑިއޯ، އިންޓަރެކްޓިވް ސީޑީއަށާއި ވެބްސައިޓް، ދުވަހު ނޫސްތަކަށާއި ހަފުތާ ނޫސްތައް، މަޖައްލާތަކާއި ޓްރޭޑު ޕަބްލިކޭޝަންތަކާއި އެނޫން ވެސް ނަން ނަމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެންނާއި ރަޖިސްޓްރީނުކޮށް މައުލޫމާތާއި ހަބަރާއި ހިޔާލާއި އިޝްތިހާރު އާއްމުކޮށް ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ އަގަކާ ނުލާ ލިބޭ ގޮތަށް ޗާޕުކޮށްގެންނާއި އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއުކުރެވޭ ޝާއިއުކުރުންތަކަށެވެ.
އޭގެ އިތުރުން، އެ ބިލުގައި ނޫހާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާއަށް ވެސް، އެ މީޑިއާއާ ގުޅޭ ނިސްބަތަކަށް ހިނގާނެ ކަމަށް ބުނެފައިވެ އެވެ. އަދި ނޫސްވެރިންނާ ގުޅޭގޮތުން ބިލުގައި ބަޔާންކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާގައި މަސައްކަތްކުރާ މީހުންނަށް، އެ މީހުންނާ ގުޅޭގޮތުން ހިނގާނެ ކަމަށެވެ.
އެ މާއްދާ އިތުރަށް ތަފްސީލު ކޮށްދެއްވަމުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވެފައިވާ ގޮތުގައި، ޑިޖިޓަލް ސްޓޯރޭޖް މީޑިއާއަކީ ޑިޖިޓަލް ފައިލްތަކާއި ޑޮކިއުމެންޓްތަކާއި ފޮޓޯތަކާއި ވީޑިއޯތަކާއި ސޮފްޓްވެއާތަކާއި ސިސްޓަމް ޑޭޓާތައް ރައްކާ ކުރުމަށް ބޭނުންކުރާ ވަސީލަތްތައް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނާޑުވާ
15 September 2025
މި ސަރުކާރުން ތަޢުލީމެއް ނެތް މީހުން މަތީމަޤާމްތަކަށް ލާ ފަލާހް މެންކަހަލަ މީހުންނަށް ޕީޖީ ލީޑަރުކަން ދިނީ ސަބަބެއް ނެތިއެއް ނޫނެވެ. ނޭފަތު ކުރިޔަށް ވުރެ ދުރަށް ވިސްނާކަށް ނޭނގޭނެ. އެހެންވީމަ ކޮންޓްރޯލް ކުރަން ފަސޭހަވާނެ. ދެރައީ މިމީހުންނަށް އެކްސް ކަހަލަ ޕްލެޓްފޯމް ބޭނުންކުރަން ހުއްދަ އޮތީމަ. ނޫންނަމަ ލައްކަ ގިނަ ފަލީހަތުން ސަލާމަތްވީސް.
އިސްމާލި
14 September 2025
އެ ބުނާހެން ސޯސަލް މީޑިއާ އެކައުންޓު ބަންދެއް ނުވާނެއެވެ. އެއީ ސަރުކާރަށް ކުރެވޭނެ ކަމެއްވެސް ނޫނެވެ. ނަމަވެސް އެކައުންޓުގެ ވެރިފަރާތް ހުރަގެއަށްލައި ބރނ ހަން ނެގިދާނެއެވެ. އެކައުންޓުން ކުރާ ކަމަކީ ކެޓް މީމްސް ޝެއަރ ކުރުން ކަމުގައި ވާ ނަމަ މައްސަލައެއް ނެތެވެ.
ރާވެރިބެ
14 September 2025
ފަލާހު ބުންޏަސް ނުބުންޏަސް ސޯޝަލް މީޑިއާ ދިވެހި ސަރުކާރަށް ބަންދު ނުކުރެވޭނެކަން އެންމެނަށް އެގޭ. ކުރަން އުޅޭ އަދި ސަރުކާރަށް ކުރެވޭނެ ކަމަކީ ސޯޝަލް މީޑިއާގަ ސަރުކާރާ ދެކޮޅަށް އަޑު އުފުލާ މީހުންނަށް އަދަބު ދިނުން. އެގޮތަށް އަދަބު ދިނަސް ފާޑި ކިޔުން ނުހުއްޓުވޭނެ. ބާޒާރުގައާއި ޓެކްސީ ތަކުގަ އާއި ހޮޅުއަށި ތަކުގައާއި އެތަންމިތާ ސަރުކާރަށް ފާޑުކިޔާ މީހުން ކިޔާނެ.
ާއުނިމާ
14 September 2025
ފަލާހުކައިރީ އަހާބަލަ ފަލާހު ސޯޝަލް މީޑިޔާ މާނަކުރަނީ ކިހިނެއްތޯ؟
އިސްމާލި
14 September 2025
ފަލާހު ބުނީ ސޯޝަލް މީޑިއާ އެއް ނޫނޯ. ސޯސަލް މީޑިއާ ޔޯ!
ފަލާހު ބްރޯ
14 September 2025
ބިލުގައި އޮތް އެއްޗެއް އެންމެ ރަނގަޅަށް އެނގޭނީ ހަންނާނަކަށް ނޫންތަ؟ އޭނާ ބުނީ ( އޮން ރެކޯޑް) ބިލް މަސައްކަތްކުރީ ޓީމަކުންނޭ. އޭގައި މަޖްލިސް ނައިބު ރައީސް ހިމެނޭ ކަމަށް ބުނި. މަޖްލިސް ނައިބު ރައީސް ވިދާޅުވީ ސޯޝަލް މީޑިއާ ހިމެނޭކަމަށް. ދެނޯ
ނުވިސްނޭ އަލީ
14 September 2025
މަަށަކަށް ނޭންގެ މިމީހުން މިހާ ފުއްޕާފަ މިއުޅެނީ ކީއްވެގެން ކަމެއް. ރައްޔިތުންނާ މީޑިއާ އަދި އެނޫނަސް އެހެން އެންމެންނާ ޖެހިގަނެގެން. ރައީސް މުއިއްޒު މިހެން އުޅުއްވާ ތަނެއް ނުފެނޭ. ހިޔެތް ނުވޭ އެއީ ރައީސްގެ މިޒާޖުހެންވެސް. ދެން މި ބުރަނދަތައް މިވާ ބޮޑަލެއް ނުވިސްނޭ
ދިހާމް ހުސައިން
14 September 2025
މީޑިޔާ ރެގިއުލޭޓް ކުރަން ޖެހޭ. ބަޔަކު ކޮންމެ ވާޙަކައެއް ދެއްކި ކަމުގަައި ވިޔަސް.
އަހްލަމް މުހައްމަދު
14 September 2025
ސިޔާސީ މީހުންނޭ ކިޔާފަ ތިބި އެކްޓިވިސްޓުން. އެމްޑީޕީގެ
ލިހާޒް މުހުސިން
14 September 2025
ބިލް ދިރާސާ ކޮށްފިން. ބަޔަކު މުޒާހަރާ ކުރާ ވަރެއް ނޫން. މާކަ ބޮޑު ކަމެއް އޮތް ބިލެއްވެސް ނޫން މިއީ.
ނުހާދު މުހައްމަދު
14 September 2025
ފަލާހް ބުންޔަސް މިއީ ތެދެއް. މަވެސް ކިޔާލިން ބިލް.