ރައީސް ޑރ. މުހައްމަދު މުއިއްޒު، ގަތަރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ނޮން-ރެސިޑެންޓް ސަފީރު ޖާސިމް ބިން ޖާބިރު ޖޭ ބީ އަލް-ސުރޫރްއާ އެކުގައި.-- ފޮޓޯ: ރައީސް އޮފީސް
29 ޖޫން 2025 - 12:53
ގަތަރުގައި ހުންނަ ރާއްޖޭގެ އެމްބަސީ އުފައްދަވައި، އެ އިދާރާއަކީ ފޮރިން މިނިސްޓްރީގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފި އެވެ.
ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް އުފެއްދެވިކަން ރައީސް އިއުލާންކުރެއްވީ ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގަ އެވެ.
ރައީސް އޮފީހުން ބުނީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ރާއްޖޭގެ އެމްބަސީއެއް ގަތަރުގައި އުފެއްދެވީ، ރާއްޖެ އާއި ގަތަރާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ދެމެދުގައި ތައުލީމީ، ސިޔާސީ، އިގުތިސާދީ އަދި އަސްކަރީ ގުޅުންތައް ކުރިއެރުވުމަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ހަމަޖެއްސެވި މަސައްކަތްތައް ބަޔާންކޮށްފައިވެ އެވެ. އަދި މި އިދާރާއަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަން ވެސް ބަޔާންކުރައްވާފައިވެ އެވެ.
ރާއްޖެ އާއި ގަތަރާ ދެމެދުގައި ޚާރިޖީ ގުޅުން އެންމެ ފުރަތަމަ ގާއިމުކުރީ މެއި 26، 1984 ގަ އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ގަލްފް ސަރަހައްދުގައި އުފެދިފައިވާ ދެބަސްވުންތަކަށް ފަހު ރާއްޖެއިން އެ ގައުމާއެކު ޚާރިޖީ ގުޅުން ކަނޑާލި އެވެ.
އޭގެ ތިން އަހަރު ފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާޗު 15، 2021 ގައި ރާއްޖެއިން ވަނީ ގަތަރާ އެކު އަލުން ޚާރިޖީ ގުޅުން ގާއިމްކޮށްފަ އެވެ.
ގަތަރުން ރާއްޖެއަށް ނޮން-ރެސިޑެންޓް ސަފީރެއް ކަނޑައަޅާފައި ހުރެ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަގާމުގެ ފަތްކޮޅު ރައީސް މުއިއްޒަށް އެރުވި ޖާސިމް ބިން ޖާބިރު ޖޭ ބީ އަލް-ސުރޫރެވެ. އޭނާ ހުންނަވަނީ ސްރީލަންކާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫމިނާ އިދްރީސް
30 June 2025
ދިވެހި އެތައް ރައްޔިތުން ދިރިއުޅޭ ގަތަރުގައި އެމްބަސީއެއް ހުރުން ވަރަށް މުހިއްމު.
އާތިފް ޝުކޫރު
30 June 2025
މިކަންވެސް ނުކޮށް އެތައް ސަރުކާރެއް ގޮއްސި. ލިބުނު ފަސޭހައެއް ނެތް މި އެމްބަސީ ނެތުމުން ދެން ދާނީ ރަނގަޅަށް.
ކަބީލު
30 June 2025
ކ.މާލޭ ކޮންމެވެސް ގޯއްޗެއްގެ ކުދިންކޮޅަކަށް ބޮޑު މުސާރައަކާއެކު ގަތަރުގަ އުޅެލެވޭނެގޮތެއް ހަމަޖައްސަނީކަމަށް ތިވާނީ.
ކަނބިލި
29 June 2025
އަނެއްކާ ވެސް މަގާމުތަކެއް. ކިތައް މީހުން ލާނެބާ
ޙައްގުބަސް.
29 June 2025
ރައްޖޭގަވެސް ގަތަރުގެ އެމްބަސީއެއް ހަދަންވީ.
ޖަގޭ
29 June 2025
ރަށްޔިތުން ގުދާރު ބިންދައިގެން ހޯދައި ފައިސާ ކޮޅުން ޓެކުސް ދެއްކީމަ ސިޔާސީ ވެރިން އެފައިސާ އެބައިމީހުންގެ ސިޔާސީ އުފަލަށް ތަޅައި ބާލަނީ، ގައުމު މިހާލަތައް މިވެއްޓީ ސީދާ ރ.މުޢިއްޒު އޭނާގެ ވެރިކަމުގައި ކުންފުނިތަކާއި ސިވިސް ސާވިސް ހިމެނޭހެން 7000 ވުރެ ގިނަމީހުންނަށް ވަޒީފާ ބަހައި ރަށްޔިތުންގެ ފައިސާއަށް ބޮޑުތަނުން އެގިހުރެ ޚިޔާނާތް ވެއްޖެ..
ބެޅަލާ
29 June 2025
ދެން މިރާއްޖޭގައި ބުޅާ އެމްބަސީއެއް ހުޅުވަންވީނުން.
ކޮރަލް
29 June 2025
އެމްބަސީ ތަކަށް ކުރާ ހަރަދާއި ކުރާ މަސައްކަތް ތަކުގެ ރިޕޯޓް އެއް އަހަރަކު އެއްފަހަރު ރައްޔިތުންނަށް ފެންނާނނެ ހެން ހުށަ ހަޅާލަ ބަލާށެވެ. މިހާރު ވާނުވާ އެއް ނޭނގެ އެވެ.
1181
29 June 2025
މާލޭ ބޮޑުންގެ އާއިލާތަކަށާއި އެމީހުންގެ އަނބިދަރިންނަށް ވަޒީފާ ދިނުމަށާ، މުސާރަ ނަގައިން ޗުއްޓީ ހޭދަކުރަން ދިއުމަށް އުފައްދާ ތަންތަން. ތިޔަ ތަންތަން އުފައްދައިގެން ދައުލަތަށް ވަނީ ކޮން ފައިދާއެއްތޯ؟ ސަރުކާރަށް 2 އަހަރު ވަނީ، އެކަމަކު އަދިވެސް ސަރުކާރުގެ މަތިބަރުކުރުން ކުރިއަށް. ރައްތުންގެ ޓެކްސް ފައިސާ އިސްރާފުކުރުން ހުއްޓާލާ!!!
ރަދީފްއޮފިޝަލް /
29 June 2025
ސާބަަސް. ދިވެހިންތަކަކަށް އަނެއްކާވެސް ގަތަރުން ދިރިއުޅުން ހަމަޖެހުނީ.ކޮންފަދަ ނަސީބެއްތޯ އެބައި މީހުންނަށް ލިބުނީ