ފްލެޓް އެއްބަސްވުމުގައި ސޮއިކުރަނީ: 588 މީހަކު ފްލެޓަށް ސެކިއުރިޓީ ޑެޕޮސިޓް ވަނީ ދައްކާފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
14 ސެޕްޓެމްބަރ 2025 - 11:11
ގެދޮރުވެރިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް މިހާތަނަށް 588 މީހަކު ދައްކާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓު ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް "މިހާރު" އަށް ވިދާޅުވީ މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 588 މީހަކު ފްލެޓްގެ ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ކަމަށެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ވަކިވަކިން ކުރިއަށް ގެންދާ އެ ދެ މަޝްރޫއުގައި ހިމެނެނީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައިވަނީ 15،000ރ. އެވެ.
ތިން ކޮޓަރީގެ ތަންތަން ދޫކުރަން ނިންމާފައިވަނީ 9،500ރ. އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. އެވެ.
ސަރުކާރުން ފްލެޓް އެއްބަސްވުމުގައި ސޮއިކުރަމުން އަންނަނީ، ފްލެޓްތައް ނިމިފައިވާ ތަރުތީބުންނެވެ. އެފްޑީސީގެ އެންމެ ފަހުގެ ހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް ގާތްގަަނޑަކަށް 3،000 މީހުންނާ އެކު ވަނީ ސޮއިކޮށް ނިމިފަ އެވެ.
ފްލެޓް އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ މީހުންނަށް އެފްޑީސީން ފޮނުވަމުންދާ މެސެޖުގައި ވަނީ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޔުނިޓް ހަވާލުކުރުމުގެ ކުރިން ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް އެފްޑީސީގެ ޕޯޓަލުން މިހާރު ދެއްކޭނެ ކަމަށެވެ.
ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ. ފްލެޓް ލިބޭ މީހުންގެ ޔުނިޓް ހަވާލުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދަނީ ޕޯޓަލް މެދުވެރިކޮށެވެ.
ހަމްދާން ވިދާޅުވި ގޮތުގައި ފްލެޓްގެ ތަޅުދަނޑި ހަވާލުކުރުމަށް މިހާތަނަށް ތާވަލް ކޮށްފައި ވަނީ އެންމެ މީހަކާ އެކު އެވެ.
ތަޅުދަނޑިއާ ހަވާލުވުމަށް ދާން ގަޑިއެއް ތާވަލުކޮށް އެސްއެމްއެސްއަކުން އަންގާނެ ކަމަށާއި އެ ޕްރޮސެސް ހިނގާ ގޮތް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް ވެސް އެފްޑީސީން ބުނެފައިވެ އެވެ.
އެ ސްކީމުގެ ދަށުން އިމާރާތް ކޮށްފައިވާ 17-18 ބުރީގެ 32 ޓަވަރުގައި 4،000 ފްލެޓްތަކުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2025
14 September 2025
ތި ފުލެޓްތަކާ އެއްޗެއްތި ދީގެން މިމާލެއިން ކުއްޔެއް ކުޑަނުވޭ މީހުން މަދުނުވޭ ހައްތާވީ ބޮޑު މީހުންވީ ގިނަ..... ބޮއިހަލަކި
އޮނަރަބްލް ކުރުސީ
14 September 2025
މި 4000 ފުލެޓުގެ ހައްގުވެރީންނަށް ކުރީގެ އެމްޑީޕީ ސަރުކާރުން އޮތީ ސެކިއުރިޓީ ޑިޕޮސިޓް ދައްކަން ނުޖެހޭ ގޮތަށް އޯގާތެރިކޮށް . އަސާސީ ބޯހިޔާވަހިކަމުން މަހުރޫމް ވެފައި ތިބި ބައެއްގެ އަތުން ސެކިއުޓީ ޑެޕޮސިޓު ނެގުމަކީ ގެސްޓު ހައުސް ކޮޓަރި ކުއްޔަށް ދޫކުރާ ސިޔާސަތެއް . އެމްޑީޕީ ސަރުކާރެއްގައި މި ޑެޕޮސިޓީ އަންބުރާ ލިބޭނެކަމަށް އުންމީދު ކުރަން .
ސަރުކާރު ޑިޕޮސިޓް
14 September 2025
ޑިޕޮސިޓޭ އޭއްޗެއްކޭ މީއްޗެކޭ ކިޔާފައި ކަމަކާ ނުލާ އާންމު ރައްޔިތުންގެ އަތުން އެހާ އަވަހަށް 14 މިލިއަން ދައުލަތުން އަތުލީ ދެއްތޯ!؟ ދެ ފަރުދުންގެ ކޮންޓްރެކްޓެއް ނޫން ވިއްޔާ މީ އިތުބާރު ޔަގީންކުރާކަށް...
