މަޖިލީހުގެ ޖަލްސާއެއްގައި ފަލާހު ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް
13 ސެޕްޓެމްބަރ 2025 - 12:48
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ކޮމިޝަންގެ ބިލުގައި، އާއްމުންގެ ސޯޝަލް މީޑިއާ އެކައުންޓުތައް ބަންދުވާ ގޮތެއް ނެތް ކަމަށް، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު، އަބްދުލް ހަންނާނު ހުށަހަޅުއްވާފައިވާ އެ ބިލު ފާސްވިއަސް، ފޭސްބުކާއި ޓިކްޓޮކް އަދި ޓްވިޓާ އެކައުންޓުތައް ބަންދުވާ ގޮތަކަށް ނެތް ކަމަށެވެ.
އެހެންވެ، "ގަދައަށް ސޯޝަލް މީޑީއާ ބޭނުންކުރަންވީ" ކަމަށް ފަލާހު ވިދާޅުވި އެވެ.
ލޮބުވެތި ޒުވާނުން އަދި ރައްޔިތުން
— Ibrahim Falah (@IbrahimFalahR) September 13, 2025
މިހާރު ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެމްބަރ ޢަބްދުލް ހަންނާން.
ހުށައަޅާފައިވާ މީޑިއާ ބިލުގައި. ސޯޝަލް މީޑިއާތައް ރެގިއުލޭޓްކޮށް. ފޭސްބްކާއި ޓިކްޓޮކް އަދި ޓްވިޓަރ އެކައުންޓްތައް. މިބިލް ރައްޔިތުންގެ މަޖިލީހުން
މިސާލަކަށް ފާސްވިއަސް…
އެހެން ވިދާޅުވިއަސް، އެ ބިލުގައި މީޑިއާ ކަމަށް ބަލާފައިވަނީ ޓީވީ، ރޭޑިއޯ، އިންޓަރެކްޓިވް ސީޑީއަށާއި ވެބްސައިޓް، ދުވަހު ނޫސްތަކަށާއި ހަފުތާ ނޫސްތައް، މަޖައްލާތަކާއި ޓްރޭޑު ޕަބްލިކޭޝަންތަކާއި އެނޫން ވެސް ނަން ނަމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެންނާއި ރަޖިސްޓްރީނުކޮށް މައުލޫމާތާއި ހަބަރާއި ހިޔާލާއި އިޝްތިހާރު އާއްމުކޮށް ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ އަގަކާ ނުލާ ލިބޭ ގޮތަށް ޗާޕުކޮށްގެންނާއި އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއުކުރެވޭ ޝާއިއުކުރުންތަކަށެވެ.
އޭގެ އިތުރުން، އެ ބިލުގައި ނޫހާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާއަށް ވެސް، އެ މީޑިއާއާ ގުޅޭ ނިސްބަތަކަށް ހިނގާނެ ކަމަށް ބުނެފައިވެ އެވެ. އަދި ނޫސްވެރިންނާ ގުޅޭގޮތުން ބިލުގައި ބަޔާންކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާގައި މަސައްކަތްކުރާ މީހުންނަށް، އެ މީހުންނާ ގުޅޭގޮތުން ހިނގާނެ ކަމަށެވެ.
އެ މާއްދާ އިތުރަށް ތަފްސީލު ކޮށްދެއްވަމުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވެފައިވާ ގޮތުގައި، ޑިޖިޓަލް ސްޓޯރޭޖް މީޑިއާއަކީ ޑިޖިޓަލް ފައިލްތަކާއި ޑޮކިއުމެންޓްތަކާއި ފޮޓޯތަކާއި ވީޑިއޯތަކާއި ސޮފްޓްވެއާތަކާއި ސިސްޓަމް ޑޭޓާތައް ރައްކާ ކުރުމަށް ބޭނުންކުރާ ވަސީލަތްތައް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޯރުނުދޯރު
13 September 2025
މަޝްވަރާގެ މަތިން ކަންތައްތައް ކުރުމަކީ މަޖިލީހުގެ މޮޓޯ ކަމުގައި ވީހިނދު ޚިޔާލު ތަފާތުވާ ކަންކަމުގައި މަޝްވަރާ ނުކޮށް ތިމާމެންނަށް ފެންނަހާ ގޮތަކަށް އަމަލުކުރުމުން އުފެދޭނީ އަރާރުމާއި ތަޅާފޮޅުން. މީޑިއާއިން ކަންކުރަނީ ވަކި ރަނގަޅަށޭ ބުނަނީއެއް ނޫން. އެކަމަކު މީޑިއާއިން ކަންކުރަމުންދާ ގޮތާއިމެދު ކަމާބެހޭ ފަރާތްތަކުން ފުޅާ ދާއިރާޢެއްގަ މަޝްވަރާކޮށް ހައްލު ހޯދެން އޮއްވަ ހަމައެކަނި މަޖިލީހުގެ ވަކިބަޔަކު ބޭނުންވާގޮތަށް ކަންކުރުމަކީ ހެދޭ ގޯހެއް..
