ކައުންސިލަރުންނަށް އިތުރަށް ދީފައިވާ މުސާރަ ދެ މަސް ތެރޭގައި އަނބުރާ ދިނުމަށް ވެސް އަންގަން ނިންމި.
ތިނަދޫ ކައުންސިލްގެ މެމްބަރުންގެ ބައްދަލުވުމެއް.
25 ޖޫން 2025 - 15:19
ތިނަދޫ ސިޓީ ކައުންސިލާ ގުޅިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ހެދި އިންކުއަރީއަށް ފަހު، އެ ސިޓީގެ މޭޔަރު ސައުދު އަލީއަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑް ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފި އެވެ.
އެ އިދާރާ އިން ބުނިގޮތުގައި، އެ ފިޔަވަޅު އެޅީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކައުންސިލް ހިންގުމާއި އެ ކަންކަން އެ މަގުން ހިނގާކަން ކަށަވަރު ކުރުމަކީ މޭޔަރުގެ ޒިންމާއެއް ކަމަށް ވާއިރު އެ ޒިންމާ އަދާނުކުރައްވާތީ ކަމަށެވެ. .
ތިނަދޫ ސިޓީ ކައުންސިލްގެ އިންކުއަރީ ހެދުމަށް މިދިޔަ މާޗު މަހު އެލްޖީއޭގެ ޓީމެއް ވަނީ ތިނަދު އަށް ގޮސް ކައުންސިލްގެ މެމްބަރުންނާ ބައްދަލުކޮށް ބަޔާން ނަގައި ލިޔެކިޔުންތައް ކައުންސިލުން ހޯދައިފަ އެވެ.
އެލްޖީއޭ އިން ބުނިގޮތުގައި އިންކުއަރީ އަށް ފަހު ކައުންސިލަށް ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ވެސް ދިނެވެ. އެ މައްސަލާގައި ކައުންސިލުން ޖަވާބުދާރީވި އެވެ.
ތިނަދޫ މޭޔަރު ސައުދު އަލީ.-- ފޮޓޯ: ފަޔާޒު އަލީ | މިހާރު
އެލްޖީއޭ އިން ބުނި ގޮތުގައި އިންކުއަރީގައި ބަލާފައި ވަނީ ތިނަދޫ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާ ކަމަށާއި ކައުންސިލުގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފައި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް އެ ސިޓީ ކައުންސިލުގެ މޭޔަރާއި މެމްބަރުން އަމަލުކުރާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލާގައި އެލްޖީއޭ އިން މޮނިޓާކޮށް ފާހަގަކުރެވުނު މައްސަލަތަކަށެވެ.
އެލްޖީއޭގެ ރިޕޯޓުގައި ވަނީ 19 މައްސަލައެއް ފާހަގަކޮށްފައިވެ އެވެ.
- ކައުންސިލަށް އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުނުދީ ފޮނުވާލާ މައްސަލަ.
- ތިނަދޫން އެހެން ރަށްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް ހުށަހެޅުމުން 5000ރ. ގެ ފީއެއް ނަގާ މައްސަލަ.
- ރަށްވެހިކަން ބަދަލުކުރުމަށް ފީ ނެގުން ހުއްޓާލަން އެލްޖީއޭ އިން އެންގުމުން އެއަށް އަމަލުނުކުރުން.
- އަތޮޅު ކައުންސިލާއި ދައުލަތުގެ އެހެން އިދާރާތަކުން ކައުންސިލުން ހޯދުމަށް އެދޭ މައުލޫމާތު ނުފޮނުވާ މައްސަލަ.
- އަތޮޅު ކައުންސިލުން އަންގާ އެންގުންތަކަށް އަމަލުނުކުރުން.
- ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ކައުންސިލުގެ ބިޑު ކޮމިޓީ އާއި ބިޑު އިވެލިއުޝަން ކޮމިޓީއަށް އެލަވަންސް ދިނުން.
- އޭސީސީން ތިނަދޫ ކައުންސިލުން ތަހުގީގަށް ދިއުމުން އެއްބާރުލުން ނުދިނުން.
- ކައުންސިލުގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވައްޓާލަން ޕޯސްޓުކުރާ މައްސަލަ.
- ތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީގެ މަޝްވަރާ ނެތި ހުޅުވާލުމާއި އެކަން ނުކުރަން އެންގި އެންގުމަށް އަމަލުނުކުރުން.
- ކައުންސިލުން އިއުލާނުކޮށްގެން ހަދާފައިވާ މޮނިއުމަންޓް ޕްރޮޖެކްޓްގެ ފައިސާ މޭޔަރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި އެކައުންޓަކަށް ޖަމާކުރި މައްސަލަ.
ގދ. ތިނަދޫ ސިޓީ ކައުންސިލް އިދާރާ:.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭގެ އިތުރުން އެލްޖީއޭ އިން ބުނީ ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީ، ސިޓީ ކައުންސިލެއް އުފައްދާފައި ނުވިޔަސް ސިޓީ ކައުންސިލެއްގެ މޭޔަރާއި މެމްބަރުންގެ މުސާރަ އާއި އިނާޔަތް ކައުންސިލުގެ ރައީސާއި މެމްބަރުން ނެގި ކަމަށެވެ.
ސިވިލް ސާވިސްގެ ގާނޫނާ ހިލާފަށް ވޭޖް އުސޫލުން ބޭރުން މުވައްޒަފުން ނަގައި މައްސަލަ އާއި ވަކި ފަރާތަކަށް މަންފާވާ ގޮތަށް ކައުންސިލަށް ލޯންޗެއް ގަތުމަށް ޕްރޮކިއުމަންޓް ކަންކަން ކުރިއަށް ގެންދިއުމާއި އިދާރީ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން ކަންކަން ކުރުވާ މައްސަލަ އާއި އަންހެނުންގެ ކޮމިޓީގެ ރައީސް، ކައުންސިލުގެ އާންމު އިޖުރާއީ ގަވާއިދާ ހިލާފަށް އޮންލައިންކޮށް ޖަލްސާތަކުގައި ބައިވެރިވުމާއި އެލަވަންސް ނަގާ މައްސަލަ ވެސް އެ އިންކުއަރީގެ ދަށުން ބެލި ކަމަށެވެ.
އެލްޖީއޭ އިން ބުނި ގޮތުގައި އެ މައްސަލަތަކުގެ މައްޗަށް ބަލާއިރު ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރު ކުރުމަކީ މޭޔަރުގެ ޒިންމާއެކެވެ. އެހެންވެ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފަށް މޭޔަރު އަމަަލު ކޮށްފައިވާތީ ތިން މަސް ދުވަހުގެ މުއްދަތަކަށް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރަން ނިންމީ މުސާރަ އާއި އިނާޔަތް ވެސް ނުލިބޭ ގޮތަށް ކަމަށް އެލްޖީއޭ އިން ބުންޏެވެ.
މޭޔަރުގެ އިތުރުން ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ވެސް ވަނީ އެ ގާނޫނާ ހިލާފުވުމުން މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.
އެލްޖީއޭ އިން ނިންމީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކައުންސިލް ހިންގުމާއި އެ ކަންކަން އެ މަގުން ދޭތޯ ކަށަވަރު ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތަކީ ކައުންސިލަރުން ކަމަށް ވާތީ މެމްބަރު އަހުމަދު ވަހީދާއި މެމްބަރު އައިމިނަތު ނަސީމާ އާއި އަހްމީމާ އަހުމަދުގެ އިތުރުން މެމްބަރު މުހައްމަދު ޒަލީފް އަބްދުﷲ އަށް ނަސޭހަތްތެރިވުމާ އެކު، މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި އަނބުރާ ކައުންސިލަށް ދެއްކުމަށެވެ.
އެލްޖީއޭ އިން ވަނީ ތިނަދޫ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ޖީޒާ ހަސަންގެ މައްސަލަ ބެލުމަށް ފަހު، އޭނާ އަށް ވެސް ނަސޭހަތްތެރިވުމަށާއި ގަވާއިދާ ހިލާފަށް ނަގާފައިވާ އެލަވަންސް އާއި ފައިސާ އަނބުރާ ކޮމިޓީއަށް ދެއްކުމަށް އެންގުމަށް ނިންމައިފަ އެވެ.
