މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި ދިޔަ ހަފުތާގައި ކުރި މުޒާހަރާގައި ބައިވެރިވި ބައެއް ނޫސްވެރިން-- ފޮޓޯ: ނިޝާން އަލީ | މިހާރު
25 ސެޕްޓެމްބަރ 2025 - 22:16
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު، ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާ ފުށުއަރާ ކަމަށް ވިދާޅުވެ، އެ ގާނޫނު އުވާލަން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރު ވޮލްކާ ޓާކު މިއަދު ގޮވާލައްވައިފި އެވެ.
އެ ޖަމާއަތުގެ ޗީފާ ހަވާލާދީ ތަރުޖަމާނު ރަވީނާ ޝަމްދަސަނި ނެރުއްވި ބަޔާނުގައި ވިދާޅުވީ މީޑިއާ ރެގިއުލޭޓްކުރާ ގާނޫނުގައި، ރާއްޖެއިން ސޮއިކޮށްފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ފުށުއަރާ އުސޫލުތަކެއް އެބަހުރި ކަމަށެވެ.
އދ. އިން ކަންބޮޑުވާ އުސޫލުތަކުގެ ތެރޭގައި ނޫސްވެރިންނާއި މީޑިއާތަކުގެ ކޮންޓެންޓަށް ބާރުފޯރުވުމާއި މީޑިއާގެ މަސައްކަތްތައް ތަހުގީގުކުރުމާއި މީޑިއާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޖޫރިމަނާ ކުރުން އަދި މީޑިއާތަކުގެ ލައިސަންސާއި ހުއްދަ ބާތިލުކުރުމުގެ ބާރު، މީޑިއާ ކޮމިޝަނަށް ލިބުން ހިމެނެ އެވެ.
ނޫސްވެރިންނާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން މީޑިއާ ބިލް ފާސްކުރީ މިދިޔަ އަންގާރަ ދުވަހެވެ. އެ ބިލް މިދިޔަ ބުރާސްފަތިދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު މަޖިލީހަށް ހުށަހެޅުއްވި ބިލް ފާސްކޮށްފައި ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ އިސްލާހުތަކާ އެކުގަ އެވެ. ބިލް ފާސްކުރިއިރު، ވަކި ވަކި ނޫސްވެރިން ބޮޑު އަދަދަކުން ޖޫރިމަނާކުރުމާ އެކު އެއް އަހަރު ދުވަހުގެ ކުރީގެ މައްސަލަތައް ބެލޭ ގޮތަށް އޮތުން ފަދަ ކަންބޮޑުވުން ހުރި މާއްދާތައް ވަނީ އުނިކޮށްފަ އެވެ.
ވޮލްކާ ވިދާޅުވީ އާ ގާނޫނު ފާސްކުރީ އިދާރާތަކަށް ފާރަވެރިވުމަށް އޮންނަ ޗެކް އެންޑް ބެލެންސް ނިޒާމު ފާއިތުވި އެއް އަހަރު ދަށްވެފައިވަނިކޮށް ކަމަށެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް، މިނިވަން އަދި ތަފާތު މީޑިއާއަކީ ކޮންމެހެން ބޭނުންތެރި އަދި ޑިމޮކްރެޓިކް މުޖުތަމައެއްގެ އަސާސްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޖަމާއަތުން ބުނީ އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް މީޑިއާ ގާނޫނެއް އެކުލަވާލުމަށް އެހީތެރިކަން ދޭނެ ކަމަށެވެ.
މީޑިއާ ރެގިއުލޭޓްކުރާ ގާނޫނާ މެދު ޔޫރަޕް ޔޫނިއަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ އިތުރުން އޮސްޓްރޭލިއާ އަދި އެމެރިކާއިން ވެސް ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަން ދެމެހެއްޓުމަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަނބިލި
26 September 2025
ޣައްޒާގެ މައްސަލަ ހައްލުކޮށްފައި ރާއްޖޭގެ ވާހަކަ ދައްކާ
ކައްދަގެ އާދަނު
26 September 2025
އާދަނު ގޮވާލަން ބޭނުމީ ބޭކާރު އދ އުވާލަން. ކަމެއް ވާ ތަނެއްނަމަ ގާޒާ ގެ ހަނގުރާމަ ހުއްޓުވާނެ ނޫނީ އިޒްރޭލަށް ފިޔަވަޅު އެޅީމުސްތާ.
ކައްދަގެ އާދަނު
26 September 2025
އދ ކިޔާ ތަނެއް އެބަހުރިތަ؟ ގާޒާގައި ނޫސްވެރިން މެރި އިރުގައި އެމީހުން ކުރީ ކީއްތޯ ކޮންމެސް ކުއްޖަކު އަހާލަންވީނު. ކޮން މުއާހަދާތަކަކާބާ ހިލާފުވީ؟ ކޮން ކަމެއްބާ އިޒްރޭލާ ދެކޮޅަށް އދ އަށް ކުރެވުނީ. އދ ގާތު ބުނޭ ފުރަތަމަ ތިމާމެން ރަނގަޅުކޮށް އެހެން މީހުންނަށް ގޮތް ކިޔައިދޭން އުޅޭށޭ.
ަސ×ާށޗދށާ
26 September 2025
އދ އަކީ ޖޯކެއް... ހަތްދިހައިގެ އަހަރުތަކުގައި ރާއްޖޭގައި ދުންފަތް ހައްދައި އާލާކުރަން އދ ގެ ޑަބްލިއު އެޗް އޯ އިން މަސައްކަތް ކުރި، އަދި ގަސް އިންދައި އާލާކުރި. އެހެން ނޫނަސް އެންމެ މެމްބަރެއްގެ ވިސްނުމާއި ޚިޔާލަށް ހިނގާ ޖަމްމިއްޔާއެއް އެއީ.
ސދޗސދޗދ
26 September 2025
ނޫސްވެރިން ދިރިތިއްބައި ފަލަސްތީނުގައި އަންދަނީ... އދ އިން ކުރެވުނު ކަމެއް އޮތްބާ؟
އަބްޑޫޅް +
26 September 2025
ޙޫމް. ކަލޭމެންނަކީ ގައިރު ގާނޫނީ ދައުލްތެކޭ. އެ ގާރޫނު އުވާލާ. އަހުރެންވެސް މި ބުނަނީ އދ އާއި، މުޅިން އެއްގޮތަށް. ހަމަ ކަށްވަރުން، ކަލޭމެންނަކީ ގައިރު ގާރޫނީ ދައުލަތެކޭ. ޔޫ އެން އާއި އަހުރެން މުޅީން އެއްބަސް. ޕޮސް. ޕޮސް... ޕޮ ޕޮސް ޕޮސް ......ޙޫމް.
ޒައިކް23
26 September 2025
އދ އިން ފުރަތަމަ ބުނެބަލަ މި ޤާނޫނުގެ ކޮން މާއްދާއެއްތޯ ޤާނޫނު އަސާސީއާ ޚިލާފުވަނީ ނޫނީ ބައިނަލްއަޤުވާމީ ބެސްޓު ޕުރެކްޓިސްއާ ޚިލާފުވަނީ؟ އޭގެ ފަހުގަ އުވާލަން ގޮވާލާ..
މަކަރުވެރި ހިޔަޅު ގެ ބިލް
26 September 2025
ޒައިކު 23 އެވެ މުޅި އެތި ކުނިވެ ފުޅަ އެޅީމަ އެއިން ނުބައިވި އެތިކޮޅު ނަގަންބުނާނީ ބުއްދިފިލާދާމީހަކުތާދޯ ،!
ދެރުއް
26 September 2025
ޢދ އޮތީ ކޮންތާކުތޯ ފަލަސްތީނުގެ ނޫސްވެރިން މަރާ ކުނިކުރާއިރު
ފެހި
26 September 2025
ކޮބާހީވޭތަ ކަމެއްހެން
އޮނަރަބްލް ގޯދީރާޖާ
26 September 2025
މިއޮތީ އަތަށް ގޮވާފައި .ދެން މިކަމުން ސަލާމަތްވާން މަކުނުވާ ހާލިން ސަލާމަތް ނުވެވި ދައުރު ހަމަވާނެ
ސދޗސދ
26 September 2025
ކަލޯ މިއީ މިނިވަން ޤައުމެކޭ. ބަޔަކު ބުނާހާ ގޮތެއް ހަދާކަށް ނުޖެހޭނެ.
ޕަކާސް
26 September 2025
އދ ގެ ހިއުމަން ރައިޓްސް އޮތް ދިމާލެއް އަހަރުމެންނަށް ފެނޭ މިހާރު. ކަލޭމެން ހުރިހާ ގައްޒާގެ ނޫސްވެރިންނަކާ ޕޮޑްކާސްޓަރުން ޝަހީދު ކޮށްލިއިރު ބަޔާން ނެރެ ނެރެ ތިބީއެއްނު. ދެން އެހެންވީމާ ކަލޭމެންގެ ބަހެއް އަގެއް ނެތް އަހަރުމެން ކުރިމަތީގާ. ތިކުޅިއަށް ހޭނިއްޖެ ދިވެހި ރާއްޖެ. ސޮރީ ބަޓް ނޮޓް ސޮރީ. ދެން ޓްރަމްޕު ލައްވާ ތިވާހަކަ ގޮވިއްޔާ އަދި މާ ވަރުގަދަވާނެ.