ރައީސް ޑރ.މުހައްމަދު މުއިއްޒު މ.މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
21 ސެޕްޓެމްބަރ 2025 - 23:36
މުޅި ރާއްޖެ ޑިޖިޓަލައިޒްކުރަން ސަރުކާރުން ހިންގާ "މޯލްޑިވްސް 2.0" މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓްގައި އިސްކަން ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ،
މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށްޓަކައި ކޮންމެ ރަށެއް ތަރައްގީވާން ޖެހޭނެ ކަމަށެވެ. ތަރައްގީ ވާން ޖެހޭނީ ހުރިހާ ދާއިރާއަކުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެކަން ހާސިލުވުމާ އެކީގައި މިހާރު މި އޮތް، ބަވަނަވެފައި އޮތް ދުނިޔޭގެ ތަރައްގީގެ ހަގީގަތްތަކާ ގުޅިލާމެހިގެން އެންމެ ކުރީގައި ސަފުގައި ތިބެގެން [ކުރިއަށް] ދާން ޖެހޭނީ. އެހެންވީމާ މޯލްޑިވްސް 2.0 ގެ ނަމުގައި ފަށައިގެން ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމެއް ވެސް މުޅި ރާއްޖޭގައި މި ގެންދަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި އަދި މި އަންނަ އަހަރު އަޅުގަނޑުމެން ބަޖެޓު ހަދާ އިރުގައި ވަރަށް އިސްކަމެއް އެބަ ދެން މި ޕްރޮގްރާމް ކުރިއަށް ގެންދަން ވެސް."
ރައީސް މުއިއްޒު އިއްޔެ މުލަކަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި ޑިޖިޓަލައިޒް ކުރުމުގެ އެއް ބޭނުމަކީ ރައްޔިތުންނަށް ދޭ ހިދުމަތްތައް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދެވޭނެކަން ކަށަވަރުކުރުމެވެ. ހިދުމަތް ދެނީ އެންމެ ހަލުވި މިނުގައި ކަން ކަށަވަރުކުރުމާ އެކު އެފިޝަންޓްކޮށް، ކޮރަޕްޝަން ހުއްޓުވުމުގައި ޑިޖިޓަލައިޒް ކުރުމުގެ ބޭނުމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ.
"މީގެ އެންމެ ބޮޑު ނަތީޖާއަކަށް ވާނީ ކޮރަޕްޝަން ނެތިގެން ދިއުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އޮޓޮމޭޓް ކުރުމުގެ ބަދަލުގައި އިންސާނުން އަމިއްލަ އަށް ހުރިހާ ކަމެއް ކުރާ ގޮތަށް އޮތުމުން ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ސަރުކާރުގެ ފެންވަރުގައި އަދި ޕްރައިވެޓް ސެކްޓަރުގައި ވެސް އެކަން ހިނގަނީ އެގޮތަށް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސީ އެން އެން
23 September 2025
ދެން މަތިންދާބޯޓް ވިއްކާލި ވާހަކަ ސިއްރުކޮއްގެން ތިބެނިއްޔޯ. ބޯޓްގެ ދެފުއް އެއްފަހަރާ ނުފެންނާތީތަ؟
ނާޑުވާ
22 September 2025
މި އަހަރުގެ ބަޖެޓުގަ އެބްމެ އިސްކަން ދިނީ ބޯހިޔާވަހި ކަމަށޯ. ކޮބާތޯ ކުރެވުނު ކަމަކީ އަހަރުގެ ބާކީ އިނީ އެންމެ ކުއާޓަރ އެއް.
އަބްޑޫޅް +
22 September 2025
ޙޫމް..... ދިވެހިރާއްޖެ 2.0ޒ
އ.ނ.ތ
22 September 2025
ތިކަން އެންމެ ރަނގަޅަށް ކުރެވޭނީ، ބޭނުން ކުރަން ތިބި މީހުނަށް ފަހުމް ވާނެ ބަހަކުން ހުރުމުން. މާނައަކީ ދިވެހިބަހުން ހުރުމުންނޭ، އިންގިރޭސިން އެކަނި ހުރުމުން ތިކަމެއް ނުވާނެ.
