ފުޑް އެންޑް ޑްރަގް އޮތޯރިޓީ: ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައިފާސްކުރަން އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ވަނީ ނިންމާފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
14 ސެޕްޓެމްބަރ 2025 - 19:38
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް މާލެ ސަރަހައްދުގައި އިންސްޕެކްޝަނެއް ފަށަން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ތައްޔާރުވެއްޖެ އެވެ.
އެ އިދާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށާއި އެމްއެފްޑީއޭގައި ރަޖިސްޓަރީ ނުކޮށް، ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް މި މަހުގެ 21 އިން ފެށިގެން މި މަހުގެ ނިޔަލަށް އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެއީ އެމްއެފްޑީއޭ އާއި މާލެ ސިޓީ ކައުންސިލާއި އެޗްޑީސީ ގުޅިގެން ކުރިއަށް ގެންދާ އިންސްޕެކްޝަނެކެވެ.
އެމްއެފްޑީއޭ އިން ބުނިގޮތުގައި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އެ އޮތޯރިޓީގައި ރަޖިސްޓަރީ ކުރުން ލާޒިމެވެ.
އެހެންވެ، ރަޖިސްޓަރީނުކޮށް ކާބޯތަކެތީގެ ހިދުމަތްދޭކަން ފާހަގަވެއްޖެ ނަމަ އިންސްޕެކްޝަނުގެ ތެރެއިން، އެ ތަންތަން ބަންދުކޮށް، އެ ބައެއްގެ މައުލޫމާތު އާންމުކުރާނެ ކަމަށް ވެސް ބުންޏެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް މީގެ ކުރިން އެޗްޕީއޭ އާއި އެކި އިދާރާތަކުން ކޮށްފައިވެ އެވެ. އެ އިންސްޕެކްޝަންތަކުގައި ކާބޯތަކެތީގެ ހިދުމަތްދޭ ބައެއް ތަންތަނުގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަވުމުން ފިޔަވަޅު ވެސް އަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޮބީހާ
15 September 2025
ތިބާވަތުގެ ކަންކަމަކީ ތާރީހް އިއުލާންކޮށްފަ ކުރާކަންކަމެއްނޫން، އެނގިއްޖެ!
ކުރު ތުއްތު.
15 September 2025
ތީ ބޮޑު ހަބަރު ޖަހައިގެން ކުރަންޖެހޭ ކަމެއްނޫން. ގާނޫނާއި ގަވައިދުތަކުން ކުރަންޖެހޭކަމެއްތީ. ދެތިން ތަނެއްބަލާފައި ތަނެއް ބަންދުކޮށްލާދައި ނޫސްތަކަށް އަރުވާލީމާ ތިޔަކަންވެސް ނިމުނީ. އަނެއް ފަސްއަހަރު ބަންގާޅީންގެ ކިއްޕަތިން ގުޅަހަދައި ކުލުޖަހާފައި ކިރުސައިހެދިޔަސް އޯކޭ. މި އޮތީވާ ގައުމެއް.
އަހަންމާ.
15 September 2025
ރަގަޅު ކަމެއް، މިދިޔަ ހުކުރު ދުވަހުގެރޭ ހުޅުމާލެ ފޭސް 1 ގައި ހުންނަ މޭރީ ބުރައުންގެ ދެވަނަ ބުރިންގަ ބޮޑު މީދަލެއް އުޅުނު، އެވަގުތު ފޯނެއް ނެތީމަ އެމަންޒަރު ނުނެގުނީ، އެކަމަކު ވެއިޓަރެއް ގާތުބުނިން، މީދާ ދުވެފަ ގޮސް ވަތް ބާކޮޅުވެސް ދެއްކިން، އެކަލޭގެ އެތަނުގަ ޓީސޫ ގަޑެއް ޖަހާ ބައްދާލި....
ސަރުދާރު.
14 September 2025
އެކަން ނުކޮށްތަ މިހާ ދުވަހު ތިބީ؟
ރައްޔިތު 2.0
14 September 2025
އިންސްޕެކްޓަރ އަށް ކާން ދިނީމާ އެއްވެސް މައްސަލައެއް ނުފެންނާނެ.