އިޒްރޭލުން ޖޫން މަހު އީރާނަށް ހަމަލާތައް ފެށުމުގެ ގޮތުން އެކަމުގެ އޯޑަރު އިޒްރޭލު ސިފައިން ދެނީ: އީރާނުން ބުނާ ގޮތުގައި އިޒްރޭލަށް ޖާސޫސްކޮށްދިން އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފައި.
29 ސެޕްޓެމްބަރ 2025 - 12:15
އީރާންގެ ސިއްރުތައް އިޒްރޭލަށް ހޯދައިދީ ޖާސޫސްކޮށްދިނުމުގައި އެންމެ އިސްކޮށް ހުރި އެކަކު ދަންޖައްސައި މަރާލާފައިވާ ކަމަށް އީރާނުން މިއަދު ބުނެފި އެވެ.
"ޒަޔަނިސްޓު ސަރުކާރަށް ޖާސޫސްކޮށްދިނުމަށް އީރާންގައި އެންމެ އިސްކޮށް އުޅުނު އެކަކު ކަމަށްވާ ބަހްމަން ޗޯބީ އަސްލް މިއަދު ހެނދުނު ވަނީ ދަންޖައްސައި މަރާލާފައި،" ޖުޑީޝަރީގެ 'މީޒާން' ވެބްސައިޓުގައި ބުނެފައިވެ އެވެ.
އިޒްރޭލުން އީރާންގެ އަސްކަރީ މަރުކަޒުތަކާއި ނިއުކްލިއާ މަރުކަޒުތަކަށް ދިން ވައިގެ ހަމަލާތަކާ އެކު އީރާނާއި އިޒްރޭލާ ދެމެދު 12 ދުވަހުގެ ވަރުގަދަ ހަނގުރާމައެއް ޖޫން މަހު ވަނީ ހިނގައިފަ އެވެ. މި ކުރިމަތިލުމަށް ފަހު އީރާނުން ވަނީ އިޒްރޭލަށް ޖާސޫސްކޮށްދޭ މީހުން ހޯދައި ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.
އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑާ ގުޅިގެން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި އޭގެ ފަހުން އެތައް ބަޔަކު ހައްޔަރުކޮށް އަދި އޭގެ ތެރެއިން އެތައް ބަޔަކަށް ވަނީ މަރުގެ އަދަބު ދީފަ އެވެ.
އީރާނުގެ ޖުޑިޝަރީން ބުނީ ޗޫބީ އަސްލް އަކީ އިޒްރޭލުގެ ޖާސޫސުންނާ ވަރަށް ގާތުން މަސައްކަތްކުރި މީހެއް ކަމަށާއި އޭނާ އަކީ ގައުމީ ސަލާމަތާ ބެހޭ މުހިންމު އެތައް ޑޭޓާބޭސްއަކަށް އެކްސެސް އޮންނަ މީހެއް ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކޮން އިރަކު ކަމެއް އީރާނުން ހާމައެއް ނުކުރެ އެވެ.
ޖޫން މަހު އިޒްރޭލުން ދިން ހަމަލާތަކުގައި އީރާންގެ އިސް އޮފިސަރުންނާއި ނިއުކްލިއާ ސައިންޓިސްޓުންނާއި އެތައް ސަތޭކަ ބަޔަކު ވަނީ މަރާލައިފަ އެވެ.
އޯގަސްޓް 9 ގައި އީރާންގެ ޖުޑީޝަރީން ބުނެފައިވާ ގޮތުގައި އިޒްރޭލާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ 20 މީހެއްގެ މައްސަލަ އަންނަނީ ބަލަމުންނެވެ.
އީރާނުގެ ނިއުކްލިއާ ސައިންޓިސްޓެއްގެ މައުލޫމާތު އިޒްރޭލާ ހިއްސާކުރި ކަމަށް ބުނާ މީހަކު ވެސް މީގެ ދުވަސްކޮޅެއް ކުރިން ވަނީ މަރާލައިފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
30 September 2025
ކުލީސިފައިންގޮވައިގެންއަރާ ރާއްޖެއަށްހަމަލާދީ އެތައްދިވެހިންނެއްޝަހީދުކޮށް ތަންތަންލޫޓުވުމުގެ އަޑީގައިތިބިމީހުންވެސް ވަނީ އެއްބަޔަކު މައާފުދީދޫކޮށްފަ އަނެއްބަޔަކު ޖަލުމުއްދަތުހަމަވެގެން މިހާރު އެއުޅެނީ މިނިވަންކަންމަތީ! މީވެރިމީހާއަށް އޮވެގެންވާނެބާރެއްނޫން، ކޮބާ މަރުވިމީހުންގެއާއިލާތަކުންބޭނުންވާގޮތް؟ ކޮބާ ގައުމުގެރައްޔިތުންގެ އިހުސާސްތަކާ ބޭނުންވާގޮތް؟؟ އަޅުގަނޑުމެންނަކީ މީސްކޮޅުމަދު ވަސީލަތްތައްމަދު ގައުމެކޭކިޔައިގެން ދިވެހިންވާވައްދާފަތިބީ!
ރަދީފްއޮފިޝަލް /
29 September 2025
ވަރަށް ރަނގަޅު ނިންމުމެއް.ސާބަހޭ އިރާން.