ތިނަދޫގެ މޭޔަރު ސައުދުގެ ސަސްޕެންޝަށް އުވި، އަނބުރާ މަސައްކަތަށް ނުކުމެވަޑައިގަތުމުން ރަތް ދޫލައިގެ މަރުހަބާއެއް ކިޔަނީ.-- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
25 ސެޕްޓެމްބަރ 2025 - 11:22
އެލްޖީއޭއިން ހެދި އިންކުއަރީއަށް ފަހު ގދ. ތިނަދޫގެ މޭޔަރު ސައުދު އަލީ ތިން މަސް ދުވަހަށް ކުރި ސަސްޕެންޝަން އުވި މިއަދު މަސައްކަތަށް ނުކުމެވަޑައިގެންފި އެވެ.
އެލްޖީއޭއަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން، މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ސައުދު ސަސްޕެންޑުކުރީ މިދިޔަ ޖޫން 25 ގަ އެވެ. އެކަމަކު، ލާމަރުކަޒީ ގާނޫނުގެ ދަށުން، ކައުންސިލަރުން ސަސްޕެންޑުކުރެވޭ އެންމެ ދިގު މުއްދަތަކީ ތިން މަސް ދުވަސް ކަމަށް ވާތީ އެ ސަސްޕެންޝަން މިހާރު ވަނީ އުވިފަ އެވެ.
ސައުދު "މިހާރު" އަށް ވިދާޅުވީ އިންކުއަރީން ފާހަގަވާ ކަންކަން ރަނގަޅުކުރުމަށް މުއްދަތެއް ދޭންޖެހޭ ކަމަށް ގާނޫނުގައި އޮތް ނަމަވެސް، ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށްފަހު، ކަންކަން ރަނގަޅުކުރަން އެއްވެސް މުއްދަތެއް ނުދޭ ކަމަށެވެ.
އެލްޖީއޭ އިން އޭރު ބުނި ގޮތުގައި ކައުންސިލުގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފައި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް މޭޔަރާއި މެމްބަރުން އަމަލުކުރާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލާގައި އެލްޖީއޭ އިން މޮނިޓާކޮށް ފާހަގަކުރެވުނު މައްސަލަތައް ބަލާފައިވާ ކަމަށެވެ.
އެލްޖީއޭގެ ރިޕޯޓުގައި 19 މައްސަލައެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ؛
- ކައުންސިލަށް އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުނުދީ ފޮނުވާލާ މައްސަލަ
- ތިނަދޫއިން އެހެން ރަށްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް ހުށަހެޅުމުން 5،000ރ. ގެ ފީއެއް ނަގާ މައްސަލަ
- ރަށްވެހިކަން ބަދަލުކުރުމަށް ފީ ނެގުން ހުއްޓާލަން އެލްޖީއޭ އިން އެންގުމުން އެކަމަށް އަމަލުނުކުރުން
- އަތޮޅު ކައުންސިލާއި ދައުލަތުގެ އެހެން އިދާރާތަކުން ކައުންސިލުން ހޯދުމަށް އެދޭ މައުލޫމާތު ނުފޮނުވާ މައްސަލަ
- އަތޮޅު ކައުންސިލުން އަންގާ އެންގުންތަކަށް އަމަލުނުކުރުން
- ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ކައުންސިލުގެ ބިޑު ކޮމިޓީ އާއި ބިޑު އިވެލިއުޝަން ކޮމިޓީއަށް އެލަވަންސް ދިނުން
- އޭސީސީން ތިނަދޫ ކައުންސިލުން ތަހުގީގަށް ދިއުމުން އެއްބާރުލުން ނުދިނުން
- ކައުންސިލުގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވައްޓާލަން ޕޯސްޓުކުރާ މައްސަލަ
- ތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީގެ މަޝްވަރާ ނެތި ހުޅުވާލުމާއި އެކަން ނުކުރަން އެންގި އެންގުމަށް އަމަލުނުކުރުން
- ކައުންސިލުން އިއުލާނުކޮށްގެން ހަދާފައިވާ މޮނިއުމަންޓް ޕްރޮޖެކްޓްގެ ފައިސާ މޭޔަރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި އެކައުންޓަކަށް ޖަމާކުރި މައްސަލަ
ގާނޫނާ ހިލާފަށް ސަސްޕެންޑުކުރި ކަމަށް ވިދާޅުވެ ސައުދު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. އޭގެ އަޑުއެހުންތައް ވެސް ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
25 September 2025
އަޅުގަނޑުގެ އުމުރުން މިހާރު 50ހާގާތްވަމުންދާއިރު އަޅުގަނޑުގެ ތަޖުރިބާއަކީ އެއްވެސްކަމެއްގާ "ދެވަނަފުރުސަތުދީގެންނުވާނެކަން" ހާއްސަކޮށް ގަސްދުގައިކަމެއް އޮޅުވާލުން ގޯސްކޮށްކުރުން ހިޔާނާތްތެރިވުން ފަދަ މައްސަލަތަކުގައި ދެވަނަފުރުސަތުދިނުމަކީ ކުރެވޭނެކަމެއްނޫން، ސަބަބަކީ ދެވަނަފުރުސަތުލިބުނަސް އެމީހަކުއިސްލާހެއްނުވާނެ، ދެންބަލާނީ ކުރިޔަށްވުރެން ސިއްރުން ރާވައިގެން އެކަމެއްކުރެވޭތޯ، މީތަޖުރިބާ، ސައިކޮލޮޖިސްޓުންބުނެފައިވަނީ މީއިންސާނީތޮބީއަތްކަމަށް
ކޮލަމާހުއްޓާ
25 September 2025
ކޮބާ މާލެސިޓީކައުންސިލަރުންނަށް އަޅަންވީ ފިޔަވަޅުތައް.؟ އެންމެން ލޯކުރިމަތީ ރޯމާދުވާލު މާލެ ބިންތަކާ މަގުމަތިން ޕާރކިންގ ސްލޮޓްތައް ވިއްކާހުސްކުރީ ޖީބައްކަޓުލަމުން.
މޭޔަރލ
25 September 2025
ސަސްޕެންޝަން "އުވުނީތޯ" ނުވަތަ ސަސްޕެންޝަނުގެ މުއްދަތު ހަމަވީތޯ؟ ލިޔާއިރު ރަނގަޅު ލަފްޒު ބޭނުންކުރަމާތޯ!
ދެފުށް
25 September 2025
ރާއްޖޭގެ ނިޒާމުތަކަކީ ހަރުދަނާ އުސޫލުތައް ނިޒާމުތަކަށް ހެދުމެއްނޫނެވެ. ދޯހަޅި މަކަރުވެރި، ކޮރަޕްޓް ގޮތްތަކަކީ އުސޫލްތައްކަމަށް ގާއިމުކުރާ ގައުމެއްމިއީ.
އަފްރާސިޔާބު
25 September 2025
ތިޔަ ކައުންސިލުތައް އުވާލަންވީ. ސަރުކާރަށް ޖެއްސުންކުރަން ހަދާފައިހުންނަ ތަންތަން. ހަމަޖެހޭ އެއްކަމެއްވެސް ނުކުރޭ. ސަރުކާރުން ފަހަތުފަޔަށް ބުރަވެގެން ތިކަމެއްނުކުރެވޭނެ.
ޏަރީސް
25 September 2025
ކައުްނސިލަށް ފިޔަވާޅު އެޅުން ހާދަހާވާ އަވަހޭ، ކޮބާހޭ ފަޒަލް، ކޮބާ އިހްޝާން ހުސް ހޮޅި ... މީ