ޚަބަރު / މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން

މީިޑިއާ ކޮމިޝަންގެ ވަގުތީ ކޮމިޓީ އެކުލަވާލައިފި

މީޑިއާ ރެގިއުލޭޓް ބިލް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާ ކުރާއިރު، ބައެއް ނޫސްވެރިން އެ މަސައްކަތަށް ސަމާލުކަން ދީގެން.---ފޮޓޯ: މިހާރު

21 ސެޕްޓެމްބަރ 2025 - 11:00

3 comments

މީޑިއާ ރެގިއުލޭޓް ކުރުމަށް މިދިޔަ ހުކުރު ދުވަހު ސަރުކާރުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ދާއިމީ މެމްބަރުން އައްޔަން ކުރެވެންދެން އެ ކޮމިޝަން ހިންގާނެ ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އެކުލަވާލައިފި އެވެ.

ރައްޔިތުންގެ މަޖިލިހުން މިދިޔަ އަންގާރަ ދުވަހު ފާސްކޮށް، މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގުކުރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އިންތިގާލީ މަރުހަލާ ހިންގާނެ ފަސް މެމްބަރުންގެ ގޮތުގައި ސިވިލް ސާވިސް ކޮމިޝަނުން އައްޔަންކުރީ:

1- އަލީ ޒަކީ، ޑިރެކްޓަ ޖެނެރަލް/ ސްޕޯޓްސް މިނިސްޓްރީ

2- އަހުމަދު މައުސޫމް، ޑިރެކްޓަ ޖެނެރަލް/ ސިޓީސް މިނިސްޓްރީ

3- އާމިނަތު ނަސީރު، ޑިރެކްޓަ ޖެނެރަލް/ އިސްލާމިކް މިނިސްޓްރީ

4- އާމިނަތު ޝާހިދާ، ޑިރެކްޓަ ޖެނެރަލް/ އިކޮނޮމިކް މިނިސްޓްރީ

5- އިމާދު މުހައްމަދު، ޗީފް ކޯޕަރޭޓް އެގްޒެކެޓިވް (ގައުމީ އަރުޝީފު، ޔޫތު މިނިސްޓްރީ)

މީޑިއާ ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން އެ ކޮމިޝަންގެ ދާއިމީ މެމްބަރުން އައްޔަން ކުރެވެންދެން އެ ތަން ހިންގާނީ ސީއެސްސީން އައްުޔަންކުރާ ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.

އެ ފަސް މެމްބަރުން ވާން ޖެހެނީ ސިވިލް ސާވިސް ހިމެނޭ ދާއިރާތަކުގެ އޮފީސްތަކުގައި މަސައްކަތް ކުރައްވާ ޑިރެކްޓަ ޖެނެރަލުން ފެށިގެން މަތީ މަގާމުތަކުގެ ބޭފުޅުންނަށެވެ.

ގާނޫނުގައިވާ ގޮތުން ކޮމިޝަންގެ ވަގުތީ ކޮމިޓީގެ ރައީސާއި ނައިބު ރައީސް ކަނޑައަޅާނީ އެ ފަސް މެމްބަރުންގެ ތެރޭގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ވަގުތީ ކޮމިޓީ އަށް ކުރެވޭނެ މަސައްކަތްތައް:

1- ކޮމިޝަންގެ އިދާރީ މަސައްކަތްތައް

2- ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުން

3- މީީޑިއާތައް ރަޖިސްޓަރީ ކޮށްދިނުމަށް ހުށަހާ ހުށަހެޅުންތަަކަށް ގޮތްތައް ނިންމުން

ވަގުތީ ކޮމިޓީ އަށް ނުކުރެވޭނެ ކަންކަން:

1- ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކާއި ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަނުންނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރިން ބަލަން ފަށައި، ނުނިމިވާ މައްސަަލަތައް ބަލައި ގޮތް ނިންމުމާއި ފިޔަވަޅު އެޅުން

2- މީޑިއާތަކުގެ ރަޖިސްޓަރީ ބާތިލްކުރުން

ގާނޫނުގައި ބުނެފައިވާ ގޮތުން ވަގުތީ މެމްބަރުން އައްޔަން ކުރާތާ 30 ދުވަހުގެ ތެރޭގައި ދާއިމީ ކޮމިޝަން އެކުލަވައިލަން ޖެހެ އެވެ.

މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ ދާއިމީ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރުން އައްޔަން ކުރަން ޖެހެނީ ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލިހުންނެވެ. ބާކީ ހަތަރު މެމްބަރުން އިންތިހާބު ކުރަނީ މީޑިއާތަކުގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ކޮމިޝަންގެ ހުރިހާ މެމްބަރުން ވެސް ވަކި ކުރުމުގެ ބާރު ގާނޫނުން ދީފައި ވަނީ ރައްޔިތުންގެ މަޖިލިހަށެވެ. އަދި ކޮމިޝަންގެ ރައީސް އައްޔަން ކުރަން ގާނޫނުގައި ކަނޑައަޅާފައި ވަނީ ރައްޔިތުންގެ މަޖިލިހުންނެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ރެގިއުލޭޓް ބިލްގައި ފުރަތަމަ އޮތީ ވަކިވަކި ނޫސްވެރިން ވެސް ޖޫރިމަނާ ކުރެވޭ ގޮތަށެވެ. އެކަމަކު، ފަހުން ވަނީ ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި އިސްލާހުތަކާ އެކު، ވަކިވަކި ނޫސްވެރިންގެ ޖޫރިމަނާ ބައި އުވާލައިފަ އެވެ. އެކަމަކު، ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ނޫސްތަކާއި މަޖައްލާތަކުން ހިލާފު ވެއްޖެ ނަމަ 5،000ރ އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.

މައްސަލަތައް ބަލާ ދުވަސްވަރު އެ މީޑިއާއެއްގެ ރަޖިސްޓަރީ ހިފެހެއްޓޭ ގޮތަށް އޮތް މާއްދާ ވެސް ވަނީ ފަހުން އުވާލައިފަ އެވެ. އަދި ކުރީގެ މައްސަަލަތައް ބެލޭ ގޮތަށް އޮތް މާއްދާ ވެސް ފަހުން އުވައިލި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ އިސްލާހުތަކާ އެކު، ރައްޔިތުންގެ މަޖިލިހުން މީޑިއާ ބިލް ފާސްކޮށް ގާނޫނަކަށް ހެދި ނަމަވެސް ނޫސްވެރިންގެ ކަންބޮޑުވުންތައް އަދިވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ނޫސްވެރިކަން ހަނިކުރެވޭ މާއްދާތައް ހިމެނުމާއި ކޮމިޝަންގެ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް ދީފައި އޮތުމާއި މަޖިލިހުން ބޭނުންވެއްޖެ ނަމަ ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރެވޭނެ ގޮތް ހަދާފައި އޮތުން ހިމެނެ އެވެ.

3 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 0%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 68%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަމްހީދު ގާސިމް

21 September 2025

ބާރު ދައްކައިގެން ދޮގުހަދަމުން ދުވި ނޫސްތައް ކޮބައިތޯ

The name is already taken The name is available. Register?

އަންދަލޫސިޔާ

21 September 2025

ކޮމިޓީ އެއޮތީ ސަރުކާރު ވަޒީފާގައި ތިބޭ މީހުންގެ ކޮމީޓީއަކަށް ވެފަ. ދެން ކިހާ އިންސާފުވާނެ!

The name is already taken The name is available. Register?

ކަޅު ފުތާ

21 September 2025

ޢެކި އެކި ކޮމިޝަން އުފެއްދީމާ ބަޔަކަށް މުސާރަ އާއި އިނާޔަތްތަ ލިބެމުން ދާނެ! ކޮމިޝަނުގެ އަސްލު މަގުޞަދު ހާސިލުވުމަކީ ވަރަށް ނާދިރު ކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454