ރައްޔިތުންގެ މަޖިލީހުގެ ކައިރީގައި ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން ނޫސްވެރިއަކު ދުރަށް ގެންދަން ފުލުހުން މަސައްކަތް ކުރަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
18 ސެޕްޓެމްބަރ 2025 - 15:08
ރައްޔިތުންގެ މަޖިލީހުގެ ކައިރީގައި ނޫސްވެރިން ކުރި މުޒާހަރާ ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައި ނުވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މީޑިއާ ބިލު ފާސްކުރަން މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ދައުރުން ބޭރު ޖަލްސާ ކުރިއަށް ދިޔަ ވަގުތު މަޖިލީހުގެ ކައިރީގައި ނޫސްވެރިން އެ ބިލާ ދެކޮޅަށް މުޒާހަރާކުރި އެވެ. އެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމަށް ތުހުމަތުކޮށް، އެމްޑީޕީން ވަނީ އެ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އެ މައްސަލަ ހުށަހަޅައިފި އެވެ.
އެކަމާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ފުލުހުން ބާރުގެ ބޭނުންކުރީ އެންމެ ކުޑަމިންވަރަށް ކަަމަށެވެ. އެ މިންވަރަށް ބާރުގެ ބޭނުންކުރީ ފުލުހުންނާއި މުޒަހާރާގެ ބައިވެރިންގެ ވެސް ރައްކާތެރިކަމަށްޓަކައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"...ފުލުހުން އަމަލުކޮށްފައިވަނީ އޮޕަރޭޝަނަލް އުސޫލުތަކާ އެއްގޮތަށް، އަމަންއަމާންކަން ދެމެހެއްޓުމަށާއި މުޒާހަރާކުރާ ފަރާތްތަކާއި އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެން ބޭނުންވާ އެންމެ ކުޑަމިންވަރުގެ ބާރުގެ ބޭނުންކޮށްގެންނެވެ،" އެ ބަޔާނުގައި ފުލުހުން ބުންޏެވެ.
މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު މިންވަރަކަށް ބާރުގެ ބޭނުންކުރި މަންޒަރު ފެންނަ ކަމަށް ބުނާ ފޮޓޯތަކުން އެގޮތަށް މަންޒަރު ފެންނަނީ ވަކި އޭންގަލަކުން ފޮޓޯ ނަގާފައިވާތީ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައި ނުވާނެ ކަމަށް ބުނި ނަމަ ވެސް އެ ބަޔާނުގައި ފުލުހުން ބުނީ އެކަމުގައި އަމަލުކުރި ގޮތް އިތުރަށް ބަލަމުންދާ ކަމަށެވެ.
އެ މުޒާހަރާގައި ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތުން ބައެއް ނޫސްވެރިންނާއި އާންމުންނަށް އެކިވަރުގެ އަނިޔާތަކެއް ވެފައިވެ އެވެ. އަދި އެއް ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
678 ހާޖަރު
18 September 2025
މުޒާހަރާއަށް ދާންވާނި ބާރުގެ ބޭނުންކުރާނެކަންވެސް އެނގިތިބެ، އެހެންނޫނީ ގޭގަތިބީމަ ނިމުނީނު ފުލުހުންނަށް ބާރުގެ ބޭނުންކުރާނެ ފުރުސަތު ދިނީމަ ބާރުގެ ބޭނުންވެސް ކުރާނެ ދިނޔޭގަ އެއްވެސް ތާކު ފުލުހުން މުޒާހަރާކުރާ މީހުންގެ ގައިގަ ފިރުމާތަނެއް ނުދެކެން، ދެންވެސް، ބާރޭ، ފަޅޮލޭ ނުކިޔާ މަޑުންތިބީމަނިމުނީނު ބިލްވެސް ފާސްކޮށްފި ވީކަމެއް ނެތެއްނު، އެހެންވީމަ މި ބުނަނި ބޭކާރު ކަންތަކުގައި ވަގުތު ހޭދަނުކުރާށޭ،
ރަދީފްއޮފިޝަލް / ކޮސްބެރާ
18 September 2025
ބްރޯގެ ތިޔަ ވާހަކަތައް ނޯތު ކޮރެޔާގެ ލީޑަރ ، ބެލަރުސް ، ބުރުންޑީ ، ހެއިޓީ ، ކިރިގިސްތާން ، ތަޖިކިސްތާން ، ތުރުކުމެނިސްތާން ، އިކުއިޓޯރިއަލް ގިނީ ، ބެނިން ފަދަ ގައުމުތަކުގެ ވެރިން ގާތު ބުނެބަލަ.އެމީހުން ވަރަށް އުފާވާނެ.މުޒާހިރާ ކުރީމަ ބާރުގެ ބޭނުންކުރާ ހާލަތްތައް ވެސް ދަސްކުރުމަށް ނަސޭހަތްތެރިވަން.
