ކުޑަހުވަދޫގައި ހިންގާ އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސްރޫމެއްގައި ކިޔަވައިދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 ސެޕްޓެމްބަރ 2025 - 13:22
ޓީޗަރުން ލިބުން ދަތި ރަށްރަށުގައި މަސައްކަތްކުރަން އެއްބަސްވާ ދަރިވަރުން، ފުރަތަމަ ޑިގްރީއަށް ކިޔަވާއިރު ދޭ ސްޓައިޕެންޑަށް މިއަދު ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޓީޗަރުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމްގެ ދަށުން ވަކި ދާއިރާތަކުން ރާއްޖޭގެ ޔުނިވާސިޓީ އަދި ކޮލެޖުތަކުގައި ޓީޗިން ޑިގްރީއަށް ކިޔަވާ މީހުންނަށް ސްޓައިޕެންޑުގެ ގޮތުގައި މަހަކު 1،500ރ. ދޭނެ ކަމަށެވެ.
އެގޮތަށް ސްޓައިޕެންޑު ދިނުމުގައި އިސްކަންދޭނީ ޓީޗަރުން ލިބުން ދަތި ރަށްރަށުގައި މަސައްކަތްކުރަން އެއްބަސްވާ މީހުންނަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ސްޓައިޕެންޑު ދިނުމުގެ ޝަރުތުތަކުގެ ތެރޭގައި ޕްރައިމަރީ، އިސްލާމް ނުވަތަ ދިވެހި މާއްދާ ކިޔަވައިދިނުމަށް ތަމްރީނުވާ ކޯހަކަށް ވާންޖެހެ އެވެ. އޭގެ އިތުރުން، މިދިޔަ ޖެނުއަރީގެ ފަހުން ކިޔަވަން ފެށުމާއި 40 އަހަރަށް ވުރެ ހަގު މީހަކަށް ވާންޖެހެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ މުސްތަގުބަލުގައި ކިޔަވައިދިނުމުގެ ރޮނގުން ކުރިއަށް ދާން ބޭނުންވެގެން އޭލެވެލް ފަށާ ދަރިވަރުންނަށް ވެސް 1،500 ރުފިޔާގެ އެލަވެންސެއް ދިނުމަށް ނިންމައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު މީގެ ކުރިން ވިދާޅުވީ މި މަހުގެ ތެރޭގައި އޭ ލެވެލް ފެށި ދަރިވަރުންގެ ތެރެއިން ޓީޗިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް 1،500ރ.ގެ އެލަވެންސެއް ދޭން ނިންމާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖައިޔުދް
25 September 2025
އ.ނ.ތ ބޭފުޅާ އެނގިލައްވާތޯ ޓީޗަރުން ކުރާ ބުރަ މަސައްކަތް؟ އެއްވެސް ޕްރޮފެޝަން އެއް ދުނިޔޭގައިވެސް ނޯންނާނެ ނިދާ ގަޑި ފިޔަވާ 24 ގަޑިއިރު މަސައްކަތް ކުރަންޖެހޭ ޕްރޮފެޝަންއެއް ޓީޗިންގ ނޫނީ.. އަޅުގަނޑު ދަންނަ ރައްޓެހި ޓީޗަރުން ހަމަ ގަނަ ތެޅެނީ. ގެއަށް ދިޔަޔަސް ޕޭރެންޓުންގެ މެސެޖްތަކަށް ޖަވާބު ދިނުމާ، ފިލާވަޅުތަކަށް ރެޑީވެ ލެސަން ޕްލޭން ހެދުމާ، އަބަދު އެކްސްޓްރާ އެކްޓިވޮޓީ ތަކުގައި ހޮނިހިރު ދުވަހުވެސް އެމީހުން އުޅެނީ
ކަކުނިބޯ
25 September 2025
ޙަމަ ތިހެންބުނާނެ އެހެން ޕްރޮފެޝަނުންވެސް ދޮންކަލޯ. ޑޮކްޓަރުން ކޮބާ އިންޖިނޭރުން ކޮބާ އެންމެކުޑަމިނުން އައިޓީ ޓެކްނީޝަނުންވެސް ތިގެންގުޅޭ ޓިކްޓޮކް ޑައިންވިޔަސް ނިދޭތަ ..މާތްކަމޯ
ޚޮޕޭ
25 September 2025
ރައީސް ދިއްގަރު އެމްޕީ ދޫކޮއްލާފަ ރަތްމަންދޫ މެޖޯރިޓީ އެދޭފަދައިން މާލެ ސަރަހައްދައް ބަދަލު ކޮއްދެއްވާ..އެމްޕީ ދެފަޅިޔަށް ހެޔޮކޮއްފަ ދެބޯގެރި ދުއްވަނީއޭ...ނިކަމެތިންނަށް އަޅާލާށޭ އޯގާތެރި ރައީސް...
