ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އާލް ތާނީ: އޭނާ ވަނީ އިޒްރޭލަށް ދުނިޔެއިން އަދަބު ދޭން ގޮވާލައްވާފައި. -- ފޮޓޯ: އޭއެފްޕީ
14 ސެޕްޓެމްބަރ 2025 - 21:57
އިޒްރޭލާ މެދު ވެސް އެހެން ގައުމުތަކާ މެދު އަމަލުކުރާ އުސޫލުން އަމަލުކޮށް، ތަފާތުކުރުމެއް ނެތި، އިޒްރޭލުގެ ޖަރީމާތަކަށް އަދަބު ދިނުމަށް ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އާލް ތާނީ މިއަދު މުޅި ދުނިޔެއަށް ގޮވާލައްވައިފި އެވެ.
އޭނާ މިހެން ވިދާޅުވީ އިޒްރޭލުން ހަމާސް ޖަމާއަތުގެ ލީޑަރުންނަށް އަމާޒުކޮށް ގަތަރުގައި ދިން ވައިގެ ހަމަލާއާ ގުޅިގެން ގަތަރުން ބާއްވާ އަރަބި އަދި އިސްލާމީ ލީޑަރުންގެ ކުއްލި ބައްދަލުވަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއްގަ އެވެ.
"ބައިނަލްއަގުވާމީ މުޖްތަމައުން ތަފާތުކުރުން ހުއްޓާލައި، އިޒްރޭލުން ހިންގާފައިވާ ހުރިހާ ޖަރީމާތަކަށް އަދަބު ދޭންވީ ވަގުތު ޖެހިއްޖެ. އަދި ފަލަސްތީނުގައި ތިބި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން ނައްތާލުމުގެ ހަނގުރާމަ ކާމިޔާބު ނުވާނެކަން އިޒްރޭލަށް އެނގެން އެބަޖެހޭ،" ބޮޑުވަޒީރު ވިދާޅުވި އެވެ.
ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާޖިދު އަލް އަންސާރީ ވިދާޅުވީ، އިޒްރޭލުން ގަތަރަށް ދިން ހަމަލާއާ ގުޅޭ ޑްރާފްޓް ގަރާރެއް އެކުލަވާލުމަށް، މާދަމާ ބާއްވާ ބައްދަލުވުމުގައި މަޝްވަރާކުރާނެ ކަމަށެވެ.
މި ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އާއި އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިއާ އަލް ސުދާނީ ވެސް ހިމެނެ އެވެ. މީގެ އިތުރުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަދު ވަނީ ގަތަރަށް ވަޑައިގެންފަ އެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ތުރުކީގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ.
ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، އިޒްރޭލުގެ ހަމަލާއަށް ފަހު ގަތަރަށް ވަޑައިގެން އެ ގައުމާ އެކު އޮތްކަން ހާމަކުރައްވާފައި ވާއިރު މާދަމާގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާކަމެއް އަދި ސާފެއް ނުވެ އެވެ.
މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބޭސް ހިންގާ ގަތަރަކީ އިޒްރޭލުން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ އެންމެ ބޮޑަށް މަސައްކަތްކުރާ ގައުމެވެ.
ހަމާސްގެ ޕޮލިޓްބިއުރޯގެ މެންބަރެއް ކަމަށްވާ ބާސިމް ނާއިމް ވިދާޅުވީ މި ސަމިޓުގެ ސަބަބުން އިޒްރޭލާއި ހަނގުރާމައާ ގުޅޭ ގޮތުން އަރަބި އިސްލާމީ ގައުމުތަކުން އެއްބަސްވާ ވަރުގަދަ ސްޓޭންޑެއް ނެގި ސާފު ފިޔަވަޅުތަކެއް އެޅޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަންބޭ..
16 September 2025
ބަލަ ގަތަރަށް ހަމަލާ ދިނީމަ ރައްދުގަ ގަތަރުން ނުދޭ ހަމަލާއެއް އެހެން ގައުމަކުން ދޭނެތަ ? މޮޔަ ނުގޮވާ, ގޮސްއަނގަ ނުތަޅާ އިޒްރޭލަށް ހަމަލާ ދޭކަށް ނުކެރޭނެއޭ ބުނެ ބަލަ..
ވަން ހަނާ
15 September 2025
ޒަޔަނިސްޓު އިޒްރޭލު ގެ މިލިޓަރީ ވިޔަފާރި އަށް އެންމެބޮޑަށް އިންވެސްޓް ކުރަނީ ގަތަރުން: އެލްބިޓް ސިސްޓަމްސް، ރަފޭލް އެޑްވާންސް ޑިފެންސް ސިސްޓަމް ވިޔަފާރި' މި ނޫނަސް އެތަށް ބައިވަރު. އެހެންމެ ފަލަސްތީނާ ދެކޮޅަށް ބޭނުން ކުރާ ހަތިޔާރު ތަކަށް ޑައިރެކްޓް ކޮށް ގަތަރުން ލާރި އަޅާ. ގަތަރު މިހާރު ތުން ދެމިޔަސް އަހަރުން ސިމްޕަތީއެއް ނުވޭ.