raajje
18 September 2025
ހާލަތާ ބައްދަލެއްނުބައްދަލެއް މީގަކިޔާކަށްނުޖެހޭނެތާ ގަވައިދާގާނޫނަށްބޯލަނބާނަމަ، މުޒާހަރާކުރުން ހުއްދަތަންތަނާ ހުއްދަނޫންތަންތަން ހުންނައިރު މުޒާހަރާކުރަންވާނީ ހުއްދަތަންތާންގަދޯ! ތިމާމެންފުރަތަމަ ގަވައިދާގާނޫނާ ހިލާފުވެފަ ދެން ކޮންހާލަތާ ބައްދަލޭނުބައްދަލޭ ކިޔާކަށް! އަޅުގަނޑުމީ ފުލުހުންގެވެރިއެއްނަމަ އެއްވުންމަނާތަނަކަށް އެއްވެބަޔަކު މުޒާހަރާކުރާނަމަ ހަމަވަގުތުން ފުނޑާލާތަންހުސްކުރަން އަނގާނަން ކޮންބައްދަލެއްނުބައްދަލެއް، ގަވައިދުންމުޒާހަރާކުރޭ
ރާއްޖޭގެ ބަފާގެ މާމަ
18 September 2025
ކަލެއަށް ތިއޮތީ އެނގިފަ.2028ގެ ފަހުން ކަލޭގެ ރާގު އަދި ބަދަލުވާނެ.
raajje
19 September 2025
ރާއްޖޭގެ ބަފާގެ މާމަ: ހަހަ ކާކަށްބޮޑަށްއެނގިފައޮތީ؟ މުސްތަގުބަލުގާވާނެގޮތް އެކަކަށްވެސްނޭންގޭނެ، ނަމަވެސް 2028ގެ ފަހުންވާނެގޮތް އެނގޭކަމަށްހެދިގެންދޯ ތިއުޅެނީ، ތިހެންއުޅޭމީހުނަށްކިޔަނީ ރޯނުއެދުރުން، މުޒާހަރާކުރަންޏާ ކުރާނީ ކުރެވޭނީ ކުރަންޖެހޭނީ މުޒަހަރާކުރުން ހުއްދަތަންތަނުގަ، މުޒާހަރާކުރުން މަނާތަނެއްގާ މުޒާހަރާުކުރާނަމަ މުޒާހަރާ ރޫޅާލުމަކީ ފުލުހުންގެވާޖިބެއް، ބާރުބޭނުންކުރަންޖެހޭވަރު އެނގޭނީ ފުލުހުންނަށް، ކޮންބައްދަލެއްނުބައްދަލެއްކިޔާކަށް
ޑެބީ
18 September 2025
ނުވެސް އިނގޭނެދޯ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާކަށް. އުވާލަންވެފައިއޮތް ތަނެއް ފޮލިހަކީ
ރަދީފްއޮފިޝަލް /
18 September 2025
ކަލޭމެންކުރި ކަމެއްް ކަލޭމެން އަމިއްލަޔަށް ތަހުގީގްކޮށްފަ ރަނގަޅޭ ބުނީމަ ޕައްލަމްބެ އަދި އިސްމާއީލް ހުރާގެ އިސްމެހެލާ ވެސް ގަބޫލުނުކުރާނެ.
ޙަޑަ
18 September 2025
ކަލޯމެން ދައްކާ ވާހަކަ މަށެއް ގަބޫލެއް ނުކުރާނަން. ފާޅުގައި ދޮގުހެކިދޭބައެއް
ޑރ ވާންޗޯ
18 September 2025
މުޒާހަރާޔޭކިޔާފަ ހާލަތާ ނުބައްދަލު އަޑު ދުންމާރިތަކެއްހެން ބޭނުންކުރާއިރު ކަންފަތް ހަލާކުވާވަރުވޭ. އެތަނެއްނުފެނޭދޯ؟. ނަސީބެއްނު ޕޮލިހުން ސައިލެންސަރ ހިފައިގެންނުދާކަން.
ތުއްތުބޭބެ
18 September 2025
ޢެއަށްވުރެ މައްޗަށް ޖައްސާނަމަ ކަށްވަލަށްދާނެ
ޢަލީ ކުރުސީ
18 September 2025
ހޯދަން އުޅުނު ފޮޓޯގަނޑު ވަނީ ލިބިފައި! މިއީ ސީދާ އަންނި ބުނެފައިވާ ބަސްކޮޅެއް. އެމް.ޑީ.ޕީ ގެ ޕީ.އާރ ހަމަ މޮޅީ!
ދާނިއަލް
18 September 2025
ފުލުހުން ވަގަށް ވޭޕް އެތެރެކޮއް އޭގެ ވިޔަފާރިކޮށް އަދި އޭގެ ވިޔަފާރިވެސް ކުރަނީ ވަރަށް ކުޑަ މިންވަރަކަށް
ހުސަ
18 September 2025
އެއްވުން މަނާ ސަރަޙައްދުތަކާއި އެއްވެވޭ ސަރަޙައްދުތަކާއި މިހެންގޮސް މިކަހަލަ ވާހަކަތައް ހުންނާނެ 1/2013 އަދި 20/2016 ގައި! ދެން ހޯމް މިނިސްޓްރީން އާންމުކޮށް ޢިއުލާންކޮށްފައިވާނެ އެއްވެވޭނެ ތަންތަން! ދެން "ނުބައިކޮށް" ބަޔަކު އުޅެނިކޮށް ފުލުހުން ގޮސް އެކަން ރަގަނޅުކުރަން އަންގާ ތަންކޮޅެއް ދުރަށް ދާން ބުނެ ނަސޭޙަތްދިނީމާވެސް އެކަންނުކުރީ! ފުލުހުން އަތުގައި ހިފާ ތެދުކޮށް ދުރަށްޖައްސަން ހެދީމާ ގަދަދައްކާ ހެދީމާ ތަންތަން ރަތްވާނެ ދޮން މީހުންގެ!