ވެލާނާ އެއާޕޯޓުގައި އަލަށް ހުޅުވި ޓާމިނަލް ކުރިމަތީ އޮންނަ ޕާކިން ޒޯން.-- ފޮޓޯ: މައުމަން/ޓުވިޓާ
14 ސެޕްޓެމްބަރ 2025 - 17:25
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކާ އެކު، މިދިޔަ ޖުލައި މަހު ބަންދުކުރި ޕާކިން ސަރަހައްދުން ބައެއް މިއަދުން ފެށިގެން ވަގުތީ ގޮތުން އެމްއޭސީއެލުން ހުޅުވާލައިފި އެވެ.
އެއާޕޯޓުގެ އިރުމަތީ ފަރާތުގައި ހަދާފައިވާ ޕާކިން ޒޯނާއި ހުޅަނގު ފަރާތު ޕާކިން ޒޯނު ޖުލައި 26 އަށް އާ ޓާމިނަލް ހުޅުވަން ބަންދުކުރީ އެ މަހު 17 އިގަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެ ޕާކިން ޒޯނު ބަންދުކޮށްފައި އޮތުމުން ގިނަ ބައެއްގެ ޝަކުވާ އޮތީ އިތުރުވެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެމްއޭސީއެލުން ނެރުނު ސާކިއުލާއެއްގައި ބުނީ، އާ ޓާމިނަލްގެ އުތުރު ފަރާތުގައި އޮންނަ ޕާކިން ޒޯނަކީ އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ ސަރަހައްދެއް ނޫން ކަމަށް ފެންނަތީ ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެކަމަކު، އެއާޕޯޓަށް އެކި ބޭނުންތަކުގައި ދާ މީހުންނާއި އެ ތަނުގެ މުވައްޒަފުންގެ ވެހިކަލްތައް ޕާކު ކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ޕާކު ކުރުމަށް ހަދާފައިވާ ވަކި އުސޫލެއްގެ މަތިން ޓާމިނަލް 1 ގެ ކުރިމަތީ ވަކި ސަރަހައްދެއްގައި މިއަދުން ފެށިފެން ޕާކު ކުރެވޭނެ ކަމަށް އެމްއޭސީއެލްގެ ސާކިއުލާގައި ބުންޏެވެ.
ނަމަވެސް އެއީ ވަގުތީ ގޮތުން ހުޅުވައިލި ޕާކިން ޒޯނެއް ކަމަށާއި ޕާކިން އަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެއާޕޯޓުގެ އިރުމަތީ ފަރާތުގައި ޕާކިން ޒޯނު ހަދަން ނިންމާފައިވާ ކަމަށް ވެސް ސާކިއުލާގައި ވެ އެވެ.
އެމްއޭސީއެލުން ބުނިގޮތުގައި، އެއާޕޯޓުގެ އިރުމަތީ ސަރަހައްދުގައި މިހާރު ވެސް ޕާކު ކުރެވޭނެ އެވެ. އޭގެ އިތުރުން ވެސް އެ ސަރަހައްދުގައި ބައެއް ކަންކަން ކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ. އޭގެ ތެރޭގައި:
- މާލެ އަދި ހުޅުމާލެ އިރުމަތީ ސަރަހައްދުގައިވާ ޕާކިން ޒޯނަށް ފަސޭހައިން ވަދެވޭނެ ގޮތަށް ލިންކް ރޯޑުގައި ޓްރެފިކް ލައިޓް ހަރުކުރުން.
- މާލެ އަދި ހުޅުމާލެއިން އެއާޕޯޓަށް ދަތުރުކުރުމުގައި ބަހުގެ ހިދުމަތް ފުޅާކުރުން.
- ފެރީ ދަތުރުތައް ފުޅާކުރުން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
15 September 2025
ކޮންތަނެއްތޯ ދާއިމީކޮށްހުޅުވީ. މިދައުރު ނިމޭއިރުވެސް ވަގުތީގޮތުން ހުޅުވާލަހުޅުވާލާތިބޭނީ. ލާރިކޮޅެއް ބޭނުންވީކަމަށް ބޮޑަށް ބެލެވެނީ.
ޑިވޮލޮޕް
14 September 2025
އާ ޓާމިނަލް ކުރިމަތީ އޮތް ކުރީގެ ޕާކިން ޒޯން އޮތް ބިމުގައި ބިމު އަޑީ ބޮޑު ޕާކިން ޒޯންއެއް ހަދަންވީ އަދި އެތާ މަތީގައި ރީތި ފެހި ބަގީޗާ ޕާކެއް ހެދިދާނެ. އަދި ހަމަ އެ ޕާކުގައި އައުޓްޑޯ ރީތި ބީޗް ފްރޮންޓް ސިޓީ ވިއު ރެސްޓޯރެންޓްތައް ވެސް ހެދިދާނެ. ބިމުއަޑީގައި ޕާކިން ހަދައި ޕާކިން އިން ފައިސާވެސް ހޯދޭނެ. ރަނގަޅު ކޮންސެޕްޓެއްގައި ޑިވެލޮޕްކުރަންވީ.
ކުޑާދަނު
14 September 2025
ކިހާވަރަކަށް ފުޅާވާނެބާ!!!!!
އުދުހޭ
14 September 2025
ފެރީ ދަތުރު ފުޅާ ކުރުން. މިއީ ކޮންކަމެއްތޯ؟ ޓާމިލް ހެދިއިރު ބަލަންޖެހޭ ކަންކަމަށް ނުބަލާ ހެދީ. އެހެނޭކިޔާފަ ތިވެހިރައްޔިތުން ހަނޑަސްބުރި ޒަމާނަށް ގެންދަން އުޅެންޖެހޭތޯ؟ އެނޫންގޮތެއް މިހާރު ދެން ހެދެން ނެތީތޯ؟
ބަބްސް
14 September 2025
މިއީ ވަގުތީ ދާއިމީ ... ގިނަ ދިވެހިނަށް އެނގޭނެ " ވަގުތީ ދާއިމީ " ގެ މާނަ. މިތާ ޕާކީން ދޭކަށް ނުޖެހޭ .. ވާގޮތަކީ މުއްސަނދިންނާއި އިއްޒަތްތެރިންގެ ރިކްއެސްޓް ތަކަށް ނޫނެކޭ ބުނަން ނުކެރެނީ.
ޖުރިމަނާ
14 September 2025
މިހާރުވެސް 10 ރުފިޔާ ނަގާތަ؟ ހާދަހާ ފައިސާއެކޭ!!
ދޮހޮއްތުބެ
14 September 2025
އަސްލު ވަކިވަކިން އެއަރޕޯޓަށް ދާނެ ފަސޭހަ މަގެއް އޮތުމަކީ ސަލާމަތީގޮތުން ވަރައް ނާޒުކު ކަމެއް. ކިތައްމެ ހިތްހަމަ ނުޖެހުނަސް މިއީކޮއްގެން ވާނެކަމެއް ނޫން.
ކީކޭ
14 September 2025
ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން އުޅޭ ގމރ ބައެއް.
2025
14 September 2025
ބުނަންއޮތް އެތި ބޮޑުކަމުން ނެތިން އެއްޗެކޭބުނާކަށް.....ބޮއިހަލަކި