ގަތަރުގެ އަމީރާއި ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ : އިޒްރޭލުން ގަތަރަށް ދިން ހަމަލާއާ ގުޅިގެން ދިވެހިން ގަތަރާއެކު ތިބިކަން ރައީސް ވަނީ ހާމަ ކުރައްވާފައި --- ފޮޓޯ/ރައީސް އޮފީސް
15 ސެޕްޓެމްބަރ 2025 - 16:48
ގަތަރު އަމީރު ޝައިހް ތަމީމް ބިން ހަމަދް އަލް ސާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.
ގަތަރުގެ އަމީރުއާ ރައީސް މުއިއްޒު މިއަދު ބައްދަލު ކުރެއްވީ އަރަބް-އިސްލާމިކް އިމަޖެންސީ ސަމިޓުގައި ބައިވެރިވެޑައިގަތުމަށް ގަތަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލު ކުރެއްވުމުގައި، އިޒްރޭލުން ދާދި ފަހުން ގަތަރަށް ދިން ހަމަލާ ކުށްވެރި ކުރައްވައި އަދި ގަތަރުގެ ރައްޔިތުންނާ އެކު ދިވެހި ސަރުކާރު އޮތްކަން ރައީސް މުއިއްޒު ހާމަކުރެއްވި ކަމަށެވެ.
އަރަބް-އިސްލާމިކް އިމަޖެންސީ ސަމިޓަކީ ގަތަރުގެ ދޯހާއަށް އިޒްރޭލުން ދާދިފަހުން ދިން ހަމަލާއާ ގުޅިގެން އިސްލާމީ ގައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާ ސަމިޓެކެވެ. އެ ހަމަލާ ރާއްޖެއިން ކުރިން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.
މިއަދު ބާއްވާ އަރަބް-އިސްލާމިކް އިމަޖެންސީ ސަމިޓަށް ރައީސް މުއިއްޒު ބަޔާނެއް ވެސް އިއްވަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފިރާޝް ޖައުފަރު
16 September 2025
ތީ ހަމަ ރަންގަނޑެއް ކަހަލަ ރައީސް އެއް ގައުމުގެ ކުރިމަގު
ނޫހް އިބްރާޙިމް
16 September 2025
އިދިކޮޅަށް މިކަން ހަޖަމް ވާނެބާ؟
ގުދުގުދާބެއްޔާ
16 September 2025
ރައްޔިތުންގެ މުދާ ބަނޑުއަޅައިގެން ތިބި މުތަނައްސިރު އަރަބީން! ކަލޭމެން ރައްޔިތުންގެ މުދާ ނުފޭރި ކިހިނެތް ހޯދި މުއްސަދިކަމެއްތަ ތިޔައީ!
އިހްސާސް
16 September 2025
ރާއްޖޭގެ ވެރިންވެސް ނިކަން ދިވެހި ހެދުމެއް ލާނަމަ. އެމީހުންވެސް އެތިބެނީ އެމީހުންގެ ސަގާފީ ހެދުމުގަ. އެކަމު ދިވެހިން މިތިބެނީ ކޯޓު ފަޓުލޫނުގަ. ނިކަން ހުދުގަމީހާ މުންޑު ނޫނީ ފޭލި އަނދެ ބޮލުގައި ފޮށާއަޅައިގެން ދާނަމަ.