ސްޕްރީމް ކޯޓުގެ ހުސެއިން ސަލާހުއްދީން މާލަމް.
19 ސެޕްޓެމްބަރ 2025 - 19:34
ސްޕްރީމް ކޯޓުގެ އެކި މާލަންތަކަށް ކުރީގެ އުއްތަމަ ފަނޑިޔާރުންގެ ނަމުން ނަން ދީފި އެވެ.
ފެހި ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ސުޕްރީމް ކޯޓެއް އުފެދުނީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު އެވެ. އިއްޔެ އެ ކޯޓަށް 17 އަހަރުވުމާ ގުޅިގެން އެ ކޯޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކުރިން އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ނިސްބަތްކޮށް ހާއްސަ ނަންތަކެއް އެ ކޯޓުގެ އެކި މާލަންތަކަށް ދީފައިވާ ކަމަށެވެ.
17ވަނަ އަހަރީ ދުވަހާ ގުޅިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މާލަމްތަކަށް ކުރިން އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ނިސްބަތް ކުރައްވައިގެން ޚާއްޞަ ނަންތަކެއް ވަނީ ދީފައެވެ. 1/2 pic.twitter.com/XJgNk3h70p
— Supreme Court of the Maldives (@SCMaldives) September 18, 2025
ސުޕްރީމް ކޯޓުން ބުނި ގޮތުގައި އެ ކޯޓުގެ ޝަރީއަތުގެ މާލަމަށް ދީފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ފަލީލަތުއްޝައިހް ހުސެއިން ސަލާހުއްދީންގެ ނަންފުޅާ ގުޅުވައިގެން ހުސައިން ސަލާހުއްދީން މާލަންގެ ނަމެވެ. އަދި ފަނޑިޔާރުން ހުކުމްތަކާ މެދު މަޝްވަރާ ކުރައްވާ ޑެލިބަރޭޝަން ރޫމަށް ނަން ދީފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ޖަމީލު ދީދީގެ ނަންފުޅާ ގުޅުވައިގެން މުހައްމަދު ޖަމީލް ދީދީގެ މާލަންގެ ނަމެވެ.
ކުރީގެ ރިޔާސީ ގަނޑުވަރު, ތީމުގޭގައި ހިންގަމުންދާ ސުޕްރީމް ކޯޓުގައި ފަނޑިޔާރުންގެ މަޖިލިސް ކުރާ މާލަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު މޫސާ ފަތުހީ މާލަމްގެ ނަން ދީފައިވާއިރު، މެއިން ހޯލަށް ދީފައިވަނީ އަބްދުﷲ ޖަލާލުއްދީން ދަރުބާރުގެ ނަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބަލް ފަނޑިޔާރު ކަލޯ
19 September 2025
އާންމުރައްޔިތުންނަށް ފަސޭހަވާ ގޮތަށް ވަ ނަންތައް ޖަހާލާތި
ލައިޓް
19 September 2025
ޤާނޫނު އަސާސީން ސްޕްރީމްކޯޓް ނުއުފެދެނީސް ކިހިނެއް އުއްތަމަ ފަނޑިޔާރަކަށް ވެވޭނީ !
އަފްރާސިބު
19 September 2025
ކުރިންވެސް އުއްތަމަ ފަނޑިޔާރުން އެބަތިބި ސަލާހުއްދީނުގެ ކުރިންވެސް.
މާދޮށީމަގާމެއް
20 September 2025
ޤާނޫނުއަސާސީން ސުޕްރީމްކޯޓު އުފެއްދުމުގެ މާކުރީންވެސް މިރާއްޖޭގައި އުއްތަމަފަޑިޔާރުގެ މަގާމުއޮވޭ. އުއްތަމަފަޑިޔާރުގެ މަގާމުގައި ބޭފުޅަކުނެތި ދުވަސްތަކެއް ދިޔުމަށްފަހު އެމަގާމަށް އިސްކުރެވުނީ އަލްއުސްތާޛު މޫސާފަތުޙީ (ރަޙިމަހުﷲ). އޭރުއްސުރެ ހައިކޯޓުގެ އުއްތަމަފަޑިޔާރު ހުންނަވާ. ސުޕްރީމްކޯޓް އުފެދުމުން އުއްތަމަފަޑިޔާރު ހުންނަވަނީ ސުޕްރީމްކޯޓުގައި. އުއްތަމަފަޑިޔާރުގެ މަގާމަކީ ޤާނޫނުއަސާސީއަށްވުރެ މާ ދޮށީ މަގާމެއް.
ސަސި
19 September 2025
ކުރާނެ ކަންކަން ހުސްވީތަ؟ ޕެންޑިންގަ މައްސަލައެއްވެސް ނެތީދޯ