އެލްޖީއޭ އިން ބުނި ގޮތުގައި އިންކުއަރީ ރިޕޯޓުގައި ފާހަގަކުރާ ވަކިވަކި މައްސަލަތަކާ ގުޅިގެން އެ ރިޕޯޓުގައި ލަފާދޭ ގޮތަށް އަމަލުކުރުމަށާއި ކައުންސިލްގެ އިދާރީ ސެކްރެޓަރީ ޖެނަރަލާއި އިދާރީ މުވައްޒަފުންގެ މައްސަލަ ބަަލައި އިހުމާލެއް އޮތް ނަމަ ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމަށް އެ އޮތޯރިޓީގެ ބޯޑުން ނިންމާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިލަމް
25 June 2025
އަސްތާއަސްތާ އެއްކަލަ ބިގަރު ބޮލުވަޒީރުއަށް މިއޮއްވީކިހިނެއްބާ
ގަބުޅި ކަތީބު
25 June 2025
ރިޕޯޓުން އެނގުނު ކަމަކީ ދައުލަތް ހިންގުމުގެ އާންމު މަފްހޫމުތަކާއި ޚިލާފަށް ކައުންސިލުން އަމިއްލަ ބާރުވެރިކަމެއް ހޯދައިގެން ވަކި ދައުލަތެއްގެ ސިފައިގަ ހިނގަމުން ދާކަން. ލާމަރުކަޒީ ގާނޫނަކީ ކައުންސިލްތައް ހިތުހުރި ގޮތަކަށް ހިންގަން އޮތް ހުއްޖަތެއް ނޫން. ކައުންސިލްތައް ހިންގަންޖެހެނީ ދައުލަތުގެ އާންމު މަސްލަހަތުތަކާއި ފުށުނާރާ އަދި ތަބާވާންޖެހޭ އާންމު އަޚްލާގީ މިންގަނޑުތަކާއި ހަމަތަކާއި އެއްގޮތަށް.
ހަވަރު ތިނަދޫ ބިގަރު ކައުސިލްގެ ދަތްނެތް މިޔަރު ޕްރޮފެސަރު ޑޮކްޓަރު އަލްއުސްތާޒު ރޯނުއެދުރު ސައުދު އަލީ
25 June 2025
،، އޮފީހަށްވެސް ނުލުންނާނަން އެލަވަންސްވެސް ނަގާނަން އެއްކަމެއްވެސް ނުކުރެވޭނެ. ނުކުރެވޭނެ ސަބަބަކީ މި ބިގަރު ކައުންސިލުން ބޭނުންވި ގޮތަށް ބޭނުން ބަޔަކަށް ގޯތިވެސް ދީފާ އެއޮތީ ކުރެވުނު ކަމެއް އެބައޮތްތަ. ރައްޓެހިންނާއި ތިމާގެ މީހުންނަށް ގިނައިން ޕޮއިންޓްދީގެން ގޯތި ދީފަ އެއޮތީ ލޯކަލޭ މެންގެ ހިތްވަރެއް ހުރެއްޖެއްޔާ ގޯތިތަށް އަތުލަބަ ނުވާނެ އެއްކަމެއްވެސް ސައިދުﷲ ހިލްމީ ލުލް
ވަތަންގެ ދަރި
25 June 2025
ރަޢްޔިތުންނަށް ކޮންފަދަ ބ. ކޮން ސިޓީއެޢް ކޮންކައުންސިލެޢް . އަހަރެމެން ގުދާރު ބިންދައިގެން ހޯދާ ފައިސާއިން ނަގާ ޓެކުސްފައިސާ ތިޔަބުނާ ގޮތްކުޑަ ހަޔާތް ކުޑަބަޔަކު ތަޅާ ބުރުވަނީ. އެއިން އެއްގޮލާވެސް ނުދައްކާނެ ދައުލަތަށް ފީ އިސްތައްޓެއްވެސް. މިހާރުން މިހާރަށް ތިޔަ ކައުންސިމްތަޢް އުވާލަންވީ. ކަތީބުންގެ ވެރިކަން ފައިދާބޮޑީ.
ތަކުރު...
