އިބްރާހިމް ފަލާހު: ނޫސްވެރިން މަރަން ގޮވުމުން، ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުން.
27 އޯގަސްޓް 2025 - 22:38
ނޫސްވެރިން ލާންވީ ޖަލަށް ނޫން ކަމަށާއި އެ މީހުން "އުލުބައިންދަންވީ" ކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ އަށް ފާޑުކިޔައި "ހޫނުފެނަށް" ވައްޓާލައިފި އެވެ.
މި އަހަރުގެ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" ގެ ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ އެއީ މުހިއްމު ބިލެއް ކަމަށާއި މިއީ މީޑިއާގައި މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ހުރަހެއް އޮތް ބިލެއް ނޫން ކަމަށެެވެ.
"މި ބިލަކުން މީޑިއާގައި މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ހުރަހެއް އޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން އަދި. އެއްވެސް ފަރާތަކަށް ނުހައްގުން އަދަބެއް ދެވޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
ފަލާހު ވިދާޅުވި ގޮތުގައި ބިލަށް އިސްލާހެއް ގެންނަން ބޭނުން ނަމަ ކޮމިޓީ މަރުހަލާގައި މަޝްވަރާ ކުރެވިދާނެ އެވެ.
މީޑިއާގެ ސަބަބުން ވަރަށް ނިކަމެތި ކަމެއް ލިބުނު ކަމަށް ވިދާޅުވެ ފަލާހު ވަނީ އޭނާއަކީ "އެއްޖިންސުން ގުޅުން ހިންގާ" ބޭފުޅެއް ކަމަށް މީޑިއާގައި ފަތުރާފައިވާ ކަމަށާއި އޭގެ ސަބަބުން އާއިލާ އަށް ވެސް އޭގެ އަސަރުކުރި ކަމަށެވެ.
އެފަދަ ކަންކަން ކުރާ ނަމަ ނޫސްވެރިން ޖަލަށް ލުމުގެ ބަދަލުގައި "އުލުބައިންދަންވީ" ކަމަށް އޭނާ މަޖިލީހުގެ ތަޅުމުގައި ތަކުރާރުކޮށް މިއަދު ވިދާޅުވި އެވެ.
"މި ލެވެލްގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން ލާންވީ. އުލުބައިންދަންވީ. އުލުބައިންދަންވީ އިނގޭތޯ ރައީސް. ސީދާ އުލުބައިންދަންވީ އެ ގޮތަށް މަސައްކަތްކުރާ ބޭފުޅުން،" ފަލާހު ވިދާޅުވި އެވެ. ނަމަވެސް ފަލާހު އެ ވިދާޅުވާ ވީޑިއޯގެ ވާހަކަ ފެތުރީ ސޯޝަލް މީޑިއާގަ އެވެ.
ރަދީފުގައިވާ ގޮތުން އުލުބޭންދުމަކީ އިހުޒަމާނުގައި މީހުން މަރަން ހަދާ ގޮތެކެވެ.
ނޫސްވެރިންނަށް ނިސްބަތްކޮށް އެފަދަ ގޮތަކަށް ފަލާހު ވާހަކަ ދެއްކެވި މައްސަލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށް ބުނީ މީޑިއާއަށް އަނިޔާކޮށް މަރުގެ އަދަބު ދޭން ޖެހޭ ކަމަށް ގޮވާލުމަކީ ނޫސްވެރިންނާއި މީޑިއާތަކަށް ބިރު ދައްކައި އެ މީހުންގެ މައްޗަށް އަނިޔާވެރިވުމަށް ހިތްވަރުދޭ ގޮތަށް ދެއްކެވި ވާހަކަތަކެއް ކަމަށް ދެކޭ ކަމަށެވެ.
މަޖިލީހުގެ ތަޅުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ބައެއްގެ މައްޗަށް އަނިޔާވެރިވުމަށް ފަލާހު ގޮވާލެއްވި މައްސަލާގައި ޕީއެންސީން އޭނާއާ މެދު އަހުލާގީ ފިޔަވަޅު އެޅުމަށް އެމްޖޭއޭ އިން ގޮވާލި އެވެ. އަދި އާންމުކޮށް އެނގޭނެހެން އެ ވާހަކަތަކަށް މާފަށް އެދުމަށް ވެސް އިލްތިމާސް ކުރި އެވެ.
MJA Condemns Majority Leader Falah’s Call to ‘Impale’ Journalists
— Maldives Journalists Association (@mjamaldives) August 27, 2025
MJA unequivocally condemns the threatening and inciteful statements made today by Parliamentary Majority Leader Ibrahim Falah on the floor of Parliament.
