ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރަން މި އަހަރުގެ ބަޖެޓުގައި ވސް 500 މިލިއަން ރުފިޔާ ވަނީ ހިމަނާފައި.
28 ސެޕްޓެމްބަރ 2025 - 15:34
ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން ބައެއް އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑު ނުވެ ތިބި މީހުންގެ މުސާރަ އަންނަ ނޮވެމްބަރު 1 އިން ފެށިގެން ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، ދެންމެ އެކަން އިއުލާން ކުރައްވައިފި އެވެ.
ރައީސް އެކްސްގައި ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑު ނުކޮށް ތިބި، ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ކުރިއަށް އޮތް ނޮވެމްބަރު 1 ގައި ހާމަނައިޒްކޮށް، މުސާރަ ބޮޑުވާނެ ކަމަށެވެ.
"މި އަހަރުގެ ރިޔާސީ ބަޔާނުގައި މި ފަރާތްތަކުގެ މުސާރަ މި އަހަރު ބޮޑުވެގެންދާނެ ކަމަށްވާނީ ދަންނަވާފައި. އަދި ކުރިން ވެސް ދަންނަވާފައިވާ ފަދައިން، މި އަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒް ނުކުރާ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލުގެނެސް އެއްހަމަ ކުރުން ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ވެސް ވަނީ ހިމަނައިފަ އެވެ.
ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރަން 500 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. ސިވިލް ސާވިސް އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުން އެނގޭގޮތުގައި މި ވަގުތު 30،165 މުވައްޒަފުން މަސައްކަތް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިވިލް
30 September 2025
ސިވިލްސަރވަންޓުންގެ މުސާރަ އެންމެ ފަހުން ބޮޑުކުރި ތާރީޚްތަކާ އެއްކޮށް ބޮޑުކުރި މިންވަރާއެކު މަޢުލޫމާތު ފޯރުކޮށް ދޭނަމަ ރައްޔިތުންނަށް ރަނގަޅު ޞައްޙަ މަޢުލޫމާތު އެނގޭނީ!!!!!!!!
ޑރ ވާންޗޯ
29 September 2025
ކުރީގަވެސް ހެދިގޮތަށް މުސާރަބޮޑުކޮށްފަ އެއަށްވުރެ ބޮޑަށް އެލަވަންސްކަނޑާލަނީބާ؟.
މީތެޑް
29 September 2025
ފުލުހުންގެ ސިވިލް މުވައްޒަފުންނަށް މުސާރަ ބޮޑުނުވާތާ ކިތައް އަހަރު ވެއްޖެ؟ ފުލުހުންނަށް 2 ބުރަށް މުސާރަ ބޮޑުވެއްޖެ. ސިވިލް ސާރވިސް މުވައްޒަފުންނަށް 1 ބުރު ބޮޑުވެއްޖެ. އަދިވެސް ފުލުހުންގެ "ސިވިލް މުވައްޒަފުންނަކަށް މުސާރަ ބޮޑެއް ނުވޭ" މިކަމާ އުޅޭނެ ވެރިއެއްވެސް ވުޖޫދަކަށް ނާދޭ
އައިޝަތް މާހާ
29 September 2025
ރައީސް މުޢިއްޒްއަށް ދެވަނަ ދައުރެއް ހަމަ ހަގީގަތުގައިވެސް ހައްގުވެގެން މިދަނީ. ގައުމުގަ ހަމަ ޖެހުން ގާއިމްކޮށް ރައްޔިތުންގެ ޖީބު މި ބޮޑު ކޮށްލަނީ
މޫސާ ޔައިޝް
29 September 2025
އަލްހަމްދުލިﷲ. ޝުކުރިއްޔާ ރައީސް.
ނަން ހާމަނުކުރާ
29 September 2025
މިނިމަމް ވޭޖް ކަނޑައެޅިއިރު ވީގޮތަކީ ހުރިހާ ފިކްސްޑް އެލަވަންސް އެއްކުރީމަ 7000 ޖެހެންޖެހޭތީ ކުންފުނިން މިކުރި ކަމަކީ ކުރީގައި އެޓެންޑެންސް އެލަވަންސަށް ދިން 125 ރުފިޔާ 75 ރުފިޔާއަށް ދަށްކޮއްލީ. ކަން އާހިރުވީ އިރު އޭގެ ކުރީމަހު ލިބުނު މުސާރައަށްވުރެ ވެސް ދަށް މުސާރައަށް ބަދަލުވެގެން ދިޔައީ. މިހާރު ވާން މިއުޅެނީވެސް އެފަދަ ކަމަކާ ވައްތަރީ.
ޙސހސހނ
29 September 2025
3 ވަނަ ކުއާޓަރު ނޮވެމްބަރަށް ބަދަލު ކުރެއްވީތޯ
ބައިރޯ
29 September 2025
މަމީ ފެނަކަ މަށަށް ބޮޑު ނުވޭތަ
ކައިރޯ
29 September 2025
އަމިއްލަޔަށް ބާރަކަށް ޖަހާބަލަ. ބޮޑުވާނެ.
ޓިނު
29 September 2025
ނޮވެމްބަރުގެ ކުރިން ހުރިހާ ރަށެއްގައި އޭޓީއެމް ހުޅުވަންވާނެ އެއިރުން ބޮޑުކުރި މުސާރަ ރަށުތިބެގެން ނެގޭނެ؟ކިހާހެޔޮފު ރައީސް
ޒަރީރު
29 September 2025
އެ އަހަރު ކޮށްދޭން ބުނާ ކަންތައް ކޮށްދެވެނީ އަހަރު ނިމޭ މަހު.