މަބުނީ
22 September 2025
މަނިކުފާނުއެވެ. ފުލުހުންގެ ޚިދުމަތުގެ ، ޚިދުމަތް ރަނގަޅުކުރާކަށް ނުވޭތޯއެވެ. 2.0 އަށް ގެންދަން އުޅޭ އިރު އަދިވެސް އެތަނުގެ ޚިދުމަތް ދޭންތިއްބަވާ ބޭފުޅުންގެ ކަސްޓަމަރ ކެއާ އޮތީ އޮންނާނެ ތާކުއެވެ. 2.0 އަށް ތަރަށްޤީ ވާން އުޅޭ ގައުމެއްގައި މިހާހިސާބަށް ދިޔައިރުވެސް ޓޯޔާޑަށް ގުޅަން އޮތީ އެންމެ އޫރިދޫ ނަމްބަރެކެވެ. ގުޅެވީ 200 ފަހަރުން އެއްފަހަރުއެވެ. އެހާވަރުން ގުޅާއިގެންހޯދާ ވަޔަލޭޝަން ނަމްބަރަކާއި ، ސަވާރީ ޕޭއަކުން ބުނާ އެއްޗަކާއި ދިމަލެއްނުވެއެވެ.
ގެދޮރޭ
22 September 2025
މަނިކުފާނު ސިވިލްސާރވަންޓުންގެ މުސާރަ ބޮޑުކުރުމުގެ ކަންތައް ތަންފީޒު ނުކުރައްަނީ ބަޖެޓުގައި ނުހިމަނާތީތޯ؟ ގައިމު ފާއިތުވެ ދިޔަ ދެ ބަޖެޓުގައިވެސް ކޮންމެ އަހަރަކަށް 5 މިލިއަން ރުފިޔާ ސިވިލްސާރވަންޓުންގެ މުސާރަ ބޮޑު ކުރުމަށްޓަކައި ހިމެނި. އެހެންވީމާ އިތުރުފުޅު ހައްދަވަން ކޮންކަމެއްތޯ އޮތީ. ބަޖެޓްކޮށްފަ ތަންފީޒު ނުކުރީމަ އެ ވީ.
1206
22 September 2025
މޯލްޑިވްސް 2.0 ގާއިމުކުރުމަށް ހިނގާނެ ޚަރަދު، އެއަށް ފަންޑުކުރާނެ ގޮތެއް ސަރުކާރުން ހާމަކޮށްފައި ނެތް. މިހެން ކުރެވޭ ކޮންމެ ކަމަަކީ ކޮރަޕްޝަނަށް މަގު ފަހިވާ ކަންކަން. ކޮރަޕްޝަން ނައްތާލަންވެސް ޖެހެނީ ކޮރަޕްޓްވާން ތޯ؟ އަޖައިބެއް.
ރައްޔިތުމީހާ 2.0
22 September 2025
މޯލްޑިވްސް 2.0 ގައި އެޕަލް ޕޭ، ގޫގްލް ޕޭ ފަދަ ހިދުމަތްތައް ހިމެނޭތަ؟ އަނެއްކާ ތި މޯލްޑިވްސް 2.0 ގައި އަހަރުމެން ކަހަލަ ތެކްނޮލޮޖީއަށް ކޮށި، މީހުންނަށް ޑީ.އެން.އާރަށް ގޮސް ނުވަތަ ރަށުކައުންސިލަށް ގޮސް އައިޑީކާޑު ހެއްދޭގޮތަށް ކަންކަން ބަހައްތަދެއްޗޭ! އެންމެންނަކީ ސްމާރޓް ފޯނާއި ކޮމްޕިއުޓަރަށް އެހާ މޮޅުމީހުންނެއް ނޫންކަން ދަންނާތި!
ދޭއް
22 September 2025
ވޯޓު ލާންވާއިރަށް ކޮންމެހެން ހުންނަންޖެހޭ ކަމެއް
ހާސަރު
22 September 2025
އިސްކަންދޭނަމޭ ބުނާއިރު ސަރުކާރުގެ ސަބްމެރިން ކޭބަލުގެ މަސައްކަތް މިސަރުކާރު އައިފަހުން އެއޮތީ ހުއްޓާލާފަ މިލިއަން ޑޮލަރގެ ގެއްލުން ވާންއެދަނީ!؟ ޢެކޭބަލް އެއީ 2.0 ވެސް އަދި އާއްމުންނަށްވެސް އަގުގެޔޮ އިންޓަނެޓަށް އޮތް އެންމެބޮޑު އުއްމީދު.