During the debate on the media control bill, Mr. Falah… pic.twitter.com/8QA3smllx7
އެ މައްސަލާގައި އާންމުންނާއި ނޫސްވެރިންގެ ފާޑުކިޔުން ވެސް ފަލާހަށް ވަނީ އަމާޒުވެފަ އެވެ. އަދި އިދިކޮޅު އެމްޑީޕީން ވެސް ވަނީ ފަލާހުގެ ވާހަކަތައް ކުށްވެރިކޮށް ބަޔާން ނެރެފަ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މެމްބަރުން ވަނީ ފަލާހުގެ ވާހަކަތައް ކުށްވެރިކޮށް ނޫސްވެރިންގެ ކިބައިން އޭނާ މާފަށް އެދުމަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޭނގުނު
28 August 2025
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކީއްވެތޯ މިފަހަރު ނޫސްވެރިންނަށް ހަޖަމުނުވީ؟ ފަލާހު ބުނިއެއްޗެއް ބުނެފަ އޮތީ ވަކި ކަމަކަށް ނިސްބަތްކޮށް. ކޮންމެ ނޫސްވެރިއަކަށް މަރުގެ އަދަބު ދޭކަށް ނުބުނެ. އޭނާ އެ ބުނީ މީހުންގެ އަބުރާ އިއްޒަތް ނަގާލާ މީހުންނަށް އޭނާ ދެކޭ ގޮތުގައި ހަދަންވީ ގޮތުގެ ވާހަކަ. ކޮބައިހޭ އޭނާގެ ދެކޭ ގޮތް ހާމަކުރުމުގެ މައްސަލައެއް.
ޥަލަމް
29 August 2025
ބަލަ އަބުރާ އިއްޒަޔް ނަގާލީމަ ކޯޓަށް ދެވޭނެ. މީހުން މަރާކަށް ނުގޮވޭނެ.
ރާވެރިބެ
28 August 2025
ނަފްސާނީ ބަލީގެ އަލާމާތް! ބުއްްދި ސަލާމަތުން ހުރުމަކީ މަޖްލިސް މެމްބަރުންގެ ޝަރުތެއް. ދާއިރާގެ ރައްޔިތުން ވިސްނަވާނެ ކަމަށް ހީކުރަން.
ކޮތަރު
28 August 2025
ކޮމެންޓްތަކުން ބަޔަކު، "ޢިއްޒަތްތެރި" މެންބަރު އޭނާބުނި އެއްޗެއް ބުނީ، ބުނި އެތީގެ އަސްލު މާނަ ނޭނގޭތީއޭ ކިޔައިގެން ދިފާޢުކުރަން އުޅޭ އުޅުމަށް ބުނެލަމެވެ! ފުރަތަމަ ކަމަކަށް ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމާއި، ސަރުކާރުހިންގާ ޕާޓީގެ ސުޕަރ މެޖޯރިޓީގެ ގްރޫޕް ލީޑަރކަމުގައި ހުރި މީހަކަށް އެ ވަރު ނޭގޭނެކަމަށް ކުޑަކުއްޖަކުވެސް ގަބޫލުނުކުރާނެ އެވެ. ތިޔަ އުޅެނީ، ގަސްދުގައި ބަޔަކު ބަޑިޖަހާ މެރި މީހަކަށް އެމީހަކު ސަލާމަތްކުރަން ޔަހޫދީ ވިސްނުމުގެ މީހުން، ބަޑިޖެހި މީހާއަކީ، ސިކުނޑި ހަމަނުޖެހޭ މީހެކޭ ކިޔައިގެން އެމީހަކު ޝަރީއަތުން ބޮޑު ހުކުމެއް އަޔަނުދީ ސަލާމަތް ކުރާގޮތަށެވެ!
