އައްޑޫގެ ކެތު ލެބު، ސީއީއޯ ޑރ. ޔާސިރު ބައްލަވައިލައްވަނީ.-- ފޮޓޯ: އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް
26 ސެޕްޓެމްބަރ 2025 - 13:43
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ކެތު ލެބު ހިންގަން ހަތް ފަރާތަކުން ކުރިމަތިލާފައިވާ ކަމަށާއި ބަޔަކާ ހަވާލުކޮށް އަންނަ މަހުގެ ތެރޭގައި ހިދުމަތް ފަށާނެ ކަމަށް އެ ހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ސެޓަޕް ހެދިތާ ދޮޅު އަހަރު ފަހުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބު ހިންގައިދޭނެ ބަޔަކު ހޯދަން މިދިޔަ ޖޫން މަހު ވަނީ އިއުލާންކޮށްފަ އެވެ. އެ މުއްދަތު، އެ މަހުގެ 29 އަށް ހަމަވިއިރު، ރާއްޖެ އާއި ބޭރުގެ ހަތް ފަރާތަކުން ކުރިމަތިލާފައިވެ އެވެ.
ޔާސިރު "މިހާރު" އަށް ވިދާޅުވީ ތިން ފަރާތެއް ޝޯޓުލިސްޓުކޮށް އިވެލުއޭޓުކުރުމަށް ފަހު، ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން، ކެތު ލެބު ހިންގާނެ ފަރާތެއް ކަނޑައަޅާނީ ޓެންޑާ ބޯޑުންނެވެ.
"އެ މަރުހަލާތައް ނިންމުމަށް ފަހު އަންނަ މަހުގެ ތެރޭގައި މަސައްކަތް ފެށުމަށް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހިތުގެ މައްސަލަތަކަށް ފަރުވާ ދޭނެ ލެބު ހިންގާނެ ބަޔަކު ކަނޑައެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އައްޑޫގައި ކެތު ލެބު ގާއިމްކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، އޮކްޓޯބަރު، 2023 ގަ އެވެ. އެކަމަކު، ދެ އަހަރުވާން ކައިރިވެގެން ދިޔައިރު ވެސް އެ ތަން މިހާތަނަށް ބޭނުމެއް ނުކުރެވެ އެވެ. ޔާސިރު ކުރިން ވިދާޅުވީ ކެތު ލެބުން ހިތުގެ ބަލިތަކަށް އެންޖިއޯގްރަފީ، އިންވޭސިވް އަދި ނޮން އިންވޭސިވް ޕްރޮސީޖާތައް ހެދޭނެ ކަމަށެވެ. އޭރުން ހިތުގެ މައްސަލަތަކަށް ފަރުވާ ހޯދުމަށް މާލެ ފޮނުވައިލަން ޖެހޭ މީހުން ވަރަށް މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިތުގެ މައްސަލަތަކުގައި ވަގުތަކީ ވަރަށް މުހިއްމު އެއްޗެއް. އައްޑޫ އަދި ފުވައްމުލަކު ހިސާބުން ވެސް މީހުން މާލެއަށް ފޮނުވާލުމުގެ ބަދަލުގައި އަވަހަށް މި ތަނުން ފަރުވާ ދެވޭނެ،" ޔާސިރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޭދޫ އިބިރާ
26 September 2025
އައްޑޫގައި ކެތު ލެބު ގާއިމްކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، އޮކްޓޯބަރު، 2023 ގަ އެވެ. އެކަމަކު، ދެ އަހަރުވާން ކައިރިވެގެން ދިޔައިރު ވެސް އެ ތަން މިހާތަނަށް ބޭނުމެއް ނުކުރެވެ އެވެ. ހ ހެޔޮއެދޭވަރު މިއޮތީ ފެންނަން / މާދަންގޮސް އިއުލާންކުރޭ މިހޮސްޕިޓަލް މެޱިކަލް ކޮލެޖަކަށް ބަދަލުރިވާހަކަ.
ޓޮޓީ
26 September 2025
ހޮސްޕިޓަލް ހިންގަން ބޮޑަތި މުސާރަ ދީފަ މީހުން ބޭތިއްބުމުގެ ބޭނުމެއް ނެތެއްނު. ދައުލަތުގެ ހޮސްޕިޓަލުގެ ބޭސްފަރުވާގެ ހިދުމަތް އެހެން ބަޔަކާއި ހަވާލުކުރުމުން ބޭސްފަރުވާ ނުކުރެވި ރައްޔިތުން އަތުން ބޮޑަތި އަދަދުން ފައިސާ ނެގުން ނޫންކަމެއް ނުވާނެ. ދައުލަތުން ފައިސާ އެބަޔަކަށް ދީފަ އަދި ރައްޔިތުން ވެސް ފައިސާ ދައްކަން ޖެހުން.
ހަސަންދީ
26 September 2025
ފޭކް ޓްރެއިނީ ޑޮކްޓަރުން ލައިގެން މުޅިތަން ތިހިންގަނީ ޔާސިރުމެން..ތިތަނަށް ގޮސްގެން އެނގޭކަމެއް ނުހުރޭ...އެންޑޯކްރޮނޮލިޖިސްޓެކޭ ކިޔާފަހުރި ޑޮކްޓަރު ޕޭޝަންޓަކު ކަރުދުޅަވެ ސްކޭން ހަދައިގެން ދިޔައީމާ ބުނިކަމަށްވަނީ އެއީ މާބޮޑުކަމެއްނޫނޭ 1 އަަހަރު ފަހުން އަދި ސްކޭން ރިޕީޓްކޮށް ބަލާފަޔޯ އެނގޭނީ...އޭރު ސްކޭނުންވެސް ކެންސަރަށް ޝައްކު ސްޓޭޖަކު ހުރީ... އެ ޕޭޝަންޓު މި ޑޮކްޓަރުގެ ފެންވަރާމެދު ޝައްކުވެގެން އިންޑިއާ އަަށް ހަފްތާއެއް ނުވަނީސް ގޮސް ބެލިއިރު ހުރީ ކެންސަރުޖެހިފަ....އޭނަ 1 އަހަރަށް މަޑުކުރިނަމަ ވާނީ ކިނެތްތޯ ޔާސިރުމެން ބުނެދީބަލަ? މިއަށްވުރެ ރަނގަޅަށް ބޭސްފަރުވާގެ ކަންކަން އޮންނަންޖެހޭ..
އެމެރިކާ
26 September 2025
ބޭރުމީހުންނަ ދިނީމަ އިންޑިޔާ މީހުން ވަޒީފާތަކައްވެސް ގެންނަނީ. ހުރިހާ ފައިފާއެއް ބޭރަ