25 June 2025
މީނައަށް ރިޕޯޓުގަ ކޮށްފައިވާ ތުހުމަތުކަށް ބަލާއިރު ހަމައެކަނި ސަސްޕެންޝަނަކުން ނުފުދޭ. ދައުލަތަށް ލިބުނު ގެއްލުން ތަކުގެ ބަދަލު ނަގަން ކޯޓަށް ދައުވާކޮށް މަގާމުންވެސް ވަކިކުރާ ހިސާބުގަ އެހުރީ.
ތެނަދ
25 June 2025
ސިޓީ ދަރަޖަހޯދައި ބޮޑު މުސާރަ ނެގުމަށް ސައްހަ ނޫން ލިޔުމެއް އުފައްދައި، ދައުލަތުގެ އިދާރާތަކަށް އެނގިހުރެ ދޮގު މަޢުލޫމާތު ދިނުމާއި ހައްގު ނޫން މުސާރަަނެގުމުގެ އިިތުރުން ތަހުގީގީ އިދާރާތަކުގެ މުވައްޒަފުންނަށް ހުރަސްއަޅާފައި ވާތީ، ހަމައެކަނި ސަސްޕެންޑްކުރުމަކުން ނުފުދޭ. އެކަންކަމަށް ޖިނާއީ ތަހުގީގު ހިންގައި ޖިނާއީ ދައުވާ ކުރަން ޖެހޭ.
އައުޓްރޭޖަސް
25 June 2025
ތިންމަހުގެ މުސާރަ ނުދީ ގޭގަ ބަހައްޓަނީއޭ؟ ތީ ކްރިމިނަލް އިންވެސްޓިގޭޝަނެއް ހިންގާފައި އޭނަ އެތަނުން ބޭރުކާވަރު ބޮޑުކަމެއް. އަހަރުމެން ކޮރަޕްޝް އެބަ ސީރިއަސްކޮށް ނަގަންތަ؟
ސައުދް އިޒު ފަނީ
25 June 2025
ނަހޫ ޕޫލީޒް ފިލްމެއް ހަދާބަލަ " ކައުންސިލް ގޯން ވައިލްޑް" ސްޓާރިން މޭޔާ ސައުދު...!
ނަގިއްޔާ
25 June 2025
ރަށްވެހިކަން ބަދަލުކުރާމީހުން އަތުން 5000ރ ނަގަނީއޭ؟ އެނަގަނީ ކޮންނަމެއްގައި، "ގްޑްބައި ޓެކްސް" އޭ ކިއާފަތަ؟ މީސީދާ ޑޭލައިޓް ރޮބަރީ
ނަން ނުބުނެވޭނެ
25 June 2025
ރަށް ވެރިކަން ބަދަލު ކުރަން 5000/- ނަގަނީ ހަމައެކަނި ތިނަދޫ ކައުންސިލަކުން ނޫން. ލ. އިސްދޫ ކައުންސިލުން ވެސް ނަގާ.
ޗަޕްޅި
26 June 2025
ގައްދޫ ކައުންސިލުންވެސް ނަގާ. އިސްދޫ ކައުންސިލަށް ކޯޓުންވަނީ ނުނެގޭނެކަން އަންގާފަ. އެހެންވީމަ މިހާރަކު ނުނަގާ.
ފަޓްލޫނު
25 June 2025
ކައުންސިލުން ދޭ ޚިދުމަތްތަކަށް އިދާރީ ފީއެއް ނެގިދާނެކަމަށް ލާމަރުކަޒީ ގާނޫނުގައި އިންނާ ތިނަދޫ ކައުންސިލާއި ގައްދޫ ކައުންސިލުން ރަށްވެހިކަން ބަދަލުވާ މީހުން އަތުން 5 ހާސް ރުފިޔާ މި ނަގަނީ ކޮންކަމަކާއިބާ. އެކަން ކުރަން މިކައުންސިލުން ކުރަނީ ކޮން ޚަރަދެއްބާ. ގާނޫނާއި ޚިލާފު އެތައް ބަޔަކަށް ތަކުލީފު ލިބޭ މިކަހަލަ ކަންކަން ގައުމުގެ ވަލިއްޔުލް އަމުރު ހުއްޓުވަން ޖެހޭ. ގާނޫނުގެ ނާޖާއިޒު ފަައިދާ ބަޔަކު ނަގާއިރު ކޮބާތަ ބާ ކައުންސިލް. ކޮބާ ޕީޖީ؟