ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގައި ތަގުރީރު ކުރައްވަނީ: އިޒްރޭލުން ގަތަރަށް މިއަދު ދިން ހަމަލާތައް ރައީސް ވަނީ ކުށްވެރި ކުރައްވާފައި --- ފޮޓޯ/ރައީސް އޮފީސް
09 ސެޕްޓެމްބަރ 2025 - 19:53
އިޒްރޭލުން ގަތަރަށް މިއަދު ދިން ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައި، އިޒްރޭލާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަން ގޮވާލައްވައިފި އެވެ.
އިޒްރޭލުން މިއަދު ވަނީ ގަތަރުގެ ވެރިރަށް ދޯހާގައި ތިބޭ ހަމާސްގެ އިސްވެރިންނަށް އަމާޒުކޮށް، މިސައިލް ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގައި ލިބުނު ގެއްލުންތަކެއް މިހާތަނަށް ސާފުނުވި ނަމަވެސް، ދޯހާގެ އެކި ސަރަހައްދުތަކަށް އެ ހަމަލާތައް އަމާޒުވެފައިވެ އެވެ.
އެ ހަމަލާ ކުށްވެރިކުރައްވައި، ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އިޒްރޭލްގެ އެ އަމަލަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އަދި މިނިވަން ގައުމެއްގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ. އަދި އިޒްރޭލުން ތަކުރާރުކޮށް ގާނޫނުތަކާ ހިލާފަށް ހިންގާ އެފަދަ އަމަލުތަކާ ދެކޮޅަށް އަވަސް ގޮތެއްގައި ފިޔަވަޅު އަޅަންޖެހޭ ކަމަށް އެމަނިކުފާނުގެ ޕޯސްޓްގައިވެ އެވެ.
Strongly condemn Israeli attack on Doha, the capital of the State of Qatar. Such cowardly actions constitute a serious violation of international law and is a blatant infringement on the sovereignty and territorial integrity of a sovereign nation.
— Dr Mohamed Muizzu (@MMuizzu) September 9, 2025
The Maldives stands in…
ރައީސް ކުރެއްވި ޕޯސްޓް
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މީގެކުރިން ވެސް ސަރުކާރުން ވަނީ އިޒްރޭލްގެ އަމަލުތައް ކުށްވެރިކޮށް، އެ ގައުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ. އަދި އދ. ގައި ރާއްޖެއިން ގެންދަނީ ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކޮށް، އަދި އިޒްރޭލަށް ފިޔަވަޅު އަޅަން ގޮވާލަމުންނެވެ.
މީގެ އިތުރުން އިޒްރޭލާ ދެކޮޅަށް ބައިނަލްއަގްވާމީ ކޯޓަށް ބައެއް ގައުމުތަކުން ހުށަހަޅާފައިވާ މައްސަލާގައި ވެސް ރާއްޖެއިން ވަނީ ބައިވެރިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުލްފާާ
10 September 2025
ރައީސް މުއިއްޒަކީ ހައްޤު ބަސްބުނުމުގައި އަބަދުވެސް އަވަސްވެގަންނަ ވެރިޔެއް.
އަންސާމްް
10 September 2025
މި ރާއްޖޭގެ އެބަތިބި ކުރީގެ ރައީސުންނާއި އިސްބޭބޭފުޅުން. އެކަމަކު އަބަދުވެސް ރައީސް މުއިއްޒަށް ބަހެއް ބުނަން ކެރޭނީ.
ޢަލްޓިކޯ
09 September 2025
ޢަހަރެމެން ތިކަންކަމުގަ މާ ފެންމަތިވުން އެހާބުއްދުވެރިޔެއްނޫން