މައުމޫން: އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ވަނީ ނިންމާފައި --- ފޮޓޯ/މޯލްޑިވް ގޭސް
29 ސެޕްޓެމްބަރ 2025 - 18:38
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާއެއް ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.
މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ ކުރީގެ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ދައުލަތުން ކުރި ހަތް ދައުވާގެ ތެރެއިން މިއަދު ސާބިތުވާ ކަމަށް ނިންމީ ދެ ދައުވާއެކެވެ.
އެ ދެ ދައުވާ ސާބިތުވާ ކަމަށް ނިންމުމަށް ފަހު، މައުމޫންގެ މައްޗަށް ކޯޓުން އިއްވީ ޖުމްލަ 12 އަހަރާއި ނުވަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ ކޮންމެ ދައުވާއަކަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެކެވެ.
ގާނޫނުލްއުގޫބާތުގެ ދަށުން ރިޝްވަތުގެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ކަމަށްވީ ނަމަވެސް ދައުލަތުން އެދިފައިވަނީ އަދަބުގެ ދަރަޖަ މަތިކޮށް، ބޮޑު އަދަބެއް މައުމޫންގެ މައްޗަށް ދިނުމަށެވެ. އެހެންވެ، ކޯޓުން ވަނީ އަދަބުގެ މިންވަރު މަތިކޮށްފަ އެވެ.
މިއަދު ސާބިތުވި ދެ ދައުވާގެ އިތުރުން މައުމޫންގެ މައްޗަށް ކުރާ އިތުރު ފަސް ދައުވާއެއް އަދި ބާކީ އެބައޮތެވެ. ނަމަވެސް އެ މައްސަލަތަކުގެ ހުކުމް މިއަދު ނީއްވަ އެވެ.
އެނގިފައިވާ ގޮތުގައި މިހާތަނަށް ހައްޔަރު ނުކޮށް ހުރި މައުމޫންގެ މައްޗަށް ހުކުމް އިއްވަން މިއަދު ކޯޓަށް ހާޒިރުކުރީ ވެސް ފުލުހުންގެ ބަންދުގައި ބަހައްޓައިގެންނެވެ.
ޕީޕީއެމްގެ ވެރިކަން ނިމުމާއެކު، މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން ދަނިކޮށް މައުމޫން ރާއްޖެއިން ބޭރަށް ގޮސް ގިނަ ދުވަސްތަކެއް ވަންދެން އުޅުނީ ރާއްޖެއިން ބޭރުގަ އެވެ. ނަމަވެސް މިދިޔަ އަހަރު ކުރީކޮޅު އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އަދި މިދިޔަ އަހަރު އޭނާ އަމިއްލައަށް ރާއްޖެ އައުމުން، އޭނާ ފުރުން މަނާކުރި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި "އެންމެ ބާރުގަދަކޮށް" އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނުނު މައުމޫން ރާއްޖެއިން ބޭރަށް ދިއުމުން، އޭސީސީގެ ތަހުގީގު ޓީމުތައް ވެސް އޭނާގެ ފަހަތުން ގޮސް ތަހުގީގު ނިންމަން ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ވެ އެވެ.
މައުމޫންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމިއިރު، އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްޔެ ވަނީ ކްރިމިނަލް ކޯޓުން އިއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަބޫލު ކުރާނީ
01 October 2025
އެމްޕީ ޝުޖާމެން، ފަޒުލުމެން މީހަކަށް ހުކުމް ކޮއްފިނަމަ އިޚްލާސްތެރި ކަމާއިއެކު ވައްކަމާއި ދެކޮޅަށް މަސައްކަތް ކުރާކަމަށް ގަބޫލުރެވޭނެ، އެނޫނީ ބެލެވޭނީ ޔަމީނާއި އެމްޑީޕީ މީހުންށް ކާއްސަކޮށްގެން ހިންގާ ޝަރީއަތެއްކަމަށް.
