މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިންގެ މަޖިލިސް ދޮށުގައި މުޒާހަރާ ކުރަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
19 ސެޕްޓެމްބަރ 2025 - 19:08
ރާއްޖޭގައި މީޑިއާގެ މިނިވަންކަން ނެގެހެއްޓުމަށް އިނގިރޭސިވިލާތުން ގޮވާލައިފި އެވެ.
ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ އަހަރު ބޭއްވި ސަމޯއާ ސަމިޓްގައި ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ މެދުގައި ބޭއްވި ބައްދަލުވުމުގައި އިނގިރޭސިވިލާތާއި ރާއްޖެ ހިމެނޭ ގޮތަށް އެކި ގައުމުތަކުގެ ލީޑަރުން ވަނީ ޑިމޮކްރަސީއެއްގައި މިނިވަން އަދި ޒިންމާދާރު މީޑިއާއެއް އޮތުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލާފައި ކަމަށެވެ.
އެހެންވެ، އެކަމަށް އިހުތިރާމުކޮށް މިނިވަން މީޑިއާ ދެމެހެއްޓުމަށް ހުރިހާ ބައިވެރިންނަށް ގޮވާލާ ކަމަށް އެ ޕޯސްޓުގައިވެ އެވެ.
At @samoachogm2024, the leaders of the Commonwealth - including the 🇬🇧 and 🇲🇻 - reaffirmed the vital role of free, independent, and responsible media in democracy. We urge all partners to honour and uphold the commitments we made together.
— UK in Maldives 🇬🇧🇲🇻 (@UKinMaldives) September 19, 2025
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ކޮމިޝަންގއ ބިލާ މެދު ރާއްޖޭގެ އެތައް ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމިއްޔާ އާއި މަދަނީ ޖަމިއްޔާތަކުން ގެންދިޔައީ ކަންބޮޑުވުން ފާޅުކޮށް އެ ބިލު އަނބުރާ ގެންދަން ގޮވާލަމުންނެވެ.
މިދިޔަ އަންގާރަ ދުވަހު މަޖިލީހުގެ ތަޅުމުން ބިލު ފާސްކުރީ ވެސް ނޫސްވެރިން އިހުތިޖާޖުކުރަމުން ދަނިކޮށެވެ.
މީޑިއާ ބިލް އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ އިސްލާހުތަކާއެކު އެ ބިލް ފާސްކުރި ނަމަވެސް ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭތީ ތަސްދީގު ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލާފައި ވަނިކޮށެވެ.
މީޑިއާ ރެގިއުލޭޓް ކުރާ ބިލުގައި، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށާއި އެއް އަހަރު ދުވަހުގެ ކުރީގެ މައްސަލަތައް ބެލޭ ގޮތަށް ކުރިން ބަޔާންކޮށްފައި އޮތަސް މަޖިލިހުން ބިލް ފާސްކުރީ އެ ބައިތައް އުނިކޮށްފަ އެވެ.
މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގެ މާއްދާގައި މިހާރު ބުނެފައިވާ ގޮތުގައި އެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ، އާންމުންގެ ކިބައިން މާފަށް އެދުމާ އެކު ކޮމިޝަނުން އަންގާ ވަގުތެއްގައި ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ކުށުގެ އިސްލާހު އާންމުކުރުމަށް ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިއުމަށް ބަޔާނެއް އާންމުކޮށް އަންގަން ޖެހެ އެވެ.
އެ ގާނޫނުގެ ދަށުން ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ނޫސް މަޖައްލާއަކުން ހިލާފުވެއްޖެ ނަމަ، މައްސަލައިގެ ކުޑަ ބޮޑުމިނަށާއި ގާނޫނާ ހިލާފުވުން ތަކުރާރުވަމުންދާ މިންވަރަށް ރިއާޔަތްކޮށް ފިޔަވަޅު އަޅާނެ އެވެ. އަދި ނޫސްތައް 5000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަނބިލި
20 September 2025
މިނިވަން ނޫސްވެރިކަމަށް ތާއީދު! ޔޫކޭ ހަގީގަތުގައި ވެސް ޚިޔާލުފާޚުކުރުމުގެ މިނިވަންކަން އޮވޭތޯ؟ މިއީ ކުރެވޭ ސުވާލެއް. ތިމާމެން ވުޖޫދޔުކުރި ޔަހޫދީ ދައުލަތާ ދެކޮޅަށް، ފަލަސްތީނު ރައްޔިތުންނަށް އިންސާފު ހޯދުމަށް ޔޫކޭ މަގުތަކުގައި ހިނގާ މުޒާހަރާތަކުގެ ބައިވެރިން ހައްޔަރުކުރަނީ ވެސް ޑިމޮކްރަސީއާއި ޚިޔާލުފާޚުކުރުމުގެ މިނިވަންކަމުގެ ތެރެއިންތޯ؟ ނޫނީ އެހެންމީހުންނަށް ލެކްޗަރު ދޭން ބަލާއިރު ތިމާމެންވެސް ތިބެނީ ވަކި ބައެއްގެ އަޚުވެތިވެފައި ނޫން ހެއްޔެވެ.
ޛޖޖޖޖޖ
20 September 2025
ޔޫކޭގަ މުޒާހަރާ ކުރާމީހުން ޖަލަށް ލަނީ. އެކަމަކު މިގައުމަށް ގޮތްކިޔަން ނުކުތީދޯތި. ޙިތުން ދުނިޔޭގެ ވެރިންނޯ.