އޯގާ
14 September 2025
ހިޔާ ފުލެޓް، ވިނަރެސް އަދި ނުވީތާކަށް 25 މިލިއަން ރުފިޔާގެ ގޯތި ލިބިފައިވާ މީހުންނަށް ފުލެޓް ދިނުމަކީ ހާދަހާ ބޮޑު ނިއުމަތެކޭ! ސާބަހޭ ގައުމު. ނުބައިމައުލޫމާތު ދީގެން ހަރާންގޮތުގައި ފުލެޓާއި، ގޯތިހޯދުމަކީ ކިހާބޮޑު ހިޔާނާތެއްތޯ؟ ކާކުތޯ މިކަންބަލާނީ؟ ކާކުތޯ މިކަން އަޑުއަހާނީ؟
ކުލީއަޅު
14 September 2025
ސޮއިކޮށްފައިވާ 3000 މީހުން މާލެ/ހުޅުމާލެ ކުލީ އެޕާޓްމަންޓްތަކުން ދިޔާމަ ގައިމު ކުއްޔަދޭ ތަންތަނުގެ ޑިމާންޑު ކުޑަވާންޖެހޭނެތާ. އެކަމަކު އެހެނެއް ނުވޭ. މިކަމުގައި ވެސް ބަޔަކު މީހުން ކުރަނީ ވިޔަފާރި.
އެކަމަކު ފްލެޓް ތަޅުދަނޑި ނުދޭ!
14 September 2025
ސެކިއުރިޓީ ޑިޕޮޒިޓް ދެއްކީމަ ވެސް ފްލެޓް ތަޅުދަނޑި ނުދީ ބަގުޑި ބައްދައިގެން އެއުޅެނީ!
ﷲުޙީޯ
14 September 2025
ފިރިމީހާޔައް ވިނަރެސް ފުލެޓުން ލިބިފާ ހުއްޓާ އަނބި މީހާޔައް ތި ތަނުންވެސް ފުލޭޓުލިބިފާ އެބަހުރި ދ.ބަނޑިދޫ މީހުންނައް މީ އިންސާފެއްތޯ
ސަކީނާ4
14 September 2025
މާދަންވެސް ވަރިކޮށްފައި ދިޔައިމަ އިންސާފު ފެންނާނެ
ލޮއްލަ
14 September 2025
ޕެންޝަން ފަންޑު މެދުވެރިކޮށް އެޑްވާންސް ފައިސާ ދެއްކޭނެ ގޮތެއް ހަދައިދީ… ގެދޮރު އިމާރާތް ކުރުމާ ހައްޖައް ދިޔުން އެކަނި މި އޮނަންނަނީ އެ ފަންޑުން ފައިސާ ނެގޭން. މީވެސް ގެދޮރުވެރި ކަމާ ގުޅުން ހުރި ކަމެއްނޫންތޭ..! ޕޮލިސީ ބަދަލު ކުރޭ.. މަގޭ ހައްގު މަށަށް ލިބޭނެ ގޮތަ ހަދައިދީ.. އުމުރު ހަމަ ނުވަނީ މަރުވެއްޖެއްޔާ ތިފައިސާ ކޮޅުވެސް ދާނީ ކޮންމެވެސް ވެރިޔެއްގެ ޖީބަށް.. ބަދަލު ކުރޭ ޕޮލިސީ ބަދަލު ކުރޭ
ލިބޭ އިރަށް ކުއްޔަށްދޭނެ
14 September 2025
ތިތަންތަން ލިބޭ އިރަށް ބޮޑުއަގުގައި ކުއްޔަށް ދޭނެ. ދީފަ އުޅޭނީ މާލޭގައި. އެކަމު ގެދޮރު ދަތިވެގެން މި ދެނީދޯ.
އެމީހާދ
14 September 2025
އޭނާގެ ކުއްޔަށް ދީގެންވެސް އޭނާގެ ދިރިއުޅުން ހަމައަކަށް އެޅެނިކޮށް ސޯޝަލް ހައުސިންގެ ބޭނުން ހަމަޖެހުނީ. މީގެ މައި މަގްސަދަކީވެސް އެއީ. ނިކަން ބަލާ ހިޔާފުލެޓް ނޫޅޭނެ ލިބުން މީހުންނެއް އެތާކު އެތަން ކުއްޔައްދީ ބޮޑުތަން ހިފައިގެން ހަމަޖެހިގެން އެމީހުން ތިބީ. އެންމެން ހެޕީ؟
އެމީހާއަށް
14 September 2025
ތިއޮތީ ޝޯޝަލް ހައުސިންގްގެ މާނަ އޮޅިފައި އެކޮއި. އެއީ އޭނަ ދިރިއުޅެން ދޭ ތަނެއް، އެއްބަސްވުމުގައިވެސް އޮންނާނީ އެހެން. ޔަހޫންދީ ގޮތް ދޫކޮށްލުމަށް ނަސޭހަތްދެން
ާއުނިމާ
14 September 2025
4،000 މީހުންގެ ތެރެއިން 3،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފަ ކަމަށްވަންޏާ، ދެން ތިބި 1000 ފުލެޓް ލިބޭމީހުންގެ އަޕްޑޭޓަކީ ކޮބައިކަންވެސް ބައްލަވައިދެއްވާ، މިހާރު ނޫހުން، ޝުކުރިއްޔާ