ނޭޕާލް އަންހެނެއްގެ ގަޔަށް ވަޅި ހެރި ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް މީހާ.-- ފޮޓޯ: ޕޮލިސް
28 ސެޕްޓެމްބަރ 2025 - 16:18
ހުޅުމާލެ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލް އަންހެނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފި އެވެ.
ހުޅުމާލޭ 1 ގައި ހުންނަ ފިހާރައެެއްގައި މަސައްކަތްކުރާ 21 އަހަރުގެ އަންހެންމީހާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލީ އިއްޔެ މެންދުރެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބަންގަލްދޭޝަށް ނިސްބަތްވާ ޖަހަންގިރް މިއާ، 25، އެވެ.
ފުލުހުން ބުނީ ޖަހަންގިރް މިއާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި އަންހެން މީހާއަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާ ހައްޔަރުކުރީ ސީސީޓީވީ ފޫޓޭޖް ބަލައިގެންނާއި އެހެނިހެން ގޮތްގޮތުން ކުރެވުނު ތަހުގީގުން އެ މީހާ ހުރި ތަން ހޯދައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހޮސްޕިޓަލުން ބުނީ ޒަހަމްވެގެން ގެނައި މީހާ "ސްޓޭބްލް" ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަހަން
28 September 2025
ތިމިހުންގެ އުދަގޫ މުލިރާޖެއަށް ޖެހިފައި އޮތީ ހުސްވެސް ނުކުރެވޭނެ އެވަރަށް އާދޭ