އަހުމަދު އަލިމަނިކު
20 September 2025
އެއްކަލަ މީހުން ދޯ ؟ ފަލަސްތީނުގެ ނަން ކިޔަސް ރޫރޫ އަޅާ މީހުން !!! އެހެން މީހުންނަށް އުޅެންވީ ގޮތް ކިޔާދޭން ކޮން ބައެއް ؟
މަ ބުނީ
20 September 2025
ހާދަ ހެޔޮފުޅު ރައީސްއެކެވެ. އިއްޒައިތެރި ރައީސްއެކެވެ. ރީތި ރައީސްއެކެވެ. ނަލަފުޅު ރައީސްއެކެވެ. ތިއްތި ރައީސްއެކެވެ. ފެނުމުންނޭ ހިތަށްލިބެނީ އުފާވެރިކަށް ، ވީހާއިވައުދުން ލިބޭތީ ފުށާއި ހަނޑޫ ހަކުރު ތުރުކީވިލާތުން. ލިބޭފަރުވާ ޑުބާއީ ބެންކޮކުން. ކަނީ މަގޭ ބޭހޭ ވިލާތުމޮޅު އަދި އެމެރިކާއިންގެންނަ، ދެކޭށެއެދެނީ ތާއަބަދު ނިމުމެއްނުވާގޮތުގައި ރައީސްއާއި މިވެރިކަން މިއޭ ރޫހާއި އުއްމީދަކީ ދިނިއެއިންދެކޭ އަބަދުވެސް މަގޭ ސާބަހޭ އައްސަރިބަހުން ރައީސަށް މަގޭ
އެއްޗެއް
20 September 2025
އެމެރިކާގަ މިހާރު އެބައުޅޭ ޓްރަމްޕާ އިދިކޮޅު ނޫސްތަކުގެ ލައިސަންސް ބާތިލް ކުރަން އެޔައް ނުކެރުނު އެއްޗެއް ބުނާކައް
ރަސްރަހަ
20 September 2025
ގާޒާގެ ވާހަކަ ދައްކާތީ ނޫސްވެރިޔާ އަދި ކުރީގެ މަޝްހޫރު އިނގިރޭސި ފުޓުބޯޅަ ތަރި ގެރީ ލިންކްލަރ ޔޫކޭގެ އެންމެ ބޮޑު ބްރޮޑްކާސްޓަރ ބީބީސީއިން ކަނޑާލިއިރު ޔޫކޭ ސަރުކާރު ކޮބާ؟
ޞާލިޙް
20 September 2025
ނޫސްވެރިކަމުގެ ފާހަކީ މުސްލިމް ޤައުމުގައި އެއްމެހާ އަފުރާދުންގެ ޢަބުރު ނަގާލުން ކަމުަގައި ނޫސްވެރިންނަށް ޤަބޫލު ކުރެވޭނަމަ ދައުލަތުގެ ޒިންމާއެއް އެފަދަ ކަންކަން ބެލެހެއްޓުމަށް ގޮތްތަކެއް ކަނޑައެޅުން. އަޅުގަނޑުމެން ކުރާ ރަނގަޅު ކަންކަމުގައިﷲ ތަޢާލާ ބަރަކާތް ލެއްވުމަށް އެދެން.
ފިޔާޒ
20 September 2025
މިނިވަންނޫސްވެރިކަމޭކިޔަން ލަދުހަޔާތްކޮބާތޯ..ގާޒާގެ އެތަށްނޫސްވެރިންނެތް ދިރިތިއްބާއަންދާއަޅިޔަށްހަދާއިރު ކަލޭމެންނަށް އެންމެއެއްޗެއްނުބުނެވޭ..މިއީ މިނިވަންމުސްތަޤިއްލު ޤައުމެއް..އެތެރޭގެދާޚިލީކަންތަކާނުބެހި މަޑުންތިބޭ..ބޭނުންއެއްޗެއްނުކިޔޭނެ..ބޭނުންހާއެއްޗެއް ނުލިޔެވޭނެ.
ދޮން
20 September 2025
ކޮސް ދިވެހިން މިއަށްވެސް އަތް ޖަހާނެ ، ފަލަސްތީނު އެތަށް ސަތޭކަ ނޫސްވެރިން ރޯމާ ދުވާލު މަރާ ހުސްކުރި އިރު ކޮބާތޯ މިބައިގަނޑު ، ދައްކަވަން ހުރިތަނެއް ދައްކަވާނެ
ޢަލީ ކުރުސީ
19 September 2025
ތިމާމެންގެ އަމިއްލަ މީޑިޔާތަކުން އިޒްރޭލާއި ދެކޮޅަށްއެއްޗެއް ބުނުން މަނާ! ފަލަސްތީނުގެ ޤަތުލްޢާންމު މިލަފްޒް ކިއުންވެސް މަނާ! އަހަރެމެންނަށް ރަގަޅުގޮތް ބުނެދެވޭ ފެންވަރުގައި ތިބި ބައެއް ނޫން އިނގިރޭސީންނާއި ހުޅަނގަކީ. އެމް.ޑީ.ޕީ ދުވާނީ ތިޔަވެރިންގެ ފަހަތުން.