ޓީޗަރުހ
23 September 2025
ޓީޗަރުންގެ ވޯކްލޯޑް ކުޑަނުކޮށް ޓީޗަރުން ނުލިބޭނެ ކިތަންމެ ވަރަކަށް ތިޔަކަން ކުރަން އުޅުނަސް
އ.ނ.ތ
24 September 2025
ގޭގައި ބަހައްޓައިގެން މުސާރަ ދޭންވީ
ހައްގު ހޯދައިދީ
23 September 2025
މިހާރުން މިހާރަށްވެސް ރައީސްގެ އިސްނެންގެވުމަށްވިޔަސް ކުރަންޖެހޭ ކަމަކީ ޓީޗަރުން ލިބުން ދަތި ރަަށްރަށުގެ ވަޒީފާއަށް ދާ ރަށުން ބޭރު ފަރާތްތަކަށް، ޕޭ ފްރޭމްވާރކްގައި ބުނާ ރޫރަލް އެލަވަންސް ހަމަޖެއްސުން. އަދި މި އެލަވަންސަކީ ކަމުދާ ވަރުގެ އެލަވަންސަކަށް ހެދުން. އުނގެނުމުގެ ހައްގަކީ ކޮންމެ ކުއްޖަކަށް ލިބެންޖެހޭ ހައްގަކަަށް ވާއިރު ޓީޗަރުން ނުލިބޭތީ އެފަދަ ރަަށްރަށުގެ ކުދިންނަށް ގެއްލޭ ހައްގު ހޯދައިދިނުމަަށް މިއީ ހިނދުންހިނދަށް ކުރަންޖެހޭ ކަމެއް
ގޮއިދޫކޮލުން
23 September 2025
ފުލެޓަށް ކުރިމަތިލާ މީހުން ހަދާހެން ނުހަދަންޏާ ދެން ރަނގަޅު. ފުލެޓު ލިބުނީ، ކުލި ދެއްކުމާ ދެކޮޅު. ކޯސް ނިމުނީ ފިލައިގެން އެހެން ތަނަކަށް.
ސައްހާފް
23 September 2025
1500 ރުފިޔާއޭ؟ މީގެ ކުރިން 2007 އިން ފެށިގެން ރައީސް ޔާމީންގެ ވެރިކަމާ ހަމައަށް ދެމުންއައި މުސާރައާއި އެއްވަރު އެލަވަންސް. އޭރު ޝަރުތަކީ ދައުލަތަށް ޚިދުމަތް ކުރުން. މިހާރުގެ އަސާސީ މުސާރަވެސް ބޮޑު. އެހެންވިމާ ޓީޗަރުން ބޭނުންވ މާއްދާތަކާ، ޚިދުމަތް ކުރަންޖެހޭ ރަށްތަކާއެކު ޑިގްރީ މުސާރަ އެލަވަންސް ދީބަލަ. ކޯސް ފުރިހަމަ ނުކުރާނަމަ ނޫނީ ޚިދުމަތް ނުދޭ ނަމަ ފައިސާ އަނބުރާ ދައްކަން އެއްބަސްވާގޮތަށް.
ބަތްކައްކާ
23 September 2025
އެހެން ރައްރަށުގަ ކިޔަވައިދޭން ބޭނުން ޓީޗަރުންނަށް އަނގަޔާ އަތާދިމާވާގޮތަށް ބޯހިޔާވަހިކަން އޮންނަނަމާ ދާނެ މީހުން ވާނެ. ކުޑަކޮޓަރިގަނޑަކަށް 8000ރފ ދީގެން ކިހިނެއް ދެކޮޅުޖައްސަނީ