ބަވާ
15 September 2025
އަރަބިން ތިބީ އެއްވެސް ކަމަކަށް އެއްބަސް ނުވާން ނިންމައިގެންހެން ހީވާ ވަރަށްގިނަ ފަހަރު އާދެއެވެ. ތިފަދަ ބައްދަލުވުން ތަކުން ނަތީޖާ ނުލިބެނީ އެހެންވެގެންތާއެވެ. ވެރިންތިބީ އެމެރިކާގެ އަތްދަށުގައި ވަރަށްރަގަޅަށް ފިތިފައެވެ. އަހަރެމެންނަށް އޮތީ ރަށުގައި ބިކިނީ ބީޗް ހަދައިގެން ވާގޮތެއްބަލަން ތިބުމެވެ.
އަހައްމަދޫ
15 September 2025
ސާބަހޭ. އިޒްރާއީލުން ކަންކޮށް ނިންމާލާއިރު މިވެރިން ތިބެނީ ގޮވާލަ ގޮވާލަ
އަދި އަވަސް
15 September 2025
ކުރިން ދިން ބޯޓަށްވުރެ އަގުބޮޑު ބޯޓެއް މާދަމާ އަނެއްކާ ނަތަންޔާހޫއަށް ދީ. ދެން އެމެރިކާ ތިތާ ހަދާފައޮތް އަސްކަރީ ބޭހަށްވުރެ ބޮޑު ބޭހެއް ހަދަން އިޒްރާއީލަށް ނޫނީ އެހެން ފަރަންޖީ ގައުމަކަށް ދީ. ތިމާމެންގެ ވެރިކަން ދިފާއުކުރުމުގެ ދަހިވެތިކަމުގައި ދީނުގެ ދުޝްމަނުންނަށް ބައަތުހިފައިގެން އުޅޭ ބަޔަކަށް އެއްޗެއް ވިސްނޭނީ ލައްކަ ވަރު ވީމަ. އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ތިތާ އޮވެ، ކަމެއް ނުކޮށްދިނީމާ އަދިވެސް ނޭނގެ ދޯ މި ވާގޮތެއް؟
މުލޭ
15 September 2025
ޢަރަބިއިސްލާމީ ގައުމުތަކުން މިހާރު ތިޔަ އަދާކުރާ ރޯލުން ތިކަމެއް ނުވާނެ. ތިކަންވާން އޮތީ އެމެރިކާއަަށް ނޫނެކޭ ބުނެގެން. އެކަން ކުރުމަށްޓަކައި ޑޮލަރަަށް ނޫނެކޭ ބުނަންޖެހޭ. މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތައް ބޭރުކުރަންޖެހޭ. އެމެެރިކާއާއެކު ވިޔަފާރިތައް ވެސް ހުއްޓާލަންޖެހޭ. އަޚުންތަކެއް ކަމުގައި އަހަރެމެން އެންމެން ވާންޖެހޭ. މިނޫންގޮތެއް މިކަމުގައި ނެތް.
ގުދުގުދާބެއްޔާ
15 September 2025
ގަތަރަށް މިހާރު ހުންނާނީ ރަގަޅު ފިލާވަޅެއްލިބިފައި! އެގައުމުގައި އެމެރިކާ ބޭސް ހަދަން ދިން ހިތިރަހަ ކަރުބުޑުގަ ހުންނާނީ ރަގަޅަށް ލާފައި! ދެން ކުރަންވީކަމެކީ އީރާންގެ މިސައިލްތައް ގަތަރުގައި ބަހައްޓަންވީ! އަދި ރަސިޔާއިން އެސް400 މިސައިލުން ދިފާއުވާ މިޒާމް ވެސް ބަހައްޓަންވީ! ވީވަރަކުން އެމެރިކާ އާއި އެމީހުން ނަށް ވާގިވާ ގައުމުގަކާ ގުޅުންތައް ކަނޑާލަންވީ!
ާގޮތާރުގެ ވައްލަ އަހުދު
15 September 2025
ޤަޠަރުން ކާކު ގުނބޯ ހައްދަން މި އުޅެނީ. މިއޮތީ ލިޔެފަ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ "މެޑިސިން" ހުންނަނީ އެތާއޭ. ދެން ތި ސަމިޓް ބާއްވަން ނޫޅެ އެ ވެރިންބޭރުކޮށްބަލަ. ހަމަ ހުސް ޑުރާމާ ކުޅޭ ބައިގަނޑު. ހުސް ދަތްނެތް ސިންގާ
ޖުލައި
14 September 2025
ތީ ފިނޑި އަރަބިން. ސަމިޓް ނިމޭނީ ކުށްވެރި ކޮށްލުމަކުން.
ސަސި
14 September 2025
ގަަތަރަށް ނުކުރި ކަމެއް ކުރާނެ އެހެން ބަޔަކު ނޫޅޭނެ