އޭފް
30 September 2025
މިގޮތަށް ކުރާ ވަރަށް ގިނަ ޙުކުމްތަކުގައި އޮންނަ މުއްދަތު ތަންފީޒީ މަރުހަލާގައި އޮޅުން އަރާކަމަށް ފެނޭ. މިސާލަކަށް، 12 އަހަރު ވެދާނެ 12 ދުވަހަށް، ނުވަތަ 12 މަސްދުވަހަށް...އެހެންކަމުން މިކަމަށް ވެސް އެބަޖެހޭ އަނެއްކާ ވެސް ކޮމިޝަނެއް ނަމަވެސް ހަދަން
ކަތްދައްތަ
30 September 2025
މިހާރު މިއޮތް ޤާނޫނުލްޢުޤުބާތު ކަމަކު ނުދޭ ނާސިރު ދުވަސްވަރުންފެށިގެން އަމަލު ކުރަމުންދިޔަ ކުރީގެ ޤާނޫނުލްޢުޤޫބާތުގައި އޮންނަ ގޮތުން ވަގަނަށްނެތި، ޚިޔާނާތްތެރިވި ފޭރުނު ޓެކުނު ރިސްވަތު ނެގި ފައިސާގެ ޢަދަދު 10 ހާހުން މަތިވެއްޖެއްޔާ މަތިވާ ކޮންމެ ހާހަކަށް އަހަރެއް އިތުރު ކުރާ ގޮތަށް އޮންނަނީ. މިހާރު މިލިޔަނުން ކަނީ މިބައި އުވާލީމާ. މިސާލަށް އެއް މިލިޔަން ޑޮލަރު ކާލީމާ މިހާރު މިއަންނަނީ ފަސް އަހަރު. އޭގެތެރެއިން ޅިދުގަ ރިއްސާތީ ބޮޑުބައި ގޭގަ
ބަލަ ބަލަ
30 September 2025
ބަލަ ބަލަ ކޮބާހޭ އަލްހާން ފަހުމީގެ މައްސަލަ އޭނަ އަކީ ވެސް ޖަލަށް ދާން ޖެހޭ މީހެއް
އަބްޑޫޅް +
30 September 2025
"މައުމޫން"، މި ނަން ކިޔޭ އެހެން މީހުންވެސް އެބަ އުޅޭ ދޯ؟
ޒިހުނަތް މުހައްމަދު
30 September 2025
މީ ރަނގަޅު ފިލާވަޅެއް ވައްކަން ކުރަން އުޅޭ ވެރިންނަށް ދެވޭ.
ްއަސް
30 September 2025
ރައްޔަތުން ރަގަޅު ނުވެ ވެރިކަން ހިންގަންގަން ރަގަޅު ބަޔަކު ނާންނާނެ.
ސޮލައިޓް
30 September 2025
ސާބަހޭ ސާބަހޭ ތަހުގީގުކޮށް މިމީހުންނަށް ފިޔަވަޅުއަޅައި ދައުވާކޮށް ހުކުންކރަންޖެހޭ. ސާބަހޭ އޭސީސީ ސާބަހޭ ޕީޖީ ސާބަހޭ ގާޒީ އާދަމް
ޔަހްޔާ ރަންޖާވީ
30 September 2025
ކޮބާ ސްޖާ ކުންފުނިން ސިފްކޯ ލައްވާ ހިންގި.. އެމްއެމްޓީޥި ހަނދަން އެންސްޕާއިން ކުއްޔަށް ނެގި ގޭގެ.. ލަންކާގަ އެސްޓީއޯ ތެޔޮވިއްކުން. ފަޒުލް އެޗްޑީސީ.. ލިސްޓު ނުލިޔެވޭނެ. ސްޕީޑެއް ނެތް. ޖެންޒީ ނިކުމެ ކުޅިވަރު ކުޅެގެން ވާންއޮތީ ރާއްޖޭގަވެސް
އުންމީދު
30 September 2025
މިކަހަލަ ކަންކަން ވާތީ އެބަ ކުޑަކޮށް އުފާވޭ. ބަރަކާތް ލައްވާށި
ސިއްބަތް އަޒީޒް
30 September 2025
ވަރަށް ރަނގަޅު މިސާލެއް މިދެވުނީ ވައްކަން ކުރަން އުޅޭ ފަރާތްތަކަށް. މިހެން ވާންޖެހޭނެ.