އެޓާނީ ޖެނެރަލްގެ އޮފީހަށް 75 އަހަރު ފުރުމުގެ ހަފުލާގައި އެ އޮފީހުގެ ތާރީހީ ފޮތް ރައީސް މުއިއްޒު މިރޭ ނެރެދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
13 ސެޕްޓެމްބަރ 2025 - 23:05
އެޓާނީ ޖެނެރަލްގެ އޮފީހުގެ މަސަައްކަތް ހަރުދަނާކުރަން އެންމެ މުހިއްމު މަސައްކަތެއް ކުރީ މި އަހަރު ކަމަށް ވިދާޅުވެ، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެ އޮފީހުގެ ގާނޫނަށް މިރޭ ތައުރީފުކުރައްވައިފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހަށް 75 އަހަރު ފުރުން ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި އުޝާމް ވިދާޅުވީ އަލަށް ފާސްކޮށް އަމަލުކުރަން ފެށި، "ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު"ގެ ސަބަބުން، އެ އޮފީހުގެ މަަސައްކަތްތައް ވަކި އަތަކަށް ނުޖެހި ކުރުމަށް ބާރުއަޅާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
އެ ގާނޫނު ހަދަން، 2009 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރި ނަމަވެސް މި އަހަރާ ޖެހެންދެން އެ ކަން އޮތީ ކާމިޔާބު ނުވެފައި ކަން އޭޖީ ފާހަގަކުރެއްވި އެވެ.
"ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނުގެ ސަބަބުން. ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތައް ވަކި އަތަކަށް ނުޖެހި، ނުފޫޒުތަކުން އެއްކިބާވެ، ހަމަ އެކަނި ގާނޫނުއަސާސީ އަށާއި ގާނޫނަށް ތަބާވެގެން ކުރުމަށް ޓަކައި ބާރުއަޅާ މިންވަރު އެތައް ގުނައަކަށް އިތުރުވެގެންދާނެ،" އުޝާމް ވިދާޅުވި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ހަފުލާގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިރޭ ވާހަކަދައްކަވަނީ. ފޮޓޯ: އޭޖީ އޮފީސް
ބަންޑާރަނައިބު އޮފީހުގެ ގާނޫނަށް އަމަލުކުރަން ފެށުމުން އެ އޮފީހަށް އިންގިލާބީ ބަދަލުތަކެއް އައިސް، އެ އޮފީހުގެ މުވައްޒަފުންނަށް ހައްގު އެތައް މަންފާއެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ގާނޫނު ހެދުމަށް ޓަކައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައި، އެ ގާނޫނު ހަދަން ކުރެއްވި މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިހުލާސްތެރިކަން ދޭހަވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގައި ވަކި އޮފީހެއްގެ ގޮތުގައި އެޓާނީ ޖެނެރަލްގެ އޮފީސް އުފެއްދި ފަހުން މިވީ 75 އަހަރު ތެރޭގައި އެޓާނީ ޖެނެރަލްކަން ކުރެއްވި ހުރިހާ ބޭފުޅުންގެ މަސައްކަތް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ވެސް އޭޖީ ޝުކުރުއަދާކުރެއްވި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހަށް 75 އަހަރު ފުރުމުގެ ހަފުލާގައި ރައީސް މުއިއްޒު މިރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"ބަންޑާރަނައިބުގެ އޮފީސް މިއަދު ހުރި މަގާމަށް އައުމަށް ޓަކައި ތިޔަ އެންމެހާ ބޭފުޅުން (ކުރީގެ ބަންޑާރަނައިބުން) ކުރެއްވި ބުރަ މަސައްކަތް މިއަދު އަޅުގަނޑަށް އިހުސާސްކުރެވޭ،" އުޝާމް ވިދާޅުވި އެވެ.
އޭޖީ އޮފީހަށް މިވީ 75 އަހަރުގެ ތެރޭގެ ތެރެއިން ދިގު މުއްދަތެއްގައި އެ އޮފީހަށް ހިދުމަތްކުރެއްވި ބޭފުޅުންނަށް އެކަން ފާހަގަކޮށް މިރޭގެ ޖަލްސާގައި ހަނދާނީ ފިލާ އެރުވި އެވެ.
