އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިދިޔަ ހަފްތާގައި އދ.ގެ އާންމު މަޖިލީހުގައި: އޭނާ ވިދާޅުވީ މެދުއިރުމައްޗަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމެއް ވަރަށް އަވަހަށް ވެދާނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
28 ސެޕްޓެމްބަރ 2025 - 19:53
"ހާއްސަ ކަމެއްގައި އެންމެންނަށް އެއްގަލަކަށް އެރިއްޖެ" ކަމަށް ވިދާޅުވެ މެދުއިރުމަތީގެ މައްސަލަތައް ހައްލުކުރުމުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިއަދު ދެއްވައިފި އެވެ.
"މެދުއިރުމަތީގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރުމުގެ ހަގީގީ ފުރުސަތެއް މިހާރު ވަނީ ލިބިފައި،" ޓްރަމްޕު އޭނާގެ ސޯޝަލް ޕްލެޓްފޯމް ޓްރޫތުގައި ލިޔުއްވާފައިވެ އެވެ. "ހާއްސަ ކަމެއްގައި އެންމެންނަށް، މުޅިން އަލަށް، އެއްގަލަކަށް އެރިއްޖެ. އަހަރެމެން މިކަން ކާމިޔާބުކުރާނަން!!!"
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން ހުކުރު ދުވަހު ޓްރަމްޕު ވަނީ "އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބެލެވޭ" ކަމަށް ވެސް ވިދާޅުވެފަ އެވެ.
އެކަމަކު ހަމަ އެ ދުވަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ.ގެ އާންމު މަޖިލީހުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވަނީ ފަލަސްތީނުގެ ދައުލަތެއް ނުއުފެއްދޭނެ ކަމަށް ބުނެފަ އެވެ. އިނގިރޭސި ވިލާތާއި ފްރާންސާއި ހުޅަނގުގެ އެހެން ބައެއް ބާރުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުން އެކަމާ ނުރުހުންވެ ހުރެ ނަތަންޔާހޫ ދެއްކި ވާހަކާގައި ވަނީ އިޒްރޭލުން ފެށި ކަންތައް "ނިންމާނެ" ކަމަށް ބުނެ އިންޒާރު ވެސް ދީފަ އެވެ.
މެދުއިރުމަތީގެ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިދާނެ ކަމުގެ އިޝާރާތެއް ޓްރަމްޕު ދެއްވާފައި މި ވަނީ ނަތަންޔާހޫ ހޯމަ ދުވަހު ވައިޓް ހައުސްގައި ޓްރަމްޕާ ބައްދަލުކުރަން ހަމަޖެހިފައި ވަނިކޮށެވެ.
އިޒްރޭލުގެ ރަސްމީ ހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރު 7، 2023 އަކީ އިޒްރޭލުގެ ތާރީހުގައި ހަމާސް އިން ދިން އެންމެ ނުރައްކާތެރި ހަމަލާ ދިން ދުވަސް ކަމަށް ވާއިރު އެ ދުވަހު 1،219 މީހުން މަރާލާފައިވެ އެވެ. އަދި 251 މީހަކު އަސީރުންގެ ގޮތުގައި ގެންގޮސްފައި ވާއިރު މީގެ ތެރެއިން 47 މީހަކު އަދިވެސް ޣައްޒާގައި ވެއްޖެ ކަމަށް އިޒްރޭލުން ބުނެ އެވެ. މީގެ ތެރެއިން 25 މީހަކު ވަނީ މަރުވެފައި ކަމަށް ވެސް ބުނެ އެވެ.
މިކަމުގެ ބަދަލުހިފަން ކަމަށް ބުނެ އިޒްރޭލުން ޣައްޒާއަށް ހަމަލާދޭތާ ދެ އަހަރުވާން ގާތްވެފައި ވާއިރު ފަލަސްތީނުގެ 65،549 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
29 September 2025
އެމެރިކާގެއެހީއާއެކު އެމެރިކާއާ އިޒުރޭލު ގުޅިގެން ހިންގާކަންތައްތަކެއް ގާޒާގާހިނގަމުންދަނީ، އެހެންވީމާޓުރަންޕުތިގޮވަނީމޮޔަދޯ! ފުލެޓުދޮންބެކީހެން ޓުރަންޕަށް ކިޔަންވީ ސުލްހަދޮންބެ، މޮޔަޓުރަންޕު ގައުމުތަކުން ފަލަސްތީނުގެ ދައުލަތްބަލައިގަނެ ދެން ތިމާމެންގެޖަރީމާތައް ކުރިޔަށްނުގެންދެވޭނެކަން އެނގުނީމާ ޓުރަންޕުމިކުރާކަމަކީ "ސުލްހަވެވިއްޖެޔޭ ނުވަތަ މިހެންވާނެޔޭ" ކިޔައިގެން އެކަމުގެ ކުރެޑިޓުހޯދުން، ތަނެއްގެރައީސްކަމަށްހޮވާވަރުގެމީހެއްވެސްނޫނޭ މޮޔައެއް
ބސވަ
29 September 2025
ނޯބެލް ޕުރައިޒު ޔަގީންވީ
ޓޯޕޭ
29 September 2025
ދެެއުޅި އެއްނުވާ ވާހަކަ ދައްކާ ކޮން ޚާއްސަ ކަމެކޭ ކިޔާކަށް. ފަލަސްތީނުގެ ބިމުން އެންމެ އިންޗިއެއް ވެސް އުނިނުކޮށް ތަޅާ ބިމާ ހަމަ ކުރި ރައްޔިތުންގެ ބިންތަކާ މުދަލާ މަރާލި މީހުންގެ އާއިލާ ތަކަށް މަރުގެ ދިޔަދީ ތިބައިގަނޑު ފަލަސްތީނުން ފައިބައިގެން ދާން އުޅޭ.