އދ. ގެ ބައްދަލުވުމެއްގައި ނަޝީދު ވާހަކަ ދައްކަވަނީ.
23 ސެޕްޓެމްބަރ 2025 - 13:55
އދ. ގެ މި އަހަރުގެ އާންމު ޖަލްސާގެ ހަވާސާގެ ބައްދަލުވުންތަކެއްގައި ރާއްޖެ ތަމްސީލުވާ ގޮތަށް ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އދ. ގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށް ފާސް ދޫކުރަން ފޮރިން މިނިސްޓްރީން ދެކޮޅު ހެދި ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުނާ ޥާހަކަތައް ފޮރިން މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.
ނަޝީދުގެ އޮފީހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ސަރުކާރު ނުރުހުނަސް އެ މަނިކުފާނު ރަސްމީ ހައިސިއްޔަތުން އދ. ގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށާއި އެ ޖަމާއަތުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ހުރަހެެއް ނެތް ކަމަށެވެ. އަދި ފާހާއި ޕްރޮޓޮކޯލްގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށާއި ބައެއް ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގަތް ކަމަށް ބަޔާނުގައި ވެ އެވެ.
އެ ބައްދަލުވުމުގެ ފާސް ހޯދުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ސަރުކާރުން އިންކާރުކުރި ކަމަށް ދެއްކެވޭ ވާހަކައާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އދ. ގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށް ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމަށް އެ މަނިކުފާނުގެ އޮފީހުން އެ މިނިސްޓްރީގައި ރަސްމީކޮށް އެދިފައި ނުވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ރައީސް ކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކަށް ވުމުން ކުރީގެ ރައީސުންނަށް އަރުވަން ޖެހޭ ފުރިހަމަ އިއްޒަތް ނަޝީދަށް ވެސް އަރުވަމުން ގެންދާ ކަމަށެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން، ބޭރުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ހަމަޖައްސަން ޖެހޭ އިންތިޒާމުތައް އެ މިނިސްޓްރީ އާއި އެ ގައުމުތަކުގެ ރަސްމީ އިދާރާތަކާ ގުޅިގެން މިހާތަނަށް ވެސް ހަމަޖައްސާފައިވެ އެވެ. އަދި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމުތައް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ކުރިމަގުގައި ވސް އެ މިނިސްޓްރީން ހަމަޖައްސާނެ ކަމަށް ބުންޏެެވެ.
ނަޝީދުގެ އޮފީހުުގެ ބަޔާނުގައި ބުނީ ގައުމުގެ ވެރިކަމާއި ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކުރައްވާފައިވާ ބޭބޭފުޅުން އެ ބޭފުޅަކު ނިސްބަތްވާ ގައުމެއްގެ ފަރާތުން އަދި އެ ހައިސިއްޔަތުގައި ބައިނަލްއަގްވާމީ ރަސްމީ ޖަލްސާތަކާއި ހަފުލާތަކުގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގްވާމީ ދަނޑުގެ އާދައެއް ކަމަށެވެ.
"ނަމަވެސް ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކަމާއި ކުރީގެ ރައްޔިތުންގެ މަޖިލިސް ރައީސްކަމާއި ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި މެދުދާއިރާގެ މެމްބަރުކަމާއި ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މާލޭގެ މެމްބަރުކަމާއި ކުރީގެ ގަލޮޅު އަވަށު ހިންގާ ސެކްރެޓަރީކަމުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ދިދަ އާއި ނިޝާން ޖެހި ފާހުގައި ދިވެހިރާއްޖެ ތަމްސީލު ވާނެ މަގުން އެކި ރަސްމީ ޖަލްސާތަކާއި ހަފުލާތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު އަބަދުވެސް އެދިވަޑައިގަންނަވަ އެވެ،" ނަޝީދުގެ އޮފީހުގެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެރަސޮރު
23 September 2025
ނުރަސްމީ ކޮށް އެދުނީމަތަ އެކަމާ އަޅާނުލީ, ކޮންމެ ގޮތެއް ވިޔަސް އެހެން މީހަކަށް ފަސޭހަވާނެ މަގެއް މިސަރުކާރުން ހޯދައި ނުދޭނެ ވ ވެދުން
ޔަހުޔަ
23 September 2025
ނަޝީދު ޑްރާމާ ކުޅެނީ ކަމަށް ބޮޑަށް ބެލެވެނީ
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
23 September 2025
މިހާރުވެސް ފާސްވެފަ ހުރި މީހެއް ދެން އިތުރު ފާހަކަށް އެދެންވީ ކީއްކުރަން؟؟ ސަރުކާރުން ނުޖެހޭ ހަމަ ބުނެލާއިރަށް ޒާތްޒާތުގެ ފާސް ދޫކުރާކަށް...އަދި އެވެސް ވަކިން ހާއްސަކޮށް އަންނިއަށް
ނަސީދަށް
23 September 2025
ބައިނަލް އަޤުވާމީ ގޮތުން ދިވެހި ރާއްޖެ ތަމްސީލު ކުރަން ދިވެހީންގެ ތެރޭގަ އެންމެ ގިނަ ބަޔަކު ނޭދޭ ބޭފުޅަކަށް މަނިކުފާނުވާނެކަން ކަށަވަރު. އެވަރުވެސް ނޭނގުނީތީ ދެރައީ.
އަމާ
23 September 2025
މިހާލުއިފަސޭހަ ސޯޝަލް މީޑިއާ ޒަމާނެއްގައި ކޯޓްޕަޓްލޫނު ލީ މީޙުންގެ ވަފުދެއްތަ ފޮނުވަންވީ
އަސްލީ
23 September 2025
ދެން ކޮން ހައިސިއްޔަތަކުން އެދުނީމާތޯ ނުދެވޭނެ ކަމަށް ބުނީ. ކަންކަން އޮޅުވާނުލާ އެއްކަމެއް ވެސް ކުރަން ނޭގެނީތޯ؟ ވަޓް އަ ނޭޝަން!!!
ޒަރީރު
23 September 2025
އިދުކޮޅު ފަރާތްތަކަށް ފާސްދިނީމަ ރަނގަޅު އެއްވެސް ވާހަކައެއް ނުދައްކާނެ.
ޑރ ވާންޗޯ
23 September 2025
ބައެއްކަހަލަ މީހުން އެމީހަކާ އެއިރެއްގައޮތް ސަރުކާރަކުން އެކަމެއްހަވާލުނުކުރަނީސް ދައްކާ ބޯގޯސް ނާލާއިގު ވާހަކަތަކަކީ ކޮންމެހެން ސަރުކާރުން ރައްދުދޭންޖެހޭކަމެއްނޫން. ހަމައަޅާވެސް ނުލާންހުރުން ބުއްދިވެރި ކަންކަން.
ބުއްޅަބޭ
23 September 2025
ކޮންމެވެސް އެއްފަރާތަކުން ދޮގުއެބަހަދާ! ކުރީގެ އެޓާނީ އަކު ބުނިހެން މަހުޝަރުދުވަހު ކާކުކަން އެގޭނީ!
މޫސުން
23 September 2025
ނަޝީދު އަށް އެއްގޮތަކަށްވެސް ޔޫއެންގެ އެއްވެސް ބައްދަލުވުމަކަށް ވަންނަން ހުއްދަދޭނެ ކަމެއްނެތް. މުއިއްޒުގެ ދުރުވިސްނުމާއި ޙިކުމަތުޢަމަލީގެ ބޭނުން ރަގަޅަށް ހިއްޕަވައިގެން ކުރިއަށްއޮތްތަނުގައި މިކަހަލަ ކިތަންމެކަމެއް ނަޝީދުއާއި ދޭތެރޭ ކުރައްވާތަން ފެނިގެންދާނެ! ނަޝީދުއަށް އަދި ކިރިޔާ ތިފެންނަނީ ކެޔޮގަނޑުގެ ފުލުވައް ނެއްޓުނީމާވާނެގޮތް.
މޫސުން ބަހާރު
23 September 2025
ސަރުކާރުން ހުއްދަ ނުދިނަސް ނަޝީދަށް އދ އަށް ވަދެވޭނެ . ސީވީއެފްއަކީ ދުނިޔޭގެ 74 ގައުމު ތަމްސީލްކުރާ އދ ޖަމިއްޔާއެއް އެ ޖަމިއްޔާގެ ސެކްރެޓެރީ ޖެނެރަލް އަކީ ނަޝީދު .