ކުރީގެ ރައީސް ޔާމީން: ފުއްގިރީގެ މައްސަލާގައި އޭސީޕީ ރިޔާޒް ހެއްކެއްގެ ގޮތުގައި ހާޒިރުކުރަން އެމަނިކުފާނުގެ ފަރާތުން ވަނީ އެދިފައި --- ފޮޓޯ/މިހާރު
25 ސެޕްޓެމްބަރ 2025 - 11:44
ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރުކުރަން ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ގުޅިގެން ހެކިބަސް ނެގުމުގެ މަރުހަލާ ނިމި، މިހާރު އޮތީ ހެއްކާބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގަ އެވެ.
ނަމަވެސް އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލުންގެ ޓީމުން ބުނީ އެ މައްސަލާގެ ތަހުގީގުގައި، ޔާމީނާއެކު ކުރިން ދައުވާ ލިބުނު އަހުމަދު ކްރިކް ރިޒާއަށް އޭސީޕީ ރިޔާޒް ނުފޫޒު ފޯރުވި ކަމަށް ބުނާ އޯޑިއޯއެއް ފެންމަތިވެފައިވާއިރު، އެ އޯޑިއޯ ހޯދުމަށް ދައުލަތުގެ ކިބައިން އެދިފައިވާނެ ކަމަށެވެ.
މީގެ އިތުރުން އެ މައްސަލާގައި ރިޔާޒް ކޯޓަށް ހާޒިރުކޮށް ހެކިބަސް ނެގުމަށް އެދިފައިވާނެ ކަމަށް ވެސް ވަކީލުން ބުންޏެވެ. ރިޔާޒް ހެކިބަހަކީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ކުރިން އެ މައްސަލާގައި ނެގުން މުހިންމު ހެކިބަހެއް ކަމަށް ވެސް ޔާމީންގެ ވަކީލުންގެ ޓީމުން ބުންޏެވެ.
އެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ފުލުހުންގެ ތަހުގީގުގައި ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށެވެ. އަދި އެ މަނިކުފާނަށް ދައުވާ ކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދައިގެން، އޭނާއަށް ލުއިތަކެއް ދީގެން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ދައުލަތުން ބުނީ އޯޑިއޯ ހެއްކާއި ރިޔާޒްގެ ހެކިބަސް ނަގަން އެދޭ ނަމަ، އެ ހެކި ބަލައިގަތުމާ މެދު ޗެލެންޖް ކުރުމުގެ ފުރުސަތެއް ދައުލަތުން ބޭނުންވާ ކަމަށެވެ.
ފުއްގިރީގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީނާއި ވަކީލުން ބައިވެރިވަނީ
އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ބައި މިއަދު ކުރިއަށް ގެންދިއުމަށް ފަހު، ޔާމީންގެ އެ ހުށަހެޅުންތަކާ މެދު ފަހުން ގޮތެއް ނިންމުމަށެވެ. ނަމަވެސް ޔާމީންގެ ވަކީލުން އެދުނީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުން އެއްކޮށް ކުރިއަށް ގެންދިއުމަށެވެ.
އެހެންވެ، ގާޒީ ނަދީމް ނިންމެވީ ރިޔާޒް ހާޒިރު ކުރުމާއި އޯޑިއޯއާ ބެހޭގޮތުން ހުށަހެޅި ކަންކަން ދިރާސާ ކުރެއްވުމަށް ފަހު، އެކަމާ މެދު ފަހުން ގޮތެއް ކަނޑައެެޅުމށެވެ. ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ބައި މިއަދު ކުރިއަށް ނުގެންގޮސް، އަޑުއެހުން ވަނީ ނިންމާލައިފަ އެވެ.
ފުއްގިރީގެ މައްސަލާގެ އިތުރުން ވ. އާރަށް މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކުރެ އެވެ. އެ މައްސަލާގައި އެ މަނިކުފާނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރިން ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް އެ ހުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ މައްސަލާގެ އަޑުއެހުމެއް އަންނަ ހަފުތާއަށް ވަނީ ތާވަލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢިކޮނޮމިސްޓު
25 September 2025
ޜާއްޖޭގަ ޔާމީނު ފަދަ މޮލު އިކޮނިމިސްޓަކު ހުރުމުން ފުދޭ. ޙުރިހާކަމެއް މޮލައްކުރާ ޢެއްމެ މީހަކު ހުރުމުން ފުދޭ. މައްސަލަ އަކީ ޔާމީނު ނުން މީހުން ވެސް ރާއްޖޭގަ އުލޭތީ. ޢެމަނިކުފާފާއި ތަން ހަވާލުކުރަން ފެނޭ
ހޮޓްކިންގ
25 September 2025
އަދީބު މިނ8ވަންކޮށް ސިންގަޕޫރާއި ޑުބާއީގައި ބިޒްނަސް ހިންގަން ދޫކޮށްފައި ކޮންސަކަރާތެއް ތި ޖަހަނީ؟ ކުރިން ހުކުމް އިއްވި އެންމެން ހުދުކާފޫރަށްވެ ހަމަ އެކަނި ޔާމީނާ ޖައްސާލައިގެން އުޅެނީ. ޔާމީން ދެންވެސް ވެރިކަމަށް އަތުވެދާނެތީ ހާދަވަރެކޭދޯ ވަނީ؟
ބީ ފެއަރ!
25 September 2025
ބިލިއަނުން ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރި ވެފައި ވާއިރުވެސް، އެއް މިލިއަން ޑޮލަރޭ ކިޔައިގެން އެންމެ މީހެއްގެ ފަހަތުން ދުވުން ހާދަ ބޭ އިންސާފެވެ! އަނެއްކާ، ވެރިޔާ ލައިވް ޓީވީގައޭ ވިދާޅުވީ އެމަނިކުފާނަށް ކޮށްފައި ވަނީ ނުރަނގަޅު ހުކުމެކޭ! އަދި ހަމަ ވެރިޔާ ބީބީސީ އާއި އަލްޖަޒީރާ ގައި ވިދާޅު ރޔ ގެ ހުކުމަކީ ޕޮލިޓިކަލީ މޯޓިވޭޓަޑް ހުކުމެކޭ! ދެރަކަމަކީ، އެހެން ވިދާޅުވި ސަރުކާރުގެ ޕީޖީ މިހާރުވެސް އެއޮތީ ދައުވާ އުފުލާފައި!
ސުހާނާ
25 September 2025
ކުށުގެ ތުުުހުމަތުވާ މީހުންނަށް ދަޢުވާ ކުރުމާއި އެފަދަ މީހުންގެ ޝަރީޢަތްތައް ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށުގައި އޮންނަ ކަމެއް ނޫން. ޕީޖީގެ މަގާމަކީ ސަރުކާރުގެ މަގާމެއް ނޫން. އެއީ ދައުލަތުގެ މިނިވަން މުސްތަޤިއްލު މަގާމެއް. އެ މަގާމުގައި ހުންނަ މީހަކަށް ރައީސް ނުފޫޒު ފޯރުއްވައިފިނަމަ، އެކަން ވާނީ ރައީސް ކުރެއްވި ޤާނޫނާ ޚިލާފު ޢަމަލަކަށް.
ابًގިރުން
25 September 2025
ގިރާ ގިރާ ދުވަހަކުވެސް އޮލައެއްނުވި ދޯ މިފުއް ޓައްޕް. ނިމިދިޔަ ފަސްއަހަރުވެސް ހަމަ ތިބެގެން ގިރީ.
މުއްލި ކުލަމް
25 September 2025
"މލ" ސިޓިން ރޫމްގައި ޖަލްސާ ބާއްވައިގެން އެއްވެސް މީހަކަށް ވަގަކަށް ނުގޮވާ! ކިޔާފައި ހުންނާނީ، މިވެނި އެވެނި މީހުންގެ ބޮޑެތި ފައިސާގެ މުޢާމަލާތްތައް އެމްއެމްއޭގެ އެފްއައިޔޫގެ ރިޕޯޓްތައް އަހަރުވެގެންދާއިރު ވެސް ޕާކުކޮށްފައި ހުރިވާހަކަ! ދެން އެޗްޑީސީ، ފެނަކައިގެ ކުރީގެ އެމްޑީން ހިންގި ބޮޑެތި ފައިސާގެ މުޢާމަލާތާއި ބެހޭ ވާހަކަ އާއި އެމްވީ ގޭސް ޝިޕްމަންޓަށް ދެއްކި އެތަށް ހާސް ޑޮލަރަށް ގޭސް ނުލިބުނުއިރުވެސް ބޮޑުމީހާއަށް ކަމެއް ނުވާ ވާހަކަ ކަހަލަ "ބޮޑު ސިއްރު" ތަކުގެ ވާހަކަ! އަދި ބުނެލަން 1985 ވަނަ އަހަރުން ފެށިގެން ފަހަކާ ޖެހެންދެން މިނިސްޓަރުންނަށް ވެސް ވިޔަފާރި ކުރެވެއޭ! ދެންކޮން ބައިރުފިޔާ ނެތް ވާހަކައެއް؟ އެވްރީ ވަން އިޒް އިނޮސަންޓް އަންލެސް ޕްރޫވަން ގިލްޓީ!
ދުހާނާ
25 September 2025
މިނިސްޓަރުން ވިޔަފާރިކުރުން ވަރަށް ފަހަކާ ޖެހެންދެން ހުއްދަ ކޮށްފައެއް ނޯންނާނެ. އެއީ ވަރަށް ކުރިއްސުރެ ފެށިގެން ޤާނޫނަކުން މަނާކޮށްފައި އޮތް ކަމެއް.
ރާްއްޖެ 2.0
25 September 2025
މިވަރުގެ މީހަކު މީހަކު މިއުޅެނީ ޖަލްސާ ބާއްވާ ވެރިކަމަށް އަންނަ ، ލަދު ހަޔާތު ކަންފުޅެއްވެސް ނެތް 5 އަހަރު ވެރކަން ކުރިމީހަކު މިހުރީ މުޅިމާލޭގަ ހުރި އެންމެ ބޮޑު ގެ އެތަށް ބުރިޔަކަށް ހަދާލާފަ ކޮންތާކުން ހޯދި ލާރި ތަ ،
މުލޭ
25 September 2025
މިވަރުގެ މީހަކު ސިޓިން ރޫމުގައި ޖަލްސާ ބާއްވައިގެން އެހެން މީހުންނަށް ވަގަށް ގޮވާތީ މައްސަލައަކީ. ޔާމީންގެ ގޮތް އެނގޭނެ ޔާމީން މަސައްކަތްކުރި ތަންތަނުގައި އޭރު އުޅުނު މީސްމީހުންނަަށް. ތިކަންކަން ސާބިތު ނުވިޔަސް ނުކުރާ ކަމަކަށްވުން ވަރަށް ދުރު. އެހެން ނޫނަސް ވެރިކަމަށް އައިއިރު ބައި ރުފިޔާވެސް ނެތް މީހަކަަށް މިހާ ފައިސާ ލިބުނުގޮތެއް ބަލަން ޖެހޭނެދޯ. ނުބަލަންޏާ އެކަކަށް ވެސް މީހަކަށް ލިބުނުގޮތެއް ބަލާނެކަމެއް ނެތް.
ކަރީމު
25 September 2025
ޔާމީނަކީ މައުސޫމު ސާފު ކުރިކީލަ ކޮޅެއް ކަހަލަ ބޭފުޅެއް، އަދީބު ހިންގި ކަންކަމަކީ ޔާމީނު ވިދާޅުވެގެން ހިންގި ކަންކަމަށް ވިޔަސް އެކަމުގެ ޒިއްމާ ނަގަން ޔާމީނު ނުޖެހޭނެ،
ވަކަރުގޭ
25 September 2025
ދެންޒިންމާވާންޖެހޭ އެއްވެސް ކަމެއްނެތެއްނު؟
ރިހުލާ މުހައްމަދު
25 September 2025
ޔާމީންމެން ގޭގަ ޝަރީއަތްވެސް. އޭނަގެ ވަކީލުން ބޭނުންވާހެން ގާޒީވެސް މިކަން ކުރަނީ. އެހެންވީމަ ޔާމީންއަށް ދެން ކިޔޭނެ އެއްޗެއް ނޯންނާނެ.
މަހްމޫދު ޝަފީގް
25 September 2025
ޔާމިން އަށް ހާދަ ރަނގަޅަށޭ މިސަރުކާރުން ކަންކަން މިކުރަނީ. ޝަރީއަތައް އެއްވެސް ނުފޫޒެއް ނުފޯރުވާ މިގެންދަނީ.