ފ. ނިލަންދޫ: ޓޫރިސްޓު ހޮޓަލެއް ތަރައްގީކުރާނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ނިލަންދޫ ފޭސްބުކް ޕޭޖް
18 ސެޕްޓެމްބަރ 2025 - 20:08
ފ. ނިލަންދޫގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ނިލަންދޫގައި ޓޫރިޒަމް ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 13،300 އަކަފޫޓުގެ ބިމުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 20 ނޮވެމްބަރުގައި މިނިސްޓްރީއަށް ބީލަން ހުށަހަޅަން ހުޅުވާލާފައިވާ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި ބީލަމާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އަންނަ މަހުގެ 5 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލްއަށް ނަމާއި އީމެއިލް އެޑްރެސް އާއި ގުޅޭނެ ނަމްބަރެއް ހިއްސާކުރަން ވާނެ އެވެ.
ބީލަން ފޮތް ގަތުމަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީގެ ވެބްސައިޓުންނެވެ. ބީލަން ފޮތް ލިބޭނީ މިއަދުން ފެށިގެން ނޮވެމްބަރު 1 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އާ ދެމެދު ވެލާނާގޭގައި ހުންނަ މިނިސްޓްރީގެ ރިސެޕްޝަނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަންމާ
18 September 2025
އަކަފޫޓަކަށް 4 ޑޮލަރު ، 13300 އަކަފޫޓު، މަހަކު 53200.00 ޑޮޅާޜޫ ހުސް ބިމަކަށް ދައްކަން އަންނާނީ ކާކު، އެންމެ ޕްރައިމް މާފުށީގަވެސް ހަދާ ނިމްމާފަ ތީގެ ދެގުނަ އަގުހެޔޮކޮށް ކުއްޔަށް ދޭ. ޓޫރިޒަމް ދަސް ސެކްޓަރ ދަސްކުރޭ ފުރަތަމަ.
ކޮއިފޫޅު
18 September 2025
މަންމާ. ތަންކޮޅެއް ބަލާލަންވެއްޖެއެއްނު. 4 ޑޮލަރު ދައްކަންޖެހެނީ އަހަރަކު އަކަ މީޓަރަށް. ސާފުވެއްޖެ؟
ކޮއްކޮ ވައުދު ބޭބެ ވައުދު
18 September 2025
އެއާރ ފޯޓު ހުޅުވީތޯ ؟ އަވަހަށް އިންޓަރނޭޝަނަލް ކޮއްލާފަ އެއްކަލަ މީހާއަށް ސީ ދެންކަމެއްނުކުރީމަ ނުވަތަ ނުވީމަ އަތުލާރަނގޅުބަދަލެއްދިނީމަ ރައްޔިތުން އުފާވާނީ.
ނިލަންދެ
18 September 2025
ފޮރިން މިނިސްޓްރީގެ ބެލުމުގެ ދަށުން ގްރީން ޓެކްސް ފަންޑުން ތިކަން ކުރަންފެނޭ
ރަންބި
18 September 2025
އަނެއްކާ ބޯކާލީ. ނިލަންދޫމީހުން ނިކަން ފަސޭހައިން ބޯކާލެވޭނެ ދީނާއި ގައުމަށްޓަކައި.
1828
18 September 2025
މިހާރު ސައުދާ ތިރަށުގައި އަޅަންފެށި އެއަރޕޯޓް ނިމުނީ ތަ؟