ހުޅުމާލެ ޗެނަލް ޕާކު މަތީ އޮންނަ ބްރިޖު.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
15 ސެޕްޓެމްބަރ 2025 - 15:43
ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކު މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން އެޗްޑީސީން މަނާކޮށްފި އެވެ.
ހުޅުމާލެ 1 ގައި މޫދު ކުޅިވަރު ކުޅޭ ސަރަހައްދާ ކައިރީ އޮންނަ އެ ތަނުގައި މޫދު ކުޅިވަރު ކުޅުމަށް ގެންގުޅޭ، ޖެޓްސްކީ އާއި އެހެން ވެސް މޫދުގައި ދުއްވާ އުޅަނދުތައް ބޭނުންކުރެ އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޗެނަލް ޕާކު ބްރިޖަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މީހުން މޫދަށް އެރުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށާއި އެ ތަނުގައި އެ ކުންފުނީގެ ފަރާތުން މުރަކަ އާލާކުރުމުގެ މަސައްކަތް ވެސް ކުރާ ކަމަށެވެ.
އެހެންވެ، އެ ސަރަހައްދުގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ މޫދަށް އެރި އުޅޭ މީހުންނަށް ރައްކާތެރި ކަމެއް ނޫން ކަމަށާއި މުރަކަ އާލާ ކުރުމަށް ވެސް ހުރަސް އެޅޭނެ ކަމަށްވާތީ އަންނަ ހުކުރު ދުވަހުން ފެށިގެން މަނާ ކޮށްފައިވާ ކަމަށް އެޗްޑީސީ އިން ބުންޏެވެ.
އެޗްޑީސީ އާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އާ ގުޅިގެން "ކޮރަލް ގާޑެން ޕްރޮޖެކްޓް"ގެ މަސައްކަތް ފެށީ މިދިޔަ ޖުލައި 22 ގަ އެވެ. އެ ދުވަހު ވަނީ ގިނަ އަދަދެއްގެ މުރަކަ އާލާ ކުރުމަށް އިންދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލިމަނިކުފާނު
15 September 2025
ރަނގަޅު ނިންމުމެއް
މަބުނީ
15 September 2025
ތިޔައީ މޫދަށްއެރުން މަނާކުރަންޖެހޭ އޮއިބާރު ޗެނަލްއެއް.
އާދަނު33
15 September 2025
އެތަނަކީ މޫދަށްއެރުން އެހާ ރައްކާތެރިތަނެއްނޫން. އެތާގަ އޮއިވަރު ވަރަށްބާރުވަގުތުތަށް އާދޭ. އަދި އެތަނަށް އެހާގިނަ މީހުން މޫދަށްއެރިއުޅޭތަނެއްނުފެނޭ.
ދަގަތްފާނު
15 September 2025
"ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކު"،، އެއްގޮތަކަށްވެސް ތިޔައީ ތިޔަބުނާ ދެތަނެއް ގުޅުވާ ޗެނަލެއްނޫން، ތިޔަ ދެތަނެއް އެއްކޮށް އޮއްވާ ފޮޓޯއަށް ރީއްޗަކަށް މިހާރުގެ ރޭޓުންނަމަ 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ހިކިފަސްތާ އެއްގަމުގައި 4 ބުރިޖު އަޅާފަ ދަށުން ކޯރެއް ކޮނެގެން ހެދިތަނެއް ތިޔާ. ދެން އެކަމަކު ކައުންސިލަރަކު ބޭރަށް ދަތުރެއް ކޮށްފިއޭ ކިޔައިގެން އާވިއަރުވަނީ.
ސަހަރޯއި
15 September 2025
އަސަރެއްކުރޭ.