ކޮންޓްރޯލު
28 August 2025
ނޫސްވެރިންނާ ނޫސްވެރިކަން ކޮންޓްރޯލްކުރާ ބިލުގެ ކުރީގައި އެބަޖެހޭ ނޫންތޯ މަޖިލިސް މެންބަރުންނާއި އެމީހުންގެ ދޫ ކޮންޓްރޯލުކުރާ ބިލެއް ފާސްކުރަން. ހަހަހ
™007
28 August 2025
މިގޮތަށް ދައްކާ ވާހަކަތަކުން އަސްލު ހިތްތަކުގައި ހުރި "އަނިޔާވެރިކަން" ހާމަވޭ
ބަދަބީ
28 August 2025
ރައްޔިތުން ނޫސްވެރިންދެކެ ތިބެނީ ފޫހިވެފަ، ސަބަބަކީ އެއިރެއްގަ އޮންނަ ވެރިޔަކަށް ވިކިގެން ތިބޭތީ. އިއްޔެގެ މުޒާހަރާގައި ގިނަ ފަރާތްތަކުން ބައިވެރި ނުވި ސަބަބަކީވެސް މީ. ނޫސްވެރިން އަބަދުވެސް ސަރުކާރު ނަގާ ސްޓޭންޑަކަށް ސަނާކިޔަން ތިބޭނީ. އަންލެސް އެ ސްޓޭންޑް އަކީ ނޫސްވެރި ކަމާ ގުޅުން ހުރި ކަމެއް ވިއްޔާ. އެކަމު މާ ބޮޑު ކަމެއް ނޫން ތީކީ 2028 ގަ މުއީޒު ވެރިކަމުން ފައިބާ އިރަށް ދެން އަންނަ ބަޔަކު އެމީހުން ބޭނުން ގޮތަކަށް ތިޔަ ގާނޫނު ބަދަލު ކުރާނެ
ޙެޕީ ހެޕަި
28 August 2025
މިފަދަ ބަސްތައް އާންމުކޮށް ބޭރުވާނީ އެއްވެސް އިލްމެއް ހިލްމެއް ތަންދޮރު ނުދަންނަ .... .. ކަންކަމައް ޤާބިލް ނޫންމީހުން ތަންތަނަށްް އަައްޔަނުކޮށް ތިިމާއަށްވުރެ ބޮޑެތި މަޤާމްތައް ހަވާލްކުރުމުން
ހާސަރު
28 August 2025
މިފެންވަރު މީހުން އެފަދަ މަގާމުތަކަށް ލާފަ އެތިބީ މިބޭނުމުގައޭ. މިފެންނަނީ ޕީއެންސީ ޕާރލަމެންޓަރީ ގްރޫޕްގެ އަސްލު ސިފަ. ދެންތިބި މީހުން ތާއިދު ނުކުރާނަމަ އޭނާ ލީޑަރަކަށް ނުހުންނާނެ.
ޝި،މްލާ
28 August 2025
މިޖީލު މިތިބަ ހިސާބުފެނޭތަ؟ ނޫސްވެރިންނޭ! ސިޔާސީ އިއްޒަތްތެރިންނޭ! އިހުތިރާމު ލިބޭނީ އިހުތިރާމުކޮށްގެން، ތިޔަ ދައްކާ މައްޒަރާއި ކުރާ ނޫސްވެރިކަމުން މިއަދުގެ ޖީލުގެ ގައުމީ އެއްބައިވަންތަކަން އުފައްދަބަލަ، އެއްބަޔަކު އަނެއްބަޔަކަށް ޚިޔާލު ތަފާތުވިޔަސް އިހުތިރާމާއި ޤަދަރާއި އޮންނަންވާނެ އަޚުވަންތަ ދިވެހިންކަން ދަސްވާނެ ގޮތަކަށް ތިކަންތައް ކޮއްބަލަ!
ބަލަގަ
28 August 2025
އަދިވެސް ފަލާހުތަ ގޯސްވާންވީ. އޭނާއާއި މެދު ސާބިތު ނުހިފޭ ވާހަކަ ދެއްކި އެއްވެސް ފަރާތަކަށް ފިޔަވަޅެއް ނޭޅުމަކީ މައްސަލައެއް.
ކަރީމު
28 August 2025
ނޫސްވެރިންވެސް އެބަޖެހޭ ރައްޔިތުންގެ އިހުތިރާމާއި އިތުބާރާއި ލޯބި ހޯދަން، ހަމައެކަނި ހައްދެއް ނެތް މިނިވަންކަމަށް އެދި ޖަޒުބާތުގައި ޖެހެމުގެން ކުރިން ވިސްނާލާ، ރަނގަޅު ނޫސްވެރިޔަކު އިތުބާރު ނުހިފޭ ވާހަކައެއް ނުދައްކާނެ، ނުލިޔާނެ. ލިޔާނީ ދައްކާނީ ޖަވާބުދާރީ ވެވޭވަރުގެ ވާހަކަ
ޞިލްމް
28 August 2025
ބަލަ ރައީސް މަރަންޖެހެޔޭ ބުނި މީހާ ހައްޔަރުކޮށްފަ މިމީހާ ކީއްވެ ހައްޔަރު ނުކުރެވެންވީ