ރާއްޖޭގައި ވަކި މުއައްސަސާއެއްގެ ގޮތުގައި އެޓާނީ ޖެނެރަލް އޮފީސް އުފެއްދީ 1950 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝާހިދާ އަދުނާން
14 September 2025
ނުވާނެ ތިކަމެއް.
ލީގަލް
14 September 2025
ނުފޫޒެއް ނެތި މަސައްކަތް ކުރަނީ ބިލުތޯ؟
ރަދީފްއޮފިޝަލް / ޒޯން ބަދަލުނުވޭ
14 September 2025
ދެން ކޮންމެ އޮފޯހެއްގެ އުފަންދުވަސް ފާހަނގަކުރަން ޖެހޭތަ؟؟ ސައިކަލެއްގެ ޒޯން ބަދަލުކުރަން ޓްރާންސްޕޯޓް މިނިސްޓްރީއަށް ލައިގެން އުޅޭތާ މަހެއް ވަނީ.އަދިވެސް ނުނިމޭ.މިހާ ސިމްޕަލް ކަމެއް ނިންމަން 30 ދުވަސް އެއީ ބޮޑުވަރު.ގައިމު އެތަނުގަ ތިބޭނެ މޭކަޕްކޮށްލައިގެން ކަނބަލުން ފޯނާ ކުޅެން.މިމީހުންގެ މުސާރައިން 1ރުފިޔާ އުނިކޮށްބަލަ ، ފުންމައިގެން އަންނާނެ.ވ.ވެދުން
ފޫހި
14 September 2025
މުއިޒުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މި އިވެންޓުވެސް މި ބޭއްވީ ބާސެލޯ ނަސަންދުރާގަ ކިހާވަރެއް(ރުފިޔާ) ބޮލަކައް ދައްކައިގެންތޯ ތި ތާގަ ތި ޖަލްސާބޭއްވީ . ސަރުކާރުގެ އިމާރާތް ހުއްޓާ ( ސޯސަލްސެންޓާ، ދަރުބާރުގެ ، ހުރިހާ ސުކޫލްތަކުގެ ހޯލް) މީ ދެން ބޮޑުވަރު ކަންދެއްކިޔަސް . ރައްޔިތުން ހަނާވަނީ އަނގަޔާ އަތާދިމާނުވެގެން
އަލިލާ
14 September 2025
ކޮޑަކޮށް އޯކޭހެން ހީވާ މީހުންވެސް މާގާމާ އެއްޗެހި ލިބުނީމަ ދާ ހިސާބު ފެނި މަށަށް ވާ ގޮތް އިނގޭތަ؟ މަ ވަނީ އާޝޯޚް
ދޮންހުސޭނު
14 September 2025
ނުފޫޒު ނުދަންނަ ބަންޑާރަ ނައިބު ނުފޫޒެއް ނެތި ނުފޫޒެއް ނުފޯރުވާކަން ފާއިތުވެ ދިޔަ ދުވަސްތަކާއި މިހާރު ހިނގަމުންދާ ނޫސްވެރިންގެ ކަންކަމުން ވެސް ވަރަށް ސާފުކޮށް ދޭހަވޭތާއެވެ. ގާނޫނެއްގެ ކުރިން ނުފޫޒަކީ ކޯޗެއްކަން ކޮންމެވެސް ބަޔަކު އެމަނިކުފާނަށް ދަސްކޮށްދޭންޖެހޭކަށް ނިކަމެތި އަޣުގަނޑު ދެކެމެވެ.
ކިމް
14 September 2025
އެ ނެތަސް ކުރެވޭނޫންތަ ޤާނޫނުއަސާސީން
ކޮރަޕްޓް ގާޒީން
13 September 2025
ގާނޫނެއް ނެތިގެންތަ މި ޤައުމުގައި ގާޒީންނާއި ލޯޔަރުން ކޮރަޕްޓްވަނީ. ފުރަތަމަ އޮތް އިލާހީ ޤާނޫނު ގައި އޮތް އުޤޫބާތު ނޭންގިގެންތަ ތިވައްތަރަށް އުޅެނީ. އިހުލާސްތެރިކަމުގެ ޒައްރެއްވެސް ނެތީ.