ބޮޑުހަސަންބޭ
13 September 2025
ކަމަކާއިގެން ބިރުން އުޅޭހެން ހާދައެބަހީވެޔޭ. ބަލަ ސޯސަލް މީޑިއާ ބަންދުނުކުރިއަސް ކޮރޮޕްސަން އައިސް ނޭފަތާއިި ހިސާބަށްއަރައިފި. ދެންފެންނާނީ ނުތިބެވިގެން ތެދުވާތަން.
ހަމަތެދެއް
13 September 2025
ދޮންކަލޯ، ހަމަ ތެދެއް ތިހެދީ. އޭގައި ނެތް ސޯޝަލް މީޑިއާ އެކޭ. ޢޭގައި އޮތީ އިންޓަނެޓޭ. ދިވެހިން އިންޓަނެޓު ބޭނުންކުރަނީ ދޮށީގެ މަސްވެރިކަމަށް. ދެންކޮބާ މައްސަލައަކީ.
12321
13 September 2025
ގާނޫނުގެ އޭބީސީ ވެސް ނުދަންނަ މީހަކު ގާނޫނޭ ކިޔައިގެން އަހަރެމެން ރަތްޔިތުންނާ ކުޅެން އުޅޭނެކަމެއްނެތް، އަހަރެމެން ކުރަންކުރަންވީކަންތައް އަހަރެމެނައް އެނގޭ، އަހަރެމެން އޮޅުވައެއްވެސްނުކެވޭނެ، ތި އަކައް، އަނގަ މަޑުކޮއްގެން ހުރެވޭތޯބަލާ، އިތުރައް ބޭޒާރުވުންނޫންކަމެއްނުވާނެ
މަ ބުނީ
13 September 2025
މަ ބުނީ މާވަޑިއާގެ ނޮލަޖެކީ އުއި ޖެހުމެވެ.
ޗ×
13 September 2025
ވަޑިން ހަދާ ގާނޫނު އޮންނާނީ ހުންގާނު ދޫންޏެއްހެން. އޮޅުވާލަން ނޫޅުއްވާ.
ޑެބީ
13 September 2025
ފަލާހް ހާދަ ހާސްވީ. އަބަދު ގަދަބަސް ބުނެގެން ސަލާމަތެއްނެތްކަން ވިސްނުނީއުތަ؟ ނޭޕާލް މިސާލަކަަަަށް ނަގައިގެން ދެންވެސް މަޑުންހުރުން ބުއްދިވެރީ
ރަމަ
13 September 2025
ސޯޝަލް މީޑިއާ ބަންދުނުކުރާނެ އެކަމަކު އެގެންޖެހޭ ކަމަކީ ތިމާ ސޯޝަލް މީޑިއާގެ އެއްވެސް ވަޞީލަތެއް ބޭނުންކޮށްގެން ޖަހަން ބޭނުންވާ ސިޔާސީ ޕޯސްޓެއް ނުވަތަ ސަރުކާރާ ގުޅުންހުރި ޕޯސްޓެއް ލިޔެ ޖަހައިފިނަމަ ސަރުކާރުން އެއެކައުންޓެއް ބްލޮކްކޮށް ފިޔަވަޅުއަޅާ ޖުރިމައިނާކޮށް ބަންދު ކުރެވޭގޮތަށް އަދި މީޑިއާ ރެގިއުލޭޓްކުރާ ބިލްގައިއޮތީ! އެހެންކަމުން ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ވަރަށްބޮޑަށް ހަނިވެގެންދާނެ! ބިލްފާސްވުމާއިއެކު އަގަ ބަންދުވާނެ!
ބުހުތާނު
13 September 2025
ފުރަތަ ފެށުނީވެސް އޮޅުވާލުމުން، ސަރުކާރުގެ ވިސްނުމާ ހިޔާލާ ފިކުރިއްޔާތަށް ލ ސަރުކާރުގެ ފަރާތުން ބިލު ޑްރާފްޓްކޮށް ސަރުކާރުގެ ބެކިންއާއެކު މަޖިލީހަށް ހުށަހަޅާ ބަލައިގަނެ ފާސްކުރަން ހިފާފަ ހުރެ، މި ބުނަނީ އަމިއްލަ މެމްބަރަކު ހުށަހެޅިއޭ. ކޮންކަމެއް އޮޅުވާ ނުލާނީ. ދޮގާއި މަކަރާއި ހީލަތާއި ފަސާދަ ނޫންކަމެއް ނެތެވެ. ވެރިކަމަށް އައީ މިމަގުންނެވެ. ކައްޗަށް އެޅިބިންގާ ...... ދާނީ ކައްޗަށެވެ.
ދެ ގައުމަކުން މިސާލުފެނިފަ ހުންނާނީ
13 September 2025
ފަލާހް މިއަދު ބާރުއޮންނާނެ ކަމަށް ހީކޮށް ޅައެއްޗެހި ނާޅާތި.