ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: މިހާރު
24 ސެޕްޓެމްބަރ 2025 - 13:48
ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ކެޕިޓަލް ހަރަދު ނުވަތަ ޕްރޮޖެކްޓުތަކަށް ކަނޑައަޅާފައިވާ ބަޖެޓުގެ 70 ޕަސެންޓު ބޭނުން ނުކުރާކަން ހާމަވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ހިސާބުތައް ދައްކާ ގޮތުން މި ސެޕްޓެމްބަރު މަހުގެ 18 އާ ހަމައަށް މަޝްރޫއުތަކަށް ހޭދަކުރީ 3.5 ބިލިއަން ރުފިޔާ އެވެ. އެކަމަކު، މި އަހަރުގެ ބަޖެޓުގައި ޕްރޮޖެކްޓުތަކަށް 13 ބިލިއަން ރުފިޔާ ހަރަދު ކުރަން ކަނޑައަޅާފައިވެ އެވެ.
އެހެންވެ، މިހާތަނަށް ހަރަދު ކުރެވުނީ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދުގެ ގާތްގަނޑަކަށް 27 ޕަސެންޓެވެ.
ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމެނެނީ ޕީއެސްއައިޕީ މަޝްރޫއުތަކާއި ލޯނުތައް މެދުވެރިކޮށް ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހޭދަތަކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ޕްރޮޖެކްޓުތަކަށް 8.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އަހަރުގެ ބާކީ ގާތްގަނޑަކަށް ތިން މަސް އޮތް އިރު، ޕްރޮޖެކްޓުތަކަށް ހޭދަކުރި 3.5 ބިލިއަން ރުފިޔާގެ ތެރެއިން ތިން ބިލިއަން ހޭދަކޮށްފައިވަނީ މަގު ހެދުމާއި އެއާޕޯޓު އެޅުމުގެ މަޝްރޫއުތަކަށެވެ.
މި އަހަރުގެ ބަޖެޓު ފޮތުގައި އަހަރު ދުވަހު ހިންގަން ކަނޑައަޅާފައިވާ ވަކިވަކި ޕްރޮޖެކްޓުތަކުގެ ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ. ބަޖެޓުގައިވާ ގޮތުން މި އަހަރުގެ ކެޕިޓަލް ހަރަދުތައް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ބަޖެޓުގެ ގާތްގަނޑަކަށް 35 ޕަސެންޓަކީ ޕްރޮޖެކްޓުތަކަށް ހަމަޖައްސާފައިވާ ހަރަދެވެ.
މި އަހަރުގެ މިހާތަނަށް ބަޖެޓުން 34 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 80 ޕަސެންޓު ހޭދަކޮށްފައިވަނީ އޮފީސްތައް ހިންގުމާއި މުވައްޒަފުންގެ މުސާރަ ދިނުމަށެވެ.
މި އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަކީމުލް
25 September 2025
މި ސަރުކާރުން މިހާރު މިކުރާވަރަށްވުރެ ރަނގަޅަށް ވެރިކަން ކުރެވޭނެ ތި ހުރިހާ މިނިސްޓަރުންތައް ވަކިކޮށް މިހާރު ނޫހުގެ ކޮމެންޓްތަކަށް ބަލައިގެން ވެރިކަން ކުރިއަސް. ގައިމުވެސް އިކޮނޮމިކް ކަންތައްތަކުގައި ހުންނަ ކޮމެންޓްތައް ސަރުކާރުން ކަންކުރާގޮތަށްވުރެ ހާސްބައި ރަނގަޅު.
ކަޑަބޮއް ސައީދު
25 September 2025
މަސައްކަތް ކުރުވާފަ ބިލު ކުރީމަ ސަރުކާރު ތަންތަނުން ފައިސާ ނުދީ ހުރެގެން ތިޔަ ކިޔަނީ ބަޖެޓު ބޭނުން ނުކުރެޔޭ. މީހަކު އަޅެ މޮޔައެއް ނުވާނެތަ؟؟؟
ދޮޅި ހުސޭނު
24 September 2025
މާތް ކަލާކޯ އަހަރުމެން މިއޮއްގެން ބޮލާ ފޮށާ އެޅެނީ!! ސަލާމަތެއް ނެތް!!!!
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
24 September 2025
ވެރިކަމުގެ ވައްޓަފާޅި މި މީހުންގެ އެބަ ހުއްޓޭ ނޫނީ މިއީ ރޯފިލާފަ ތިބި ބަޔަކު ހިންގާ ސަރުކާރެކޭ އަދިވެސް ހަމަ ބުނަންވީ؟؟ އެންމެ މަތިން ފެށިގެން އެންމެ ތިރިޔަށްވެސް ހަމަ އެއްވެސް ކަމެއް ނެތިއްޔޭ!! ކީއްކުރާނީ؟؟ ފަސް އަހަރު ބޭކާރު!!
މިއޮތީ
24 September 2025
ތަރައްޤީގެ ކަންކަން ނުހިންގަންޏާ މީ ކީއްކުރާ ސަރުކާރެއް؟؟؟ ބަޖެޓުގެ ބޭނުމަކީ ކޮބާ؟؟؟ ރައްޔިތުން ވެރިކަން ދިނީ ގޭގަ ނިދަން ތިބެންތަ؟؟؟ ދެންވެސް ބުނޭ ދެވަނަ ދައުރެއް ދޭށޭ!!! މީހަކު ހަމަ އަންތަރީސްވެދާނެ. މިވަރުންވެސް ރައްޔިތުން ވީ މިސަރުކާރަށް ވޯޓު އަޅަން؟؟؟
މުސްލާން
24 September 2025
އާމުދަނީ އިތުރުވަނީ %6. މުސާރައަށް ކުރާ ހޭދަވެސް އިތުރުވަނީ %6. މިއީ އަރަތެއްތަ؟ ގައިމު މުސާރައެއް ބޮޑެއްނުވޭ، އިތުރަށް ދައުލަތުގެ މުވައްސަސާތަކަށް ވަޒީފާއަށް މީހުނެއް ނުނަގާ. މިދިޔަ އަހަރާއި ބަލާފައި އިތުރުވާ އާމުދަނީގެ ދެބައިކޮށްފައި އެއްބައި މުސާރައިން އިތުރުވޭ އެބަ. ދަށްކުރަންވީ ހަރަދަކީ މިއީ. ކެޕިޓަލް ހަރަދުތައް ހުއްޓާލައިގެން، އިންތިހާއަށް ޓެކްސް ބޮޑުކުރީމާ ވިޔަފާރިތައް އިނދަޖެހޭނީ. އޭރުން ނަތީޖާ މާ ހިތިވާނެ.
ޖޯސެފް ޓާޓާ
24 September 2025
މާދަމާ ސުރުހީ އަޅާލާ އަނެއްކާވެސް ހަރަދު ކުޑަކޮއްފީމޭކިޔާފަ. ކެޕިޓަލް ހަރަދުތަައްހުއްޓާލާފަ ދެ ކެބިނެޓްހަދައިގެން ކޮންމެ ރައްޔިތަކަށް ސަރުކާރުން މުސާރަލިބޭ ވަޒީފާއެއް ހަމަޖައްސައިދީގެން އޮޕަރޭސަނަލް ކޮސްޓް ބިލިއަނުން އަރައިގެންދާއިރު ރައްޔިތުން މިތިބެނީ މުސާރަކޮޅުނަގައިގެން ކޮފީބޮއެގެން ހެވިފަ
ކުރަންޖެހޭކަމެއް
24 September 2025
ހުރިހާ ދިމާއަކުންވެސް ހަރަދުތައް ކުޑަކޮއް ދައްކަންޖެހިފައޮތް ބޮޑު ދަރަނިދައްކާ އެކުޑަކުރުމަކީ މިހާރައް އެންމެ މުހިންމު ކަންތައް. އެހެންނޫނީ ދެންޖެހޭ މުސީބާތްމާބޮޑުވާނެ.
ހުސްބެ
24 September 2025
ދަރަންޏަކީ ދަރަނި ނަގާއިރު، އަނބުރާ ދައްކަންޖެހޭނެވަރާއި އަދި ވަގުތު ކަނޑައެޅިގެން ނަގާ އެއްޗެކެވެ. އަހަރުގެ ފަހު ކުއާޓަރު ނުފެށެނީސް ދަރަނި ދައްކަން މިއަހަރަށް ކަނޑައެޅި ބަޖެޓު ފަހަނައަޅައި ދިޔައީމާ އޭގެ މާނައަކީ، ބަޖެޓުކުރުމުގައި ގޯސްތަކެއް ހުރިކަމެވެ. ދެން އޭގެ މައްޗަށް، ކެޕިޓަލް ހަރަދު ހުއްޓާލީމާ ދުރުރާސްތާގައި ލިބޭނީ ގެއްލުމެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް މި ފެންނަނީ، މި ސަރުކާރަށް ތަންދޮރު ނޭނގޭކަމެވެ.
ނާޑުވާ
24 September 2025
34 ބިލިއަން ރުފިޔާގެ 80 ޕަސެންޓް އޮފީސް ހިންގުމާ މުސާރަޔަށް. އަހަރުގެ ހަތަރުބައިކުޅަ ތިންބައި ނިމިގެން ދިޔައީ. ގަދައޭ ދޯ. ދިވެހިން ދިވެހިންގެ ގޮތުގަ.
އިސްމާލު2.0
24 September 2025
ސުރުހީ ރަނގަޅުކޮށްލާ. ރަނގަޅު ގޮތަކީ އުމްރާނީ ތަރައްގީއަށާއި ހަރުމުދާ ގަތުމަށް ބަޖެޓުކުރި އަދަދާއި ގާތަށްވެސް ހަރަދެއް ނުކުރޭ. ނުވިތާކަށް ސަބްސިޑީ ރިފޯމްނުވެ ބަޖެޓުކުރި އަދަދު ފަހަނައަޅައި ގޮސްފި. އަދި ލޯންތަކަށް ދައްކަން ބަޖެޓުކުރި އަދަދުވެސް ފަހަނައަޅައި ގޮސްފި. މިކަމުން އިނގެނީ މިއީ ވަކަ ބަޖެޓެއްކަން. އާމުދަނީއަށް ބަލާނަމަ، އިމްޕޯޓް ޑިއުޓީ އަދި ގްރާންޓްގެ އަމާޒު ހާސިލެއްވެސް ނުވާނެ. ނުވިތާކަށް، އިންކަމް ޓެކްސް ދަށްވަނީ، ވިޔަފާރިތައް ހަނާވަނީ.