ތ. ދިޔަމިގިލި- މަޑިފުށި އަދި އުފުރިޔާ ގުޅާލުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވަނީ.--
25 ސެޕްޓެމްބަރ 2025 - 17:48
ތ. އަތޮޅުގެ ތިން ރަށް، ދިޔަމިގިލި-މަޑިފުށި އަދި އުފުރިޔާ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ.
ކޮންސްޓަރަކްޝަން މިނިސްޓްރީން އެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެމްޓީސީސީން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދިޔަމިގިއްޔަށް ވަޑައިގެންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ދިޔަމިގިއްޔަށް ވަޑައިގަތުން.-- ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ ކޯޒްވޭގެ މަސައްކަތަކީ އެ ރަށުގެ ތަރައްގީގެ އެންމެ މުހިންމު މަސައްކަތް ކަމަށެވެ. އެއީ އެއްފަސް ކުރުމަށް އެޅުމު މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ކޯޒްވޭގެ މަޝްރޫއު، މި ރަށުން ގޮސް މަޑިފުށިން ގޮސް އުފުރިޔާ ހަމައަށް ގުޅިގެންދާ ގޮތަށް 18 މަސް ދުވަސް، ދޮޅު އަހަރުން ނިންމާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ވޭމަންޑޫ-ކިނބިދޫ ބްރިޖްގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވައި އެކަން ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. ކިނބިދޫގެ ބިން ހިއްކައި ނިންމާފައިވާއިރު ވޭމަންޑޫ ބިން ހިއްކަން ރޭ ވަނީ ހަވާލުކޮށްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ދިޔަމިގިއްޔަށް ވަޑައިގަތުން.-- ފޮޓޯ: ރައީސް އޮފީސް
ވޭމަންޑުއަކީ ތ. އަތޮޅުގެ ވެރިކަން ކުރާ ރަށަށް ވާތީ، ގިނަ ހިދުމަތްތައް ވެސް ގާއިމުވެފައި ހުރީ އެ ރަށުގަ އެވެ. ދެ ރަށް ގުޅުވާލާ ކޯޒްވޭގެ ސަބަބުން އެއް ރަށުން އަނެއް ރަށަށް ފަސޭހަކަމާއެކު ދަތުރުކޮށް، ހިދުމަތްތައް ލިބުމުގައި ލުއި ފަސޭހަވާނެ އެވެ.
މުއްޔާއި ނާލާފުއްޓާ ދެމެެދުގައި ކޯޒްވޭ އެޅުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއުގެ ދަށުން 565 މީޓަރުގެ ކޯޒްވޭއެއް އަޅާނެ އެވެ. އަދި ކޯޒްވޭގެ ތިން ސެގްމެންޓެއްގައި 105 މީޓަރުގެ ބްރިޖެއް ހަދާނެ އެވެ.
ކުދި އާބާދީ އޮންނަ ރަށްތައް، ބޮޑެތި ރަށްރަށް އެއްފަސް ކުރުމަކީ ތާއީދު ކުރައްވާ ކަމެއްކަން ފާހަގަ ކުރައްވައި ރައީސް މިއަދު ވިދާޅުވީ ވަސީލަތްތައް މަދު އަދި ކުދި ރަށްތަކުގައި ދިރިއުޅޭ އެންމެން އެ އަށް ވުރެ ބޮޑެތި ރަށްރަށަށް ބަދަލުވާން ސަރުކާރުން ހިތްވަރު ދޭ ކަމަށެވެ. އެ ކަމަކު އެކަން ކުރިއަށް ގެންދަން ބޭނުންފުޅުވަނީ ރައްޔިތުން އަމިއްލަ އަށް ބޭނުންވެގެން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކިނބިދު އާއި ވޭމަންޑޫ ގުޅުވައިދޭ ކޯޒްވޭ ހަދާނީ އިންވެސްޓާ ފައިނޭންސް މޮޑެލްއެއްގެ ދަށުންނެވެ. އެއީ އެލާ، ޓޫރިޒަމް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓަށް ދޫކޮށްގެން ހިންގާ މަޝްރޫއެއް ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
26 September 2025
ޢިސްލާޙްކުރި ޤާނޫނުއަސާސީގެދަށުން MDP ނޫން ޕާޓީއަކަށް އައްޑޫސިޓީގެ އެއްވެސްވޯޓަކުން ކުރިލިބިފައި ނުވާއިރު އެމްޑީޕީއާއި ގާތްކުރެވޭ ވަރަށްވެސް މީގެކުރިން އައްޑޫއިން ވޯޓްހޯދުނު އެއްވެސް ބައެއްނެތް. އެކަމަކު 2023 ގެ ރިޔާސީ އިންތިޙާބާއި 2024 ގެ މަޖިލިސް އިންތިޙާބްގައި އައްޑޫ ރައްޔިތުން ޑރ މުއިއްޒުގެ ޕާޓީއަށް ވޯޓްދިނީ އައްޑޫމީހުން އެކަމަކަށް ނުހަނުބޭނުން ވެފައިވާ "ހުޅުމީދޫ ހިތަދޫ ގުޅާލާ ބުރިޖްގެ ޔަޤީންކަން" ޑރ މުއިއްޒު އައްޑޫ ރައްޔިތުނަށް ދެއްވުމުން.
އޮނަރަބްލް އަފީފު ދީދީ
26 September 2025
އެހެންނަމަވެސް "ހުޅުމީދޫ ހިތަދޫ ގުޅާލާ ކޯއްޓޭ ބުރިޖްގެ ވަޢުދު ވިއްކައިގެން" އައްޑޫސިޓީގެ ވޯޓް ލިބިވަޑައިގަތުމުން ސަރުކާރުގެ އަމަލާއި، ބަސްމަގު މުޅިން ތަފާތުވެ މިހާރު ފެންނަނީ "ބުރިޖުން ރެކިގަތުމުގެ ބަހަނާއެއްގެ ގޮތުން" ސަރުކާރުގެވެރިން އަޑީގައި ފޮރުވިގެންތިބެ، ރާއްޖޭގެ އެންމެ ބިން ބޮޑު އަދި މިދެންނެވި ބުރިޖުން ހުޅުމީދޫ ހިތަދޫ ގުޅައިފި ނަމަ، މާލެ ވަރުގެ 10 މާލޭގެ ބިން އޮތް އައްޑޫސިޓީ ކޮށާކުދިކުދިކޮށް އާބާދީ ބައިބައި ކުރަން މަސައްކަތްކުރާ މަންޒަރު.
ހުސެންފުޅު
25 September 2025
ރައްޔިތުން ޅޮސް އުނދޯޔަށް ނާރުވާ، ފަހުން ތިކަމުގެ ހިތި ބޯންޖެހޭނެ، އެމްޓީސީސީ މަލްޓިނޭޝަނަލް ބޮޑެތި ޕްރޮޖެކްޓްތައް ހިންގާފެންވަރު ކުންފުންޏަކަށް ހަދައިގެން ޕްރޮޖެކްޓް މެނޭޖްމެންޓް ގެ ކިރިޔާވެސް ނޮލެޖްއެއް ހުރި މީހަކަށް އިންގޭނެ އެމްޓީސީސީ އަކީ އެއްފަހަރާ ތި ހުރިހާ ޕްރޮޖެކްޓް އެއް ހިންގޭނެ ވަރުގެ ގާބިލް ރިސޯސަސް ހުރި ކުންފުންޔެއް ނޫންކަން އަދި ރާއްޖޭގެ ޖިއޮގްރަފީ އަކީ އެކަމަށް އޮތް ޗެލެންޖެއް ހަމަ ޕޮލިހުގަ އުޅުނު މީހަކު ލައްވާ ގަނޑުތަކެއްގަ ކުރަހާ
ދެންކީކޭ ކިޔާނީ
25 September 2025
މަޑިފުއްޓާ ދިޔަމިގިއްޔާ ތަންތަން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކޯޒުވޭއަކުން ގުޅޭލެވޭ އިރު ކީއްވެބާ ވޭމަންޑޫ ކިނބިދޫ އެމްޓީސީސީ އާއި ހަވާލުކޮށްގެން ގުޅާ ނުލެވެނީ
ތިއީ އަސްލު ދެކެން ބޭނުންވާ ދުވަސް.
25 September 2025
މާޝާ ﷲ ތަރައްގީގެ ސަޅި ޕްރޮޖެކްޓެއް. ދިވެހި ކުންފުންޏަކުން ތިކަން ކުރާތީ ވަރަށް ހިތްހަމަޖެހޭ.