ބޭންކް އޮފް މޯލްޑިވްސްގެ ބައެއް ކްރެޑިޓް ކާޑް: ފެބްރުއަރީ މަހުން ފެށިގެން ލިމިޓްތައް ބޮޑުކުރަން ވަނީ ނިންމާފައި. -- ފޮޓޯ: ބީއެމްއެލް
29 ސެޕްޓެމްބަރ 2025 - 14:05
ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑުތަކުގެ ލިމިޓް، އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ބޮޑުކުރަން ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ކްރެޑިޓް ކާޑުން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 1 ފެބްރުއަރީ 2026 އިން ފެށިގެން ބީއެމްއެލްގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް ބޮޑުވާނެ އެވެ.
މީގެ އިތުރުން ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1،500 ޑޮލަރުން 2،000 ޑޮލަރަށް ބޮޑުކުރާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ކްރެޑިޓް ކާޑް އިން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 1 ފެބްރުއަރީ 2026 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް، އަދި…
— Dr Mohamed Muizzu (@MMuizzu) September 29, 2025
މި އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުން ފައިސާ ދެއްކޭ އަދަދު 500 ޑޮލަރުން 1،000 ޑޮލަރަށް އިތުރު ކުރަން ވެސް މިހާރު ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން، ނޮވެމްބަރު 11 އިން ފެށިގެން ވަނީ އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެއިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް ބޮޑު ކުރަން ވެސް ނިންމައިފަ އެވެ. އަދި ބޭސްފަރުވާ އަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ބޭންކުގައި އެދުމުން ހޮސްޕިޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭނެ ގޮތް ވެސް އެ ތާރީހުން ފެށިގެން ހަމަޖެހޭނެ ކަމަށް ރައީސް ވަނީ މި މަހުގެ 22 ވަނަ ދުވަހު އިއުލާނުކުރައްވައިފަ އެވެ.
ބީއެމްއެލް ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް ކުރިން ދީފައި އޮންނަ 250 ޑޮލަރުގެ މަހު ލިމިޓް 500 ޑޮލަރަށް ބޮޑުކުރީ މިދިޔަ ޖުލައި 1 އިން ފެށިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރައިކް
30 September 2025
މި ސަރުކާރުގެ އިޚުލާޞްތެރިކަން ހުރިނަމަ މިއަހަރު މިކަން ކުރާނެ... ކައުންސިލް އިންތިޚާބު އިން ރައްޔިތުންގެ އިހުސާސްތައް ދައްކާލާނެ!
ޢާނިމް މުހައްމަދު
30 September 2025
ޑޮލަރ އިޝޫއަށް އެކި ގޮތްގޮތުން ހައްލު ހޯދަން ސަރުކާރުން ކުރާ މަސައްކަތް އެބަފެނޭ. މީގެ ސަބަބުން ބޮޑު އަގުގައި ޑޮލަރ ގަންނަން ދެން ނުޖެހޭނެ.
ރިހުލާ މުހައްމަދު
30 September 2025
އަލްހަމްދުލިﷲ. މީ ހާދަ އުފާވެރި ހަބެރެކޭ. މީގެ ސަބަބުން ދެން ޑޮަލރ ހޯދާކަށް ނުޖެހޭނެ ބެލްކް މާކެޓުން.
މިމްހާދު
30 September 2025
އެމްޑީޕީން ފުޑާލާފަ އޮތް އިގްތިސޯދު ހަމަމަގަށް އަޅުވާތަން މިފެނިގެންދަނީ، އަހަރުމެން މިގެނައި ބަދަލު ވަރަށްވެސް ފުރިހަމަ
ހުމާމް
30 September 2025
އެމްޑީޕީ ވެރިކަމާ މިވެރިކަމާ އަޅުވާ ކިޔަންޏާ ބޮޑުތަނުން މި ސަރުކާރު ރަނގަޅު، ކަންކަން ރަނގަޅު ކުރަންއުޅޭ މަންޒަރު މިފެނިގެންދަނީ
މައުސޫމް
30 September 2025
ޑޮލަރުގެ ކަޅު ބާޒާރު ނައްތާލާ ރައްޔިތުންނަށް ޑޮލަރުގެ ދަތިކަން ނުގެނެސް މި ކުރާ މަސައްކަތް ވަރަށް ބަލާއިގަނެވޭ
ބީއެމް
30 September 2025
މިހާރުވެސް ޕްލެޓިނަމް ކާޑުރަކަށް 3000 ޑޮލަރު ބޭނުން ކުރެވޭ… އަހަރެން ބޭނުން ކުރަން އަބަދުވެސް. ޑެން 1500 އިން 2000 ވަނީ ކިހިނެއް؟
ނޯނޯ321
29 September 2025
ޕޭޕަލުން ދިވެހި ޒުވާނުނަށް ޑޮލަރު ލިބިދީ،، ބިޒްނަސް ފައިސ ޖަމާކުރެވޭނެ އިންތިޒަމު ހަމަޖައްސަންބުނި ސަރުކާރު......އެންމެ ކުޑަމިނުން މިހަރު ޕޭޕަލުން ޕޭ ކޮށްލުން ވެސް ބަންދުކޯށްފި
ކަސްޓަމަރ
29 September 2025
މި ޚަބަރުގައި ރަނގަޅުވީސް ކޮވިޑްގެ ކުރިން ތިޔަ ކާޑުތަކުގެ ލިމިޓްގެ ތަފުސީލުތައް ވެސް ހިމަނާލި ނަމަ! އަދިވެސް ތިޔަ ހަދަނީ ކޮވިޑްގެ ކުރީގެ ލިމިޓްތަކަށް ވުރެ 40 ހަކަށް ޕަސަންޓަށް! 60 ހަކަށް ޕަސެންޓް އަދިވެސް ބޭންކުން ނުދޭ! އެކަމަކު އެނުއަލްފީ 100 ޕަސެންޓް ނަގާ! މީ ކޮންކަހަލަ އިންސާފެއްބާ؟
ދޮން އާދަނުބެ
01 October 2025
ތަކެތީގެ އަގު ވެސް 1960 އާ އަޅާލަންވާނެ.. 50 ރުފިޔާއަށް ލިބޭނެ ހަަނޑު ބަސްތާއެއް، ހަކުރު ބަސްތާއެއް އަދި ފުށް ބަސްތާއެއް
ހަސީނާާ
29 September 2025
ކޮންމެވެސް ކޮންމެވެސް ބޭރުގެ އޭޓީއެމަކުން ޑޮލަރަށްވާ އެގައުމެއްގެ ފައިސާ ނެގޭނެގޮތް ނަހަދާތި، ރައްޔިތުމީހާ އަތަށް ކާޑުދީފައި އޭގައި މަރުތަޅު އެޅުވީމާ އެންމެންވީ ބާރަށް